މީސް މީޑިއާގައި އެތައް ޗެލެންްޖެެއް ކުރިއަށް ގެންގޮސްފިއެވެ. އެތައް ބަޔަކު އެ ޗެލެންޖްތަކުގައި ބައިވެރިވެއްޖެއެވެ. މިހާރު އެކަމަކު އެންމު ބޮޑު މަގުބޫލުކަމެއް ލިބިފައި މި ވަނީ ފޮޓޯގައި ހުންނަ އެއްޗެހި ހޯދުމެވެ.
މި ފޮޓޯއިން ފެންނަ ޖަނަވާރު ހޯދަލާބަލަ؟
މި ފޮޓޯއިން ހަރުފައެއް ފެނޭތަ؟
މިކަހަލަ އެތައް ފޮޓޯއެއް މީސް މީޑިއާއަށް ލައި، އެންމެންގެ ސަމާލުކަން އެއަށް ދޭ ވަރު ކުރުވައެވެ. ބައެއް މީހުން މިގޮތަށް ލާ ފޮޓޯތަކަށް ކޮމެންޓް ކޮށް ހަދައެވެ. އަދި ބައެއް މީހުން އެ އެއްޗެއް އޮތް ތަން ބުނެދީ ފޮޓޯގައި ބޮޅު އަޅާފައި ލައެވެ.
އެންމެ ފަހުން ގިނަބައެއްގެ ސަމާލުކަން ލިބުނީ، މީހަކު އޭނާގެ ކޮޓަރީގެ ފޮޓޯއެއް ލައި، އެ ފޮޓޯއިން ކުއްތާއެއް ހޯދަން އެދުމުންނެވެ.
އޭނާ ބުނެފައި ވަނީ، އެ ކުއްތާ އޭނާގެ ކޮޓަރީގައި އޮތްއިރު، އެ ކުއްތާ ނުފެނިގެން އޭނާ 10 މިނިޓް ވަންދެން ހޯދި ކަމަށެވެ.
އޭނާ އެ ފޮޓޯ ހިއްސާ ކުރުމުން އެތައް ބަޔަކު އެ މަސައްކަތް ފަށައިގަތެވެ. އެ ކުއްތާ ފެނޭތޯ އަތް ފުނާ އަޅަން ފެށިއެވެ.
I was frantically looking for my dog for 10 minutes.
byu/shetarp429 inaww
އެހެންކަމުން ތިމާއަށް އެ ކުއްތާ ފެނޭތޯ ހޯދަބަލާށެވެ. އަދި އެކަމަށް ހޭދަވި ވަގުތުތައް ކޮމެންޓްގައި ހިއްސާކޮށްލުމުން ރަނގަޅު ވާނެއެވެ.
އެ ފޮޓޯ ޓްވިޓާގައި ހިއްސާ ކުރުމާއެކު އެތައް ބައެއްގެ ސަމާލުކަން އެ ފޮޓޯއަށް ލިބިގެން ދިޔައެވެ.
ކުއްތާގެ ނޭފަތް ފެނިއްޖެ!
އޭރީގެ ނޭފަތް ކުއިލްޓު އިން ފެނޭ
އަހާ.. އެއޮތީ .. އެއޮތީ.. ބަލާބަލަ އެއޮތީ.. ފެނިއްޖެދޯ..؟ ؛)
އެނދު ތަންދަށުުގައި
ރަޖާގަނޑުތެރޭގައި ފޮރުވިގެން ނޭފަތް ދިއްކޮށްގެން އެއޮތީ!!