ކައިލީ ޖެނާ އާއި ކެންޑަލް ޖެނާ، އެޕަލްގެ އެއާޕޮޑްގެ ނަކަލުތަކެއް އިންސްޓަގްރާމްގައި ވަނީ އިޝްތިހާރު ކޮށްފައެވެ.

އެ ދެތަރިންގެ ފޮލޯވާސް އިންސްޓަރގްރާމްގައި އެއްކޮށްލުމުން 322 އަށް އަރައެވެ. އެހެންކަމުން މިއީ އަސްލު އެޕަލް ޕްރޮޑަކްޓަށް ލިބޭ ބޮޑު ގެއްލުމެކެވެ.

ކައިލީ އާއި ކެންޑަލް އާއި ދެކޮޅަށް މި މައްސަލައިގައި ދައުވާ ކުރަން އަދި އެޕަލް ކުންފުނިން ވިސްނާފައެއް ނުވެއެވެ. އެހެންނަމަވެސް އެޕަލް އިން ވަނީ އެއާޕޮޑް ނަކަލުކުރުމަކީ ކޮޕީ ރައިޓްސް އާއި ޚިލާފުކަމެއްކަން ފާހަގަކޮށް މީގެ ކުރިން އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް އެޕަލް އިން ވަނީ ފިޔަވަޅު އަޅާފައެވެ.

ޚާއްސަކޮށް، އެފަދަ ޕްރޮޑަކްޓުތައް އިޝްތިހާރު ކުރާ މީހުން ޖޫރިމަނާކުރުމަށް އެޕަލް ކުންފުނިން ވަނީ މީގެ ކުރިން މަސައްކަތްކޮށްފައެވެ.

އެޕަލް ގަޑި އާއި އެއާޕޮޑް އާއި ވައްތަރު ޕްރޮޑަކްތައް އުފެއްދުމުގެ ސަބަބުން އެޕަލްގެ ވިޔަފާރިއަށް ބޮޑު ގެއްލުމެއް ވަމުން ދަނިކޮށް، ކައިލީ އާއ ކެންޑަލް ފަދަ މަޝްހޫރު ބަޔަކު އެ ޕްރޮޑަކްޓްތައް އިޝްތިހާރުކުރުމަކީ އަންޕްރޮފެޝަނަލް ކަމެއްކަމަށް އެޕަލް ކުންފުނީގެ ފަރާތުން ވަނީ ބުނެފައެވެ.

އަދި އެ ދެ ތަރިންނަކީ އާއްމުކޮށް އޮރިޖިނަލް ޕްރޮޑަކްޓްތައް އިޝްތިހާރުކުރާ ބަޔަކަށް ވާއިރު، މިފަދަ ޕްރޮޑަކްޓްތައް އެ ދެ މީހުން ވެގެން އިޝްތިހާރުކުރުމުން ފޭނުންގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.

ސަަބަބަކީ އެފަދަ ޕްރޮޑަކްޓްތަކަކީ ބަލާ ބެލުމަށް އެއާޕޮޑާއި ވައްތަރު ޕްރޮޑަކްޓަށް ވީނަމަވެސް އޭގެ ފެންވަރު ދަށްވުމާއި ކަސްޓަމަރުން މާޔޫސްވާ ފަދަ ބަލިކަށި ޕްރޮޑަކްޓްތަކަކަށް އެ ޕްރޮޑަކްޓްތައް ވުމެވެ.

އެފަދަ ޕްރޮޑަކްޓްތައް އިޝްތިހާރުކުުމަކީ އެމެރިކާގައި ޤާނޫނީ ގޮތުން މަނާ ކަމެކެވެ.

އެ ގައުމުގެ ގައުމީ ޓްރޭޑިން ސްޓޭންޑާޑްސް އީ ކްލައިމް ޓީމުން ވަނީ އެފަދަ ޕްރޮޑަކްޓް އިޝްތިހާރުކުރާ މީހުންނަށް އިންޒާރު ދިނުމަށް ފަހު ރަނގަޅު ނުވާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ވެސް ބުނެފައެވެ.