ސްރީލަންކާގެ މައި ސިޓީ ކޮލަބްމޯގެ ވެލިކަޑާ މެގަޒިން ޕްރިޒަން ކައިރިން، މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހިރޮއިންއާއެކު ބުޅަލެއް ހައްޔަރުކޮށްފިއެވެ.

އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުން، މަސްތުވާތަކެއްޗާއި އަދި އެހެނިހެން ބައެއް ތަކެތި ހުރީ ބުޅަލުގެ ކަރުގައި އަޅުވާފައެވެ.

ޕްރިޒަން ޑިޕާޓްމެންޓުގެ އޮފިސަރުން ބުނެފައި ވަނީ، ޖަލު ކައިރިން ފެނުނު ބުޅަލުގެ ކަރުގައި 1.7 ގްރާމް ހިރޮއިން އޮޅާފައި ހުރި ކަމަށެވެ. އަދި މީގެ ތެރެއިން ދެ ސިމް ކާޑާއި، މެމޮރީ ޗިޕެއްވެސް ޕޯޗެއްގެ ތެރެއަށް އަޅާފައި އެ ބުޅަލުގެ ކަރުގައި އަޅުވާފައި ހުރި ކަމަށް ބުނެފައި ވެއެވެ.

ބެލެވޭގޮތުގައި، މިއީ އެ ޖަލަށް ވައްދަން އުޅުނު ތަކެތި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިދިޔަ މަސް ތެރޭގައި، އެޖަަލަށް އެކި ގޮތްގޮތުން ފޯނާއި، ތަކެތި ވައްދަން މަސައްކަތް ކޮށްފައި ވެއެވެ. އެގޮތުން އެ ޖަލު ތެރެއަށް އެއްލާލި ޕާރްސަލެއްގެ ތެރެއިން 30 ފޯނާއި، އަދި އިތުރު ބައެއް ތަކެތި ފެނިފައިވާކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

ޕްރިޒަން ޑިޕާޓްމެންޓުން ބުނީ، މިދިޔަ މަސް ތެރޭގައި ޖަލަށް އެއްލާލި އެ ޕާރުސަލް ތެރޭގައި 38، ފޯނާއި، 264 ފޯނު ބެޓަރީ އާއި، 20 ސިމާއި، 3،5 ގްރާމް ހިރޮއިން ހުރި ކަމަސެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެހެރިސޮރު

    ތިސޮރުވެސް ޑުރަގްވިޔަފާރިކުރަންފެށީދޯ ؟ ދެރަކަމެއް އެންމެފަހުންތިސޮރުވެސް ޖަލައްތިދިޔައީ !!

    18
  2. ދޮން ބުޅާ ބޭ

    އެ ބުޅަލުގެ ބަންދަށް 10 ދުވަހުގެ މުއްދަތު ޖެހުމަށް ޓަކައި މި އަދު މެޖިސްޓި ކޯޓަށް ހާޒިރު ކުރަނީ؟

    10
    2