ކޮންމެވެސް ސަބަބަކާ ހުރެ ދެ ލޯބިވެރިން ވަކިވާން ދިމާވި ނަމަވެސް ރަނގަޅު އެކުވެރި ގުޅުމެއް ބާއްވާ މީހުން މަދެއް ނޫނެވެ.ނަމަވެސް ކުރީގެ ލޯބިވެރިޔާ އެހެން މީހަކާ ގުުޅިގެން އުޅޭ ނަމަ ނޫނީ އެހެން މީހަކާ ކައިވެނިކޮށްގެން އުޅޭ ނަމަ އެއީ މައްސަލައަކަށްވޭ ހެއްޔެވެ؟ އެކަމުގެ ސަބަބުން ޒަވާޖީ ހަޔާތަށް ނޭދެވޭ އަސަރެއް ކޮށްފާނެހެއްޔެވެ؟

މިއީ އާންމުކޮށްވެސް ކުރެވޭ ސުވާލުތަކެވެ. ލިންޑްސޭ ރޮޑްރިގޭޒް ކުރި ދިރާސާއަކުން އެނގޭ ގޮތުން 40 އިންސައްތަ މީހުން ކުރީގެ ލޯބިވެރިޔާއާ ވާހަކަދައްކައެވެ.

އޭގެ ތެރެއިން 90 އިންސައްތަ މީހުން އަލުން ވާހަކަދައްކަން ފެށީ ވަކިވިތާ މަހެއް ނުވަތަ ދޮޅުމަހެއްހާ ދުވަސް ތެރޭގައެވެ. ނޫނީ ހަޔާތުގައި ބޮޑުކަމެއް ދިމާވާ ހިސާބުންނެވެ. މިސާލަކަށް އާއިލާ މީހަކު މަރުވުން، އެކްސިޑެންޓެއް ވުން، ވަޒީފާ ގެއްލުން ފަދަ ކަމެކެވެ.

އޭގެ ތެރެއިން ގިނަ މީހުން ކުރީގެ ލޯބިވެރިންނާ ވާހަކަދެއްކި ނަމަވެސް މާ ގާތް ގުޅުމެއް ނޯވެއެެވެ. އެކުވެރި ރަހުމަތްތެރިކަން އޮތް ނަމަވެސް ކޮންމެ ދުވަހަކު ގުޅައެއް ނުހަދައެވެ.

13 އިންސައްތަ މީހުންނަކީ ހަފްތާއަކު އެތައް ފަހަރަކު ކުރީގެ ލޯބިވެރިންނާ ވާހަކަ ދައްކާ މީހުންނެވެ.

އެ ދިރާސާއިން އެނގުނު ގޮތުގައި ކުރީގެ ލޯބިވެރިޔާއާ އޮންނަ ގުޅުމުގެ ސަބަބުން ފަހުން އަންނަ މީހުންނާ އޮންނަ ގުޅުމަށް އަސަރު ކުރާކަމަކަށް ގިނަ މީހުން ގަބޫލުކުރެއެވެ. އަދި ކުރީގެ ލޯބިވެރިޔާއާ ގާތް ގުޅުމެއް އޮތް ނަމަވެސް އޭނާއާ އަލުން ލޯބީގެ ގޮތުން ގުޅެން ގިނަ މީހުން ބޭނުމެއް ނުވެއެވެ.

ނަމަވެސް އެކުގައި ވަގުތު ހޭދަކުރުމުން އެކަކު އަނެކެއްގެ ކަންކަމާއި ހަމްދަރްދީ ވުމާއި އެހީތެރިވުން އެއީ ފަސޭހަ ކަމަކަށް ވުމުން ގުޅުން ބާއްވައެވެ. އަދި ކުރީގެ ލޯބިވެރިޔާއާ އެއްކޮށް އުޅުމަކުން އޭނާ ދެކެ ލޯބިވާ ކަމަކަށް އެ މީހުން ގަބޫލެއް ނުކުރެއެވެ. ނަަމަވެސް އެ އެންމެންވެސް ގަބޫލުކުރާ އެއްކަމެއް އޮވެއެވެ.

އެއީ މާ ގިނައިން އެކުގައި ވަގުތު ހޭދަކޮށް ކޮންމެ ދުވަހަކު ދިމާވާ ނަމަ ތިމާގެ ބައިވެރިޔާ އަށް ތިމާ އަދާކޮށްދޭން ޖެހޭ ޒިންމާ އާއި ބަހައްޓަން ޖެހޭ ވަފާތެރިކަން ހަނދާން ނެތިދާނެކަމެވެ.

ގިނަ މީހުން ބުނާ ގޮތުން ކުރީގެ ލޯބިވެރިޔާއާ އެކު ބާއްވާ ގުޅުން ސިއްރުކުރަން ޖެހޭ ސަބަބެއް އޮތް ކަަމަށް ނުވެއެވެ. ބައެއް ފަހަރު އޮންނަ ގުޅުމުގެ ވާހަކަ ނުދައްކަނީ ބައިވެރިޔާ ހިތްހަމަ ނުޖެހޭނެތީއެވެ. އެކަމަކު އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެހިސާބުން ޖެހޭނީ އިތުރު މައްސަލައެވެ.

އެހެންކަމުން ކުރީގެ ލޯބިވެރިޔާ އާއި ރަހުމަތްތެރިވުމަކުން މައްސަލައެއް ނެތެވެ. މައްސަލައަކަށް ވާނީ ބާއްވާ ގުޅުމެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަލްޖިބްރާ

    ކުރީގާ ހިތާވެގެން އުޅުނު މީހަކާއެކު ރަހުމަތްތެރި ކަމުގެ ގުޅުން ބާއްވަނީ ނަމަ ރަހުމަތް ތެރި ކަމުގެ ގުޅުމާއެކު އެހެން ގުޅުންތައްވެސް ހިގާނެ ކަމީ ޔަޤީންކަމެއް !

    22
    3
  2. ދިވެހި ފިރިހެނެއް

    އަހަރެން ގެ ކުރީގެ 3 ލޯބިވެރިންނާވެސް ހަމަ ރަނގަޅު ރަހުމަތްތެރިކަން އޮވޭ، އެމީހުންގެ ބިޓުންނާ އަދި ފިރިންނާވެސް ރައްޓެހިކަން އޮވޭ، ބައެއްހާލަތުގައިއެމީހުންނަށް އެހީވެސް ވަން.މިސާލަކަށްވަޒީފާ ހޯދާދިނުމަށް އެހީވުންކަހަލަ، އެކަމަކު ޚާއްސަ ގުޅުމެއްނުބާއްވަން، އަންހެނުންކާރީގަ އެވާހަކަ ނުދައްކަނީ ބިރުން، ވަރަށްފަހުން އަންހެނުންނަށް އެކަންތައް އެނގި، ބޮޑު މައްސަލައަކަށްވެ، އެއްމެފަހުން ޖެހުނީ އެމީހުން ބްލޮކް ކޮށް ގުޅުންކަނޑާލަން!

    13
    2
    • ދިރާަސާ

      އަންހެނުންކާރީގައި އެވާހަކަ ނުދައްކަނީ ބިރުންކަމަށްވަންޏާ ތިއީ ވަރަށް ބޮޑު މައްސަލައެއް؟ ދިރިއުޅުމުގައި ދެމެފިރިން އެކަކު އަނެކަކަށް ކަންތައްތައް ސިއްރު ކުރުމަކީ ދެމެފިރިން ލޯބިން ބިނާކުރި ގަނޑުވަރު ފުޑުފުޑުވެގެންދާނެކަމެއް.

      21
  3. އެލެކްސް

    އަހަރެން ގެ ކުރީގެ 3 ލޯބިވެރިންނާވެސް ހަމަ ރަނގަޅު ރަހުމަތްތެރިކަން އޮވޭ، އެމީހުންގެ ބިޓުންނާ އަދި ފިރިންނާވެސް ރައްޓެހިކަން އޮވޭ، ބައެއްހާލަތުގައިއެމީހުންނަށް އެހީވެސް ވަން.މިސާލަކަށްވަޒީފާ ހޯދާދިނުމަށް އެހީވުންކަހަލަ، އެކަމަކު ޚާއްސަ ގުޅުމެއްނުބާއްވަން، އަންހެނުންކާރީގަ އެވާހަކަ ނުދައްކަނީ ބިރުން، ވަރަށްފަހުން އަންހެނުންނަށް އެކަންތައް އެނގި، ބޮޑު މައްސަލައަކަށްވެ، އެއްމެފަހުން ޖެހުނީ އެމީހުން ބްލޮކް ކޮށް ގުޅުންކަނޑާލަން!

    5
    2
  4. އިތާމުތް

    ދެމީހުން ދިމާވާއިރު ރައްޓެހިވުމުގެ ކުރިން ނުކުރާ ވިޔާ ނުދާ ކަމެއް ނޯންނަ ޒަމާނެއްގަ ހިތާވެގެން އެތައް ގަނޑެއް ގަނެފަ ތިބޭ ބަޔަކު، ވަކިވެ އެހެން ކައިވެންޏެއް ކުރުމަށްފަހު، ރަހުމަތްތެރިކަން ބާއްވާނަމަ ވަގުތެއް ލިބޭ އިރަށް ގޯސްނުހަދާ ނުތިބޭނެއެވެ. އެއީ އެދެމީހުންގެ ކިބައިގަ އެއްވެސް ލަދވެތި ކަމެއް ނޯންނާނެއެވެ. ވިޔާ ނުދާ ކަންކަމަށް މަގުފަހިވާ ކަންކަމުން ދުރުވުމަށް އަންގަވާފަ އޮންނަނީ މިކަހަލަ ސަބަބުތަކާ ގުޅިގެންނެވެ.

    18
  5. ޖައްލާދު

    ކުރީގެ ދެ ލޯބިވެރިން ރަހްމަތްތެރިންގެ ގޮތުގައި ތިބުމަކީ މައްސަލައެއްތަ؟ އާން ވަރަށް ބޮޑު މައަސަލައަށް. ދެމެފިރިން ފަސާދަވެގެންދާނެ ކަމެއް.

    23