ކޮވިޑް-19 ޖެހިގެން ފަރުވާދެމުންދިޔަ އިންޑިއާގެ މަޝްހޫރު އެކްޓަރ އަމީތާބް ބަޗަން ބަލިން ރަނގަޅުވެއްޖެ އެވެ.

އޭނާ ބަލިން ރަނގަޅުވެފައިވާކަން އޭނާގެ ދަރިފުޅު އަދި އެކްޓަރ އަބީޝޭކް ބަޗަން ވަނީ ކަށަވަރުކޮށްދީފައެވެ. މިހާރު އަމީތާބް ވަނީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައެެވެ.

ކޮވިޑް-19 ޖެހިގެން އަމީތާބް އަށް ފަރުވާދެމުން ގޮސްފައި ވަނީ މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންދިޔަތާ 23 ދުވަސް ފަހުން އޭނާ ދޫކޮށްލާފައި ވަނީ ބައްޔަށް ނައްސިވުމުންނެވެ.

އަމީތާބްގެ އިތުރުން، އަބީޝޭކް އާއި އައިޝްވާރިޔާ ރާއީއާއި ދެމަފިރިންގެ ދަރިފުޅު އާރްދާޔާވެސް ކޮވިޑް-19 އަށް ފައްސިވިއެވެ. ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅު އައިޝްވާރިޔާ އާއި އާރްދާޔާ ވަނީ ބަލިން ރަނގަޅުވެ ގެއަށް ދޫކޮށްލާފައެވެ.

އަމީތާބްގެ އަންހެނުން ޖާޔާ ބަޗަން ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

އަމީތާބް ކޮވިޑް-19 އިން ރަނގަޅުވިއިރު، އަބިޝޭކް އަދި ބަލިން ރަނގަޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަރީ

    މީމަބުނާ ވާހަކަ . ކޮވިޑް ޖެހިގެން މިކަހަލަ މީހަކު މަރެއްނުވޭ. ޢުމުރުން ކިތަންމެ ދުވަހެއް ވިޔަސް . ކޮވިޑަށްވެސް އިނގޭ މީކާކުކަން. ކޮވިޑަކީ އަސްލެއް ނޫންކަމަށް ބެލެވެނީ މިސަބަބާހުރެ