ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މިގޮތުން ބައްޔަށް ފައްސިވާ މީހުންގެ އަދަދު ހިފެހެއްޓުމެއް ނެތި ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިރޭ މި ބަލީގައި އިތުރު މީހަކު ވަނީ ނިޔާވެފައެވެ.

މިރޭ ނިޔާވެފައި ވަނީ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ބަލީގެ ސަބަބުން ނޭވާލާން އުނދަގޫވެގެން ފަރުވާދެމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުން އޭނާ ވަނީ ނިޔާވުމުގެ އެއް ދުވަސް ކުރިން ހުން އައިސްގެން އުޅޭ ވާހަކަ މީސްމީޑިއާގައި ޙިއްސާކޮށްފައެވެ. "ހުރިހާ ގާތްތިމާގެ މީހުންނާއި އެންމެހާ ރަހުމަތްތެރީންނަށް" ޢީދުގެ ތަހުނިޔާ ފޮނުވުމަށް ކުރި އެ ޕޯސްޓުގައި އޭނާ ވަނީ "ވަރުގަދަ ހުންގަނޑެއް" ޖެހިގެން އުޅޭ ކަމަށް ބުނެފައެވެ.

އޭނާ އެއްހަފްތާ ކުރިން ވެސް ހުން އައިސްގެން އޭޑީކޭ ހޮސްޕިޓަލަށް ދެއްކިއެވެ. ނަމަވެސް އެހޮސްޕިޓަލުން އޭނާގެ ކޮވިޑް-19 ޓެސްޓެއް ހަދާފައެއް ނުވެއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ނޭވާލާން އުނދަގޫވެގެން ހޮނިހިރު ދުވަހު ހޮސްޕިޓަލުގެ އިމަޖެންސީއަށް އޭނާ ދިޔައީ ހަވީރު 4:40 ގައި ކަމަށެވެ. އެއާއެކު ފަރުވާދެމުން ދަނިކޮށް އެ އަންހެން މީހާ ނިޔާވެފައި ވަނީ ރޭ 11:20 ގައި ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެފައި ވެއެވެ.

އެނގިފައިވާ ގޮތުން ރޭ ނިޔަވި މި އަންހެން މީހާއަކީ ހިތުގެ ބައްޔެއްވެސް ހުންނަ މީހެކެވެ.

މި އަންހެން މީހާ އަށް ފަރުވާދޭން ފެށިތާ އެއް ދުވަސްތެރޭ އޭނާ ނިޔާވެފައި ވާއިރު، މީގެ ކުރިން ކުރިން ކޮވިޑް-19 އަށް ޓެސްޓު ކުރިކަމެއް ނޭނގެއެވެ. ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޑްކުރާ މީހުން، އޮންނަ އުސޫލުގެ ދަށުން ކޮވިޑް-19 އަށް ޓެސްޓު ކުރެއެވެ.

މިރޭ ރާއްޖެއިން އިތުރު މީހަކު ކޮވިޑް-19 ޖެހިގެން ނިޔާވުމާއެކު މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 17 އަށް އަރާފައެވެ. މީގެ ތެރޭގައި ހިމެނެނީ 13 ދިވެއްސަކާއި ހަތަރު ބިދޭސީއެކެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 3949 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އެގެތެރޭގައި އިއްޔެ ފައްސިވީ ކަމަށް ރެކޯޑް ކުރެވުނު 156 މީހަކުވެސް ހިމެނެއެވެ. އިއްޔެ އަކީ ރާއްޖެއިން އެއް ދުވަހެއްގައި ދެވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވީ ދުވަހެކެވެ.

މިވަގުތު ރާއްޖޭގައި 1336 މީހަކަށް ކޮވިޑް-19 ޖެހިގެން ފަރުވާދެމުން ދެއެވެ. އޭގެތެރެއިން ހަ މީހަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ސަންފަ

  ބުނާތީ އެ ހިން ، ކޮންމެފަދަ ހާލަތެއްގަ ބަލިމީ ހާ އޮތަސް ފަރުވާ ދެނީ ކޮވިޑްޓެސްޓް ހަދާފަ ނަތީޖާ ލިބުނީމަޔޭ އެހެން ކަމަށްވާނަމަ ފަރުވާ ނުދެވެ ނީސްތާ މަރުވަނީ

  6
  1
 2. ހަސަނުގެދަރި

  ނިޔާވާ މީ ހާއަކީ ކޮންގެއަކު ކާކުކަންވެސް އެނގޭގޮތަށް ޖަ ހާލާނަމަ ހަމަ ދަންނަ ރައްޓެއްސަކުވެސް ނިޔާވެދާނެ

 3. ނަން

  ކޮބާ ޑައިރެކްޓް ކޮންޓެކްޓްސް؟