ދަރިން ކިޔެވުމަށް ވަރަށް ބޮޑަށް ބާރު އަޅާ މަންޒަރު ފެނިގެން ދެއެވެ. ކިޔެވުމަކީ އެންމެ ބޮޑަށް ސަމާލުކަން ދޭންވީ އެއް ކަންތައްކަން މައިންބަފައިން އަބަދުވެސް ދަނީ ހަނދާންކޮށްދެމުންނެވެ. އެހެން ނަމަވެސް މަހަރަޝްތްރާގެ ބަރަމަތި ރެޒިޑެންޓެއް ކަމަށްވާ ބެބި ގުރަވްއަަށް ވީ އެހެނެއް ނޫނެވެ. އޭނާ ޅަ އުމުރުގައި ކައިވެނި ކުރަން ޖެހުނީއެވެ.

އެހެންނަމަވެސް މައްސަލައެއް ނެތެވެ. މިހާރު އޭނާ ވަނީ ދަރިފުޅާއެކު ގްރޭޑް 10 ނިންމާލާފައެވެ. ފިރިހެން ދަރިފުޅާއެކު ގްރޭޑް10ގެ ޓެސްޓު ޕޭޕަރުތައް ހަދައި، ރަނގަޅު ނަތީޖާއެއްވެސް އޭނާ މި ވަނީ ހޯދާފައެވެ.

އުމުރުން 36 އަހަރުގެ އެ މަންމަ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އެގްޒާމިނޭޝަން އިން ހޯދީ 64.40 އެވެ. އަދި އޭނާގެ 16 އަހަރުގެ ދަރިފުޅު ސަދަނަންދް އަށް 73.20 ވަނީ ލިބިފައެވެ. އެ ޓެސްޓުގެ ނަތީޖާ ދައްކާފައި ވަނީ ޖުލައި 29 ވަނަ ދުވަހުއެވެ.

ބެބީ އަކީ އަންނައުނު އުފައްދާ ކާރުހާނާއެއްގައި މަސައްކަތް ކުރަމުންދާ މީހެކެވެ.

"އަހަރެން ކިޔަވަން ފުރުސަތު ނުލިބުނީ އަވަހަށް ކައިވެނި ކުރަން ޖެހުމުން، އެކަމަކު އަަހަރެންގެ ފިރިމީހާގެ އަހަރެންނަށް ކިޔަވަން ފުރުސަތު ދިނުމުން ދަރިފުޅާއެކު ގްރޭޑް 10ގެ ޓެސްޓު ހެދީ". ބެބީ ބުނެފައި ވެއެވެ.

ބެބީ ފިރިމީހާ ޕްރަދިޕް ގުރަވް ދިން ހިތްވަރުން، ދަރިފުޅާއި، އަނބިމީހާވެސް މި ވަނީ ރަނގަޅު ނަތީޖާއެއް ނެރެފައެވެ.

"އަހަރެންގެ އަނބިމީހާ އާއި ދަރިފުޅު ވަރަށް ރަނގަޅަށް ފިލާވަޅުތައް ދަސް ކުރި. އަދި ރަނގަޅު މާކްސްއެއް އެ ވަނީ ހޯދާފައި، އަހަރެން އެ ދެ މީހުންގެ މަސައްކަތާއި މެދު ފަހުރުވެރިވޭ". ގުރަވް ބުނެފައި ވެއެވެ.

ބެބީ ކިޔެވުމައިގެން ވަރަށް ބޮޑަށް އުޅުނެވެ. އޭނާ ކިޔެވުމަށް ގެންގުޅޭ ފޮތްތަކާއި އެއްޗެހި މަސައްކަަތު ދާއިރު ގެންދެއެވެ. އަދި ލިބޭ ހުސްގަޑިތަކުގައި ކުޔަވާ ހަދައެވެ. އޭނާގެ ލަންޗް ބްރޭކް ގަޑީގައި ގްރެމާއާއި ހިސާބު ހަދައެވެ. ބާކީ ހުރި މާއްދާތައް އޭނާ ދަސް ކުރަނީ ދަރިފުޅާއެކު ގޭގައި ކައްކަމުންނެވެ.

ބެބީ ގްރޭޑް 10 ނިންމާލިއިރު، މިހާރު އޭނާގެ ވިސްނުން ހުރީ ގްރޭޑް 12ގެ ޓެސްޓު ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާބަސް

    ކިޔަވަންޏާ ރަނގަޅު ކޮންމެ އުމުރެއްގަ ވިޔަސް

    18