އިނގިރޭސި ވިލާތުގެ ލިވަޕޫލްގެ މާސީސައިޑް ބީޗަށް ގޮތް ނޭނގޭ ޖަނަވާރެއްގެ ހަށިގަނޑެއް ލައްގައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެ ޖަނަވާރު ފެނިފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އެއާއެކު އެ ޖަނަވާރުގެ ފޮޓޯތައް މީސްމީޑިއާގައި ދައުރުވާން ފެށިއެވެ. ޚަބަރުތައް ބުނާ ގޮތުގައި އެ ޖަނަވާރުގެ ދިގު މިނުގައި 15 ފޫޓު ހުއްޓެވެ. އަދި އޭގައި ބޮލެއް ނުހުންނައިރު ހަށިގަނޑުގައި ގިނަ އަދަދަކަށް ކެހެރި ހުރި ކަމަށް ވެއެވެ. އަދި ފެނުނު އިރު އޭތި އޮތީ ވަރަށް ބޮޑަށް ކުނި ވެފައެވެ.

ގޮނޑުދޮށަށް ލައްގާފައޮ އޮއްވާ ފެނުނު މީހުން ބުނާ ގޮތުގައި އެއީ ދުނިޔޭގައި މިހާތަނަށް ފެނިފައިވާ ޖަނަވާރެއް ނޫނެވެ. އެއްބަޔަކު ބުނާ ގޮތުގައި އެއީ މެމޮތް ނުވަތަ ކުރީ ޒަމާނުގެ ބޮޑު އެތެކެވެ. ބައެއް މީހުން ބުނަނީ އެއީ އޭލިއަން އެއް ކަމަށެވެ. އޭގެ ތެރެއިން އެކަކު ބުނެފައިވަނީ އެއީ ގިނަ ޖަނަވާރުތަކެއްގެ އެކި ބައިތައް ހިމެނޭ ޖަނަވާރެއް ކަމަށެވެ. އެއާ ގުޅިގެން އެ ޖަނަވާރަށް ދީފައިވާ ނަމަކީ "އެއިންސްޑޭލް އެނޯމަލީ" އެވެ.

"ހީވަނީ ކޯމަހެއް ކާލައިގެން އޮތް އަހެއް ބޮޑު މަހެއް ކާލައިގެން އޮތް ހެން،" އެކަކު ބުނެފައި ވެއެވެ.

މި ޖަނަވާރުގެ ފޮޓޯތައް އާންމުވުމާ އެކު ގިނަ ބަޔަކު ވަނީ އެއީ ކޯއްޗެއް ކަން އެނގޭތޯ "ގެސް" ކޮށްފައެވެ. އެގޮތުން އެއް ބަޔަކު ބުނެފައިވަނީ އެއީ ސީލް އެއް ކަމަށްވާއިރު އެއް ބަޔަކު ދަނީ އެއީ ހިމާރެއް (ޑޮންކީ) ކަމަށް ބުނަމުންނެވެ. އަދި އެއީ އަހެއް ކަމަށްވެސް މީހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ލިވަޕޫލްގެ މެރިން ބައޮލޮޖިސްޓުންގެ ބަހެއް އަދި ލިބިފައި ނުވާއިރު އެ ޖަނަވާރު މިހާރުވީ ކޮންތާކު ކަމެއްވެސް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަންނި

    ތިޔައީ ބުއްޅަބޭ ދަރިފަސް ކޮޅުގެ އެއްޗެއް.

    37
    11
  2. މޮޔަ

    ތިޔައީ ފޫޅު ދިގު ހަންޑި..މަށަށް ގެރޭ.....

    12
  3. އައިޝާ

    ތީތި އެންމެ ވައްތަރީ މާކަނާ ޝޯގަ ޢިންނަ މާކަނާޔާ

    13
  4. ޖާބިރު

    އެންމެ ފަހުން އިބްލީސް ވެސް މަރުވީ.....