ލިޔުންތެރިކަމުގެ ފަންނުގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ދާއިރާއަަކަށް ބޮޑު ޝައުގެއް ހުންނަ އެއް ދާއިރާއަކީ ވާހަކައިގެ ދާއިރާއެވެ. ކުރު ވާހަކަ ލިޔުމަށް ޝައުގުވެރިކަން ހުންނަ ކިތަންމެ ބަޔަކު ތިބި ނަމަވެސް، ކިޔުންތެރިކަމުގެ ޝައުގު ހިފެހެއްޓުމަކީ ކޮންމެ ލިޔުންތެރިއެއްގެ ގަލަމުގައި ހިފެހެއްޓިފައިވާ ހުނަރެއް ނޫނެވެ.

ރާއްޖޭގައި ފަހަކަށް އައިސް އާންމުންގެ ސަމާލުކަން ހޯދާފައިވާ ލިޔުންތެރިންގެ ތެރޭގައި އިބްރާހިމް ޒިހުނީ ނުވަތަ ލިޔުންތެރިންގެ ނަމުން ނަމަ ޒެލްގެ ނަން ފާހަގަކޮށްލެވެއެވެ. ފ.ބިލެތްދުއަށް އުފަން ޒިހުނީއަކީ އެ ދާއިރާގައި ކުރިއަރަމުން އަންނަ ޒުވާނެކެވެ. އަދި ވައިބަ ގްރޫޕެއް މެދުވެރިކޮށް ވެސް އެތައް ބަޔަކަށް އޭނާ ދަނީ ވާހަކަތައް ފޯރުކޮށްދެމުންނެވެ.

ސްކޫލް ދައުރުން ފެށިގެން ވާހަކަ ލިޔުމަށް ޝައުގުވެރިކަން ހުންނަ ޒިހުނީ ބުނާ ގޮތުން ވާހަކަ ލިޔުމަށް ޝައުގުވެރިވީ އޭނާގެ ތުއްތަ ވާހަކަ ލިޔާތަން، ފެންނަން ފެށުމުން އެކަމަށް ހިތް ޖެހިގެންނެވެ. އުމުރުން 15 ވަރަކަށް އަހަރުގައި ވާހަކަ ލިޔަން ފެށި، ޒިހުނީ އެ މަސައްކަތާއިގެން ކުރިއަށް ދިއުމަށް އޭނާ އަށް ލިބުނު އެންމެ ބޮޑު ހިތްވަރަކީ އާއްމުންގެ ފަރާތުން އޭނާ އަށް ލިބުނު ބޮޑު ތަރުޚީބެވެ.

މުނިފޫހިފިލުވުމުގެ ގޮތުން ފެށި އެ މަސައްކަތަށް ހިތްޖެހި، ޒިހުނީ ވަނީ އޭނާގެ ލިޔުންތެރިކަން ރަނގަޅުކުރުމަށް އަމިއްލަ އަށް ވެސް މަސައްކަތްކޮށްފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރަނގަޅު ލިޔުންތެރިޔަކަށް ވެވޭނީ ރަނގަޅު ކިޔުންތެރިޔަކަށް ވެގެން. އެހެންވީމަ އެކި ކަހަލަ ފޮތްތައް ކިޔާ، މޮޅު މީހުން ލިޔާ އެއްޗެހި ކިޔަން. މަސައްކަތް ކުރަން އައިޑިއާ ނަގައިިގެން ކޮޕީނުކޮށް ކުރިއަށް ދިއުން އެންމެ ބޮޑަށް ބަލާ ކަމަކީ" ޒިހުނީ "ވަގުތަށް" ކިޔައިދިނެވެ.

މިހާތަނަށް އައިއިރު އެތައް ވާހަކައެއް ލިޔެފައިވާ ޒިހުނީގެ ފުރަތަމަ ވާހަކައަކީ އޭނާ ހަވީރު އޮންލައިންގެ މުބާރާތަކަށް ލިޔުނު ލިޔުމެކެވެ. އެ ހަނދާންތަކުގެ ނަމުގައި ލިޔުނު އެ ވާހަކަ އަކީ އެވޭލާ ދިރިއުޅުމުގައި ދިވެހިން އުޅުނު ގޮތް ދައްކުވައިދޭ ވާހަކައެކެވެ.

އުމުރުން 24 އަހަރުގެ ޒިހުނީ ވާހަކަ ލިޔުމުގެ މަސައްކަތް ފަށައިގެން މިހާ ހިސާބަށް އައި އިރު އެ ދާއިރާއިން އޭނާ އަށް ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ވެސް ލިބިފައެވެ. އެގޮތުން ސަން އަދި ހަވީރު ފަދަ އޮންލައިންތަކުން ބޭއްވި ވާހަކަ މުބާރާތްތަކުން އޭނާ އަށް ވަނީ އެއް ވަނަ ވެސް ލިބިފައެވެ.

"1 ވަނަ ލިބުނު 2 ވާހަކައިގެ ތެރެއިން ހަހުރަގެ ނަމުގައި ކުރީގެ ދިރިއުޅުން ދައްކުވައިދިން ވާހަކަ އެވެސް. ދެން ކަލަކުވޭ ބިރުވެތިވޭ. އެއީ ލޯބީގެ ވާހަކައެއް. އޭގައި އިންނާނީ ދެމަފިރިންގެ ތެރޭގައި ހިނގާ ކަންކަމާ، އެއްޖިންސުން ގުޅުން ހިންގުމުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން،" އޭނާ ބުންޏެވެ.

ޒިހުނީ އާންމުކޮށް ލިޔެ އުޅޭ ވާހަކަތަކަކީ އިޖުތިމާއީ މައްސަލަތަކަށް ބިނާވާ، އިބުރަތްތެރި ވާހަކަތަކެވެ. އެ ވާހަކަތަކަށް ޚިޔާލު ހޯދާ ގޮތާއި މެދު ސުވާލުކުރުމުން ޒިހުނީ ބުނީ ވާހަކަ ލިޔުމަށް ޚިޔާލު ހޯދަނީ އާއްމު ދިރިއުޅުމާއި، މުޖުތަމައުގައި ހިނގާ ކަންކަމުގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ.

ޒިހުނީ ބުނާ ގޮތުން އޭނާ ކޮންމެ ވާހަކައެއްވެސް ލިޔަނީ ވަރަށް ބޮޑަށް ސަމާލުކަން ދީގެންނެވެ. އެގޮތުން ކުރު ވާހަކައެއް ލިޔަން އާއްމުކޮށް އެއް ގަޑި އިރާއި ދޮޅުގަޑި އިރުގެ ވަގުތެއް ހޭދަވާ ކަމަށް ބުންޏެވެ.

އަދި އޭނާގެ މަސައްކަތުގެ ކާމިޔާބުކަން އޭނާ މިނަނީ ކިޔުންތެރިންގެ ޚިޔާލަށް ބެލުމަށް ފަހު ކަމަށް ވެސް ބުންޏެވެ.

"ޕްރިންސެސް ރަނާ، މައިވަންތަ ލޯބި، ކަޅަކި، އެކަހަލަ ފުދޭވަރަކަށް ގިނަ ވާހަކަ ހުންނާނެ. ދެން އެންމެ ގިނަ ދުވަސް ހޭދަވީ ބަޑި ކިޔާ ވާހަކައަކަށް. އެއީ ވަރަށް ގޯސްކޮށް އުޅުނު ކުއްޖަކު ރަނގަޅު ކުރަން ޝޭހަކު ކުރާ މަސައްކަތް ދައްކުވައިދޭ ވާހަކައެއް. އެއީ ސީރީޒް ވާހަކައެއް. 20 ވަރަކަށް އެޕިސޯޑް ގެނައި އިރު ވިއުޒް އުޅުނު 3 ލައްކަ އާއި ގާތް ކުރާ އަދަދަކަށް،" އޭނާ ބުންޏެވެ.

މި ދާއިރާއިން ކުރިއަށް ދާން ދިމާވާ އެންމެ ބޮޑު ދަތިކަމަކީ އާމްދަނީއެއް ހޯދަން އެކަނި އެ މަސައްކަތް ކުރެވޭ ވަރަށް ވަގުތު ހުސް ނުކުރެވުމެވެ. އިތުރު ވަޒީފާއަކަށް ދަމުން އެ މަސައްކަތް ކުރަން ދަތިކަން އޭނާ ފާހަގަކުރިއެވެ. ޒިހުނީގެ އުންމީދަކީ ވާހަކަ ލިޔެގެން، އާއްމުންގެ ލޯބި ލިބޭ މީހަކަށްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ބަޑި

    ބަޑި ހަމަ.އެކަނި އަންހެނުންނައް ކިޔަނީ ކީތްވެ؟

    39
    1
    • ހޫ

      އެވާގޮތަކީ އަންހެން މީހާ އެކަނި ކުއްވެރި ކުރުމުގެ ސަގާފަތެއް އޮންނަނީ. ޒިނޭ އަކީ އަކީ ދެމީހުން ވެގެން ކުރާކަމެއް އެހެންވީމާ ދެމީހުންމެ ކުއްވެރި ވާނެ އެތަނުން އެކަކު ނުދިނީމަ ޒިނޭއެއް ނުކުރެވޭނެ.

      26
  2. ޤ

    3 ލައްކަ ވިވްސް ?

    26
    3
  3. ރިޒޫ

    އެެހެންވިޔަސް ކޮޕީ ކުރެވިފަ އެބަހުރި. އިޖުތިމާޢީ މައްސަލަތަކުން ޒިހުނީއަށް ފާހަގަވަނީ "ސެކްސް" އާ ގުޅުން ހުރި މައްސަލަތައް އެކަނި. ވާހަކަތަކުގައި ގިނައީ އެބައިތައް. އަނެއްހެން ދެން ރަނގަޅު. ވާހަކަތައް ޕްރޮމޯޓް ކުރުމަށް ވަރަށް މަސައްކަތް ކުރޭ. ރިޒޫއަށް ޒިހުނީއަކީ ކާކުކަން އެނގުނީ ފޭސްބުކް ޕޭޖު ބޫސްޓްކޮށްފައި އިންދާ ފެނިގެން. އެހެން ރައިޓާސްއާ ތަފާތުކޮށް ކިޔުންތެރިންނަށް ރުފިޔާގެ އިނާމުތައް ދޭތީ ސަޅި.

    29
    7
  4. Anonymous

    ސަޅި އެއް ނޫން

    11
    15
  5. ސަމާ

    ތި އަހަރުން ގޭ ކުއްޖެތަ؟ ވަރަށް ވައްތަރު

    8
    2
  6. Anonymous

    ތި ސޮރު ގާތު ބުނެބަލަ ބަޑި ވާހަކަ އާއި ވެވުނީ ލޯތްބޭ ޔާރު ހުވާ ވާހަކަ އަޕްލޯޑު ކުރާށޭ

    30
    1
  7. RA NE

    މިހާރު ކީއްވެތަ ބަޑި ވާހަކަ އަޕް ނުކުރާނީ..

    19
    1
  8. ...

    އެކަމަކު ތީނަ ލިޔާ ވާހަކަތައް އަޕް އެއް ނުކު ރޭ... ހާއްސަކޮށް ބަޑި ވާހަކަ ?

    16
    1
  9. ......

    ކޮބާ މަކުރި ކޮމެންޓް?? ހަމަ މިހާރު އެ ފޮނުވާ..

    6
    2