ބޯ ވިއްސާރާގައި މާލޭ ގެއެއްގެ ފުރާޅުމަތިން ދުވި ކަންޒު ކަހަނބަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

މިއަދުގެ ވަގުތެއްގައި އާންމުންގެ މީހަކު މީސް މީޑިއާގައި ހިއްސާ ކޮށްފައިވާ ވީޑީއޯއަކުން ފެނިގެންދަނީ ވާފަށެއް ޖަހާފައިވާ ކަންޒު ކަހަނބެއް ބޯ ވިއްސާރާގައި ގެއެއްގެ ފުރާޅުމަތިން ދުވާ މަންޒަރެވެ.

މި ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބައެއްގެ ސަމާލުކަން މި ވީޑިއޯއަށް ވަނީ ލިބިފައެވެ. ކަންޒު ކަހަނބަކީ އާންމުކޮށް ރާއްޖޭގެ ބައެއް ރަށްރަށުގައި އުޅެމުން އަންނަށް އެއްޗެކެވެ. މިއީ މާލެއިން ވަރަށް މަދުން ނޫނީ ނުފެންނަ އެއްޗެކެވެ.

މާލެ ގެއެއްގ ފުރާޅުމަތިން ކަންޒު ކަހަނބެއް ދުވާ މަންޒަރު ފެންނަ މިވީޑިއޯ މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ހައްޖު ދުވަހުގެ ވަގުތެއްގައި މާލޭ މަގުމަތިން ބަކަރިއެއް ދުވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ.

އެ ބަކަރި މާލޭގެ މަޖީދީ މަގުގައި ދުވި މަންޒަރު ފެންނަ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ. ބަކަރި ދުވަމުން ދިޔައީ މާލޭގެ އެންމެ ކާރު ބާރު ބޮޑު މަގުގައި ކަމުން، އެ މަގުން ގިނަ އަދަދެއްގެ ސައިކަލުވެސް އެވަގުތު ދިޔައެވެ. އަދި މަންޒަރު ދުށް މީހުން ބުނެފައިވާގޮތުން ބިދޭސީންގެ ބަޔަކު އެ ބަކަރި އަތުލަން ފަހަތުން ވަނީ ދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޭޗާރާ

    ތިއޮތީ ފިލްމް ހަދަން ރީތި ނަންތަކެއް ލިބިފައި. އެ ބަކަރި. އެ ކަންޒުކަހަނބު. މިއަހަރު ރިލީޒްވާނެ. މިހާރު ތިއޮތީ އޭގެ ޑެމޯ ނެރެވިފައި.

    23
  2. ރައްޔިތުމީހާ

    ތީމާލެއެއްނޫން ވަރަށް ބަލާފިން މަށައްހިޔެއްނުވޭ މާލެހެނެއް.

    14
    2