ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކަށް އެކި ވައްތަރުގެ އިންޓަވިއުތައް ކުރެއެވެ. އާއްމުކޮށް ކުރާ ސްޓްރަކްޗަރޑް އަދި އަންސްޓްރަކްޗަރޑް އިންޓަވިއުތަކުގެ އިތުރުން، ބައިވެރިން ހާސްކަމުގެ ތެރެއަށް ވައްޓާލާ ސްޓްރެސް އިންޓަވިއު އާއި ބިހޭވިއަރަލް އިންޓަވިއުތަކަކީވެސް މީގެތެރެއިން ވައްތަރުތަކެވެ.

އެހެންނަމަވެސް، ބޫޓު އުފައްދާ ވިއްކާ މި ކުންފުނީގައި ދިން މި އިންޓަވިއު އަކީ މުޅިން ތަފާތު އިންޓަވިއު އެކެވެ. އެންމެން ހައިރާންކޮށްލި ކަމެކެވެ.

"ޝުހް" ނަމަކަށް ކިޔާ ބޫޓު ކުންފުންޏެއްގެ އިންޓަވިއުގައި، އިންޓަވިއު ޕެނަލުން، ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ކިބައިން އެދިފައިވަނީ ގެރިއަކަށް ވުމަށެވެ. އަދި، ގެރިއަކަށް ވުމަށްޓަކައި، ހޭންޑް ބޭގު ބޮލުގައި އެޅުވުމަށްފަހު، އަނގައިން ގެރި ލައްވާ އަޑު ލެއްވުމަށް އެދުނުކަމަށްވެސްވެއެވެ.

މި އިންޓަވިއު ކުރި ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި މިއީ އެމީހުން ކުރިމަތިލީ ވަޒީފާއާ އެއްގޮތަކަށްވެސް ގުޅުން ހުންނަ ކަމެއްކަން އެނގިފައެއް ނުވެއެވެ. އަދި، އެމީހުންނަށް އެނގިފައިވާ ގޮތުން، އެވަޒީފާއަކީ އެއްވެސް ހާލެއްގައި، ގެރިއާ ގުޅުން ހުރި ކަމެއް ނޫނެވެ.

ވަރަށް ޒުވާން ކުދިންވެސް މި ވަޒީފާއަށް ކުރިމަތިލައިފައިވާއިރު، އިންޓަވިއު ކޮށްފައިވަނީ 25 މީހުންކަމަށް ނޫސްތަކުން ބުނެއެވެ. އޭގެތެރެއިން ކޮންމެ މީހަކަށްވެސް، ގެރިއަކަށްވުމަށް އެންގިކަމަށް ނޫސްތަކުން އިތުރަށް ބުނެފައިވެއެވެ. އަދި ބައެއް ފަރާތްތަކަށް އަހަށާއި ކުކުޅަށްވުމަށްވެސް އެދުނުކަމަށް އެނޫސްތަކުން ބުނެފައިވެއެވެ

މިކަމާ ގުޅިގެން އެކުންފުންޏަށް އެތައް ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އިންޑިޔާ މީހުންނަށް ދާދި ފާސޭހަގޮތެް ތިއީ ވަޒީފާ ހޯދަން. ހިތަށް އަރަނީ ގެރިއަކަށްވެގެން އިންޓަވިއުއަށް ވަންނަ މީހާ އެތާ އަންހެނަކު އިނިއްޔާ ރޭޕްނުކުރާނެބާވަޔޭ!

  2. ފަސް ކާފު

    ކާކު ކޮންތާކު ކޮން އިރަކު ކަމެއް ނޭގޭ

  3. އެންމެންގެ ވޯޓް ރައީސް ޔާމީނަށް

    ޕެނަލްގަ ތިބީ ޖަނަވާރުންތަކެއް؟؟

  4. އުޅަކޭ.

    ތިވާނީ މޮޔަ ޓްރަންޕުގެ ތަނެއްކަމައް