ދިރާގުގެ ރީތި އިސްތިހާރުތަކުން ފެންނަ އިބޫ އާއި އަޒޫގެ ލޯބީގެ ދުނިޔެއަށް ގެއްލިފައި ތިބި މީހުންނަށް ކަންބޮޑުވުމާއި ހާސްކަން މިދިޔަ ހަފްތާގައި ވެރިވެގެން ދިޔައީ އަޒޫ ލ.އަތޮޅަށް ގޮސް އިބޫ އަށް ގެއްލުމުންނެވެ. އިބޫގެ އެއްވެސް ފޯން ކޯލަކަށް ޖަވާބު ނުދީ "އާ ލޯބިވެރިޔަކު ހޯދުމުންނެވެ."

އިބޫ ހުޅުމާލޭގައި އަޒޫގެ އިންތިޒާރުގައި ކެތް މަދުވެގެން ކުރި އެއްވެސް ފޯން ކޯލަކަށް ޖަވާބެއް ނުދިނުމުން ދެމީހުންގެ ލޯބީގެ ހަޔާތް ދެން ނިމުނީ ކަމަށް ހީކުރެވުނެވެ.

ނަމަވެސް ރޭ ދިރާގުން އާންމު ކުރި މިދެލޯބިވެރިންގެ 12 ވަނަ އެޕިސޯޑުން އަނެއްކާވެސް ބެލުންތެރިންނަށް އުއްމީދެއް ގެނެސްދިނެވެ. ކެނޑިނޭޅި މިފަހަރު އިބޫ އަށް ގުޅަމުން ދިޔައީ އަޒޫ އެވެ. ނަމަވެސް އަޒޫގެ އެއްވެސް ފޯން ކޯލަކަށް އިބޫ ޖަވާބެއް ނުދިނެވެ. އިބޫ ދަތުރުކުރީ ލ.އަތޮޅަށެވެ.

ލ.ގަމުގެ ހިތްގައިމު މަންޒަރުތައް ފެންނަ 13 ވަނަ އެޕިސޯޑްގައި ފެންނަނީ މުޅި ލ.ގަމުގައި ދުއްވައިގެން އަޒޫ ހޯދުމުގެ މަސައްކަތް އިބޫ ކުރާ މަންޒަރެވެ. ޓެކްސީ ޑްރައިވަރުންނާއި މަގުމަތިން ފެންނަ މީހުންގެ އެހީ ހޯދައިގެން އެކި ގެސްޓްހައުސްތަކަށް ގޮސް އެކި މީހުންނާއި ސުވާލުކޮށްގެން ވެސް އަޒޫ ފެންނަ ގޮތެއް ނުވިއެވެ.

އަޒޫ ހުރީ ގެސްޓް ހައުސް އިން ޗެކްއައުޓްވެ އޭނާގެ "ހާއްސަ ރަހުމަތްތެރިޔާ" ގެ ގޭގައެވެ. ދެން ފެންނަނީ ބޯ ވިއްސާރައިގައި މާބޮނޑިއެއް ހިފައިގެން އިބޫ އެގެއަށް އަންނަ މަންޒަރެވެ.

ފެންނަ މަންޒަރުން އަޒޫގެ ނިންމުން ވަރަށް ސާފެވެ. އަޒޫ ހުރީ އިބޫ އާއި އެކު މުޅި އުމުރު ހޭދަ ކުރާށެވެ. "ދިރާގުގެ ކަނެކްޝަން އޮތީ އުމުރު ދުވަހަށް ބޭނުން ކުރާ ގޮތަށެވެ."

އަޒޫ އާއި އިބޫ އަނެއްކާވެސް ގުޅުނީއެވެ. ނަމަވެސް މޯލްޑިވިއަން އައިޑޮލް ނިމުނީއެވެ. އެހެންކަމުން އިބޫ އާއި އަޒޫގެ އިސްތިހާރުތައް ދެން މިނިމުނީ ހެއްޔެވެ؟ ލ.އަތޮޅުގެ ހުރިހާ ރަށެއް ބަލާލަން ދެމީހުން އެކުގައި ދެން ދަތުރު ކުރާނީ ހެއްޔެވެ؟ ނޫނީ ދެމީހުން އަވަހަށް މާލެ އަންނާނީ ހެއްޔެވެ؟ ކުރިއަށް އޮތީ ރަމަޟާން މަހާއި ވޯލްޑްކަޕެވެ. ފަހަރުގައި ރަމަޟާން މަހާއި ވޯލްޑްކަޕްގެ ފޯރި އަޒޫ އާއި އިބޫ އިތުރަށް ގަދަވެސް ކޮށްދީފާނެއެވެ. ބަލަން ތިބެމާ ހިނގާށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    ދިރާގުގެ މޮޅުކަމުން ވީ ކަމެއްތަ އެއީ ؟؟

  2. ހުސެން

    އެލައިޑް ކޮޕީކުރީ!!!!

  3. ޅާހޫރޭ

    ދިރާގުން ކުރިން ދައްކަނުން އައި އިސްތިހާރުތައް ފެންވަރު ރަނގަޅު ބުނާއެއްޗެއް ބެލުންތެރިނަށް ފަހުމުވޭ ނަމަވެސް ފަހުން ހާއްސަކޮށް އައިޑަލް ތެރެއިން ދައްކާ އިސްތިހާރު ފަހުމު ނުވުމާއި މުޖުތަމައު އާ ނުގުޅެ މަންޒަރު ހާއްސަކޮށް މަމެން އެކްޓްގައި ފާހަގަ ވޭ

  4. ????

    މިސް ޔޫ އިބޫ އެންޑް އަޒޫ