މީހަކު މަރުވުމުން ސަކަރާތާއި މަޖަލުގައި ވަގުތު ހޭދަކުރާކަމަށް ދައްކަން ކިނބިދޫ މީހުން ބޭއްވި "ކޮފިން ޑާންސަށް" ގިނަ ބަޔަކު މީސް މީޑިއާގައި ފާޑުކިޔަމުން އެބަގެންދެއެވެ.

އަޟްހާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ކިނބިދޫގައި ބޭއްވި ކޮފިން ޑާންސަކީ މީހުން މަރުވުމުން އެފްރިކާގެ ބައެއް ގައުމުތަކުގައި ކުރިއަށް ގެންދާ ކަމެކެވެ. ގިނައިން މިކަން ކޮށްއުޅެނީ އެފްރިކާގެ ގައުމެއް ކަމަށްވާ ގާނާގައެވެ. މިކަން ކުރާ އެފްރިކާ މީހުން ބުނާ ގޮތުގައި މީހަކު މަރުވުމަކީ ހީތަމަ ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ އުފާކޮށް މަޖާކުރަންވީ ވަގުތެކެވެ.

ކިނބިދޫ މީހުން ކުރިއަށް ގެންދިޔަ ޑާންސާއި ގުޅިގެން ދީނީ އިލްމުވެރިޔާ އައްޝައިހް ޒަމްޒަމް ފާރިޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މަރުގެ ވަގުތަކީ ހިތާމަވެރި ވަގުތެއް. ބިރުވެރި ވަގުތެއް. އާއިލާ މީހުންނާއި ގާތް މީހުންނަށް ދަތި ބުރަ ނުވަތަވަސް ވަގުތެއް. މަރުވުމާއި ގުޅުން ހުރި ކަންކަމަކީ އެއާއި އެކު ކުޅިމަޖާ އުފެދި ބޮޑު ސަކަރާތްގަނޑެއް ގުޅުވަން ވާވަރު ކަމެއް ނޫން. މި ހުންނަނީ ދެރަކަންކަން." ކަމަށެވެ.

އިތުރު މީހަކު ބުނީ ކޮންމެ ކަމެއްގައި ވެސް ހައްދެއް އޮންނަން ވާނެ ކަމަށާއި މިހާރު ޖޯކް ޖެހުމާއި މަޖާ ކުރުން ހައްދުފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. "ޤަބުރުތަކަށް އިޙްތިރާމްކުރުމާއި، ޤަބުރުތަކަށް ހެޔޮކޮށް ހިތުމާބެހޭ އެތައް ދަލީލުތަކެއް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގައި ވާރިދުވެފައިވޭ. އެހެންކަމުން މިފަދަ ކަންކަން ކުރުން މިއީ ބަލައި ގަނެވޭނެ ކަމެއް ނޫން." އޭނާ ބުނެފައި ވެއެވެ.

"ޖަނާޒާގައި އަމަލު ކުރަން ޖެހޭނެ ގޮތް ކަމަށް އިސްލާމްދީން ދަސްކޮށްދީފައިވާ ﷲ ތަބާރަކަ ވަތަޢާލާގެ ޙަޟްރަތަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޅުކަން ޤާއިމްކުރުމާއި، މައްޔިތާއަށް އިޙްސާންތެރިވުމާއި، އޭގެ އެންމެ ރިވެތިކަންބޮޑު އަދި މާތްކަން ބޮޑުގޮތުގައި އެމައްޔިތާ ހިނަވައި ކަފުންކޮށް ތައްޔާރުކުރުމާއި، ﷲ ތަޢާލާގެ ޙަޟްރަތަށް ޙަމްދުކޮށް އެމައްޔިތާއަށް އިސްތިޣްފާރުކޮށް ފާފަފުއްސަވައިދެއްވުމަށާއި މާފުކޮށްދެއްވުމަށް އެދި ދަންނަވަން ކޮޅަށް ތިއްބެވުމާއި، އެމައްޔިތާއަށްޓަކައި ކޮނެވިފައިވާ ވަޅުގަނޑުގައި އޭނާ ފަސްދާނުލެވިއްޖެއުމަށް ދާންދެން އެމައްޔިތާގެ ކުރިމަތީން ހިންގެވުމާއި، އޭނާއަށް ޘާބިތުކަން ދެއްވައިތޯ އެދިވަޑައިގެން ދުޢާކުރެއްވުން ކަމަށް ވާއިރު މުސްލިމް މިމުޖުތަމަޢުން މަޖަލަކަށް ނަމަވެސް މިކަންކަމާއި ހިލާފު ގޮތައް މަންޒަރުތައް ފެނުމަކީ ހިތާމަހުރި ކަމެއް." މީހަކު ފޭސްބުކްގައި ލިޔެފައި ވެއެވެ.

މީހަކު މަރުވުމުން މަޖަލުގައި ވަގުތު ހޭދަކުރާކަމަށް ދައްކަން ކިނބިދޫ މީހުން ޑާންސެއް ބޭއްވިއިރު ޢީދު ފާހަގަ ކުރަން ވެލިދޫ މީހުން ވެސް ވަނީ ނިޤާބަށް ޖޯކް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

58 ކޮމެންޓް

  1. އަލިބެއްޔާ

    މަރުގެ ސަކަރަތަކީ ކުޅިމަޖާކަމެއް ކަމަށް ދަކައި މިވަރުގެ ކަމެއް ކުރި އިރު ހޭ ޖެހޭ މީހަކު އެ ރަށުގައި ނެތީތޯއެވެ. ހިތާމަހުއްޓެވެ..

    285
    10
    • ބަދީހާ

      އެރަަަށަކު ނުހުންނާނެ ހަމަ ޖެހޭ މީހެއް

      124
      4
      • ތެދެއް

        ހުސް ބޯ މީހުން

        30
        1
    • އައިދިން

      ތިކަންތައް ކުރި މީހުންނަށް ކިހިނެތް ވެފެތަ ތިބެނީ!! މިމީހުންގެ އާއިލާ މީހަކު ނިޔާވީމަ، ލޯބި ވާ މީހަކު ނިޔާވީމަ ބަޔަކު ތިގޮތަށް ކަންކޮށްފިއްޔާ ވާނެ ދެރަޔާ އަންނާނެ ރުޅި ހިތަށް އަރުވާލާފަ ވެސް ތިކަހަލަ ގަމާރު ކަންތަށް ނުކޮށްބަލަ... ތިއީ އެއްވެސް މަޖާކަމެއް، ކުޅިވަރެއް ނޫން.... ތިއީ ކަޑަ އެޅިގެން ހުރި ނުބައި އަނިޔާވެރި އަމަލެއް... އެއްވެސް މަޖަލެއް ނޫން... މި ރަށުގަ މިކަހަލަ މޮޔަކަންކަން ކުރާ މީހުންގެ ބުއްދި ހަމަ ތޯ ބަލަން ޖެހޭ... ދަންނަ މީހުން، އާއިލާ މީހުން ނިޔާވީމަ ހަމަ ދެރަވާނެ... ތިކަހަލަ އިސްލާމް ދީނާ ހިލާފް، އަނިޔާވެރި އަމަލްތައް ހިންގުމަކީ ވަރަށް ނުބައި އަމަލެއް.

      44
      2
    • ރާއްޖެެތެރޭ މީހާ

      ޢެހެންވެ ދޯ މާލޭގަ މާރާމާރީ އާ އެހެން ކު އްތަށް ގިނަ އީ އެމާލޭ މީހުން ހި އްސުތަ އް
      ހަމަކަމުން؟

      20
      13
      • ބަލަ

        މާލޭގައި ގިނަވާނީ ރަށްރަށުގެ މީހުން

        24
        • ރާއްޖެތެރޭ މީހާ

          މާލެ އަށް މީހުން އަރަން ތި ފެށީ އަދި މާ ފަހުން . މާލެއަށް މާލެ އޭ ކިޔުނު އިރުއްސުރެ މާލޭ ގަ ކުއްތަށް ގިނަ

          9
          5
    • ދޮން ބަބުރު ސޮރު

      ހުރި ނަމަ ނުވާނެ ނުންތޯ؟ މިހާރު ތިބި ޒުވާނުން ނަކީ އަމިއްލަ ބަހުން ލިޔަން ކިޔަން ނުދައްނަ ބައެއް ވީ ހިނދު އެމީހުންގެ އަމަލު ތައް ހުންނާނީ މަކުނުގެ ޭޭޭޭޭޭޭޭޭޭޭޭޭޭޭޭޭ ޢަލާ ދާދި އެއްގޮތަކަށް.

  2. ފާތުން

    މިރާއްޖެތެރޭގަައި މިހާރު އީދު ފާހަގަކުރާއިރު ދެން މިހާރު އުޅެނީ މާ މަޖާވެގަނެގެން ކުރެވޭނުކުރެވޭ ކަމެއް ވެސް ނޭގޭ. މީދެން ބޮޑުވަރު. ކަލޭމެންނައް އީދު ފާހަގަ ކުރަން ނޭގެންޔާ ނޮކޮއްތިބެބަލަ. މާ މަޖާވެގަނެގެން މީހުނައް މަލާމަތްނޮކޮއް.?

    210
    11
    • ިބޯކިބާ

      އެހެންތާ ވާނީ، ކަލޭމެނަށް އީދުފާހަގަކޮށްދެނީ ދައުލަތުގެ މާލިއްޔާއިން މިލިއަނުން ފައިސާ އޮއްސައިގެން ރައިސްއޮފީހުންނެ، ރަށްރަށުގަ ރައްޔިތުން އަމިއްލަ ހަރަދުގައޭ ކުރާކަމެއްކުރަނީ.

      15
      45
    • މާލެ ބޮޑުމީހާ

      މާ މާލެ ވެގެން އުޅޭނި ކަމެއްނެތް!!!!!

      25
      21
  3. ސާޑު

    ތަނެއްގާ ބަޔަކު ބޯގަޅިކަމެއް ކުރިއްޔާ އެކަން ދިވެހިން ކުރާނެ.

    117
    2
    • ބޯދުޅަ

      ކުރީ ޒަމާނުން ސުރެ ބުނެ އުޅޭ ރާ އްޖެ ތެރޭ މީހުން ގެ ހިޢްސު މަދުވާނޭ އަދިވެސް މިފެންނަނީ އެކަމުގެ އަސަރު

      51
      25
  4. ޢަޒްރާ

    މީ ހަމަ ތަންދރު ނޭނގނީމަ ވާގޮތް

    79
    2
    • ދިލްބަހާރު

      އަލީހުސްން އެއީ ގާޒީ އެއް ދީނީ އިލްމުވެރިއެއް އެނަބުނެގެން ކޮއްފަ އިންކަމެއް. އޭނައެއީ ހިންވަން ކަފުންކުރްން ދަންނަމީހާ

      19
      1
  5. މީހެއް

    މީކީ މައްޔިތުންނަށް މަލާމާތް ކުރުމަށް ކުރި ކަމެއް ނޫން ކަމާއި ކަމުގެ ވާނުވާ އެނގޭނީ އެރަށު ތިބި މީހުންނަށް. އަދި މިކަމުގެ ދެކޮޅު އެނގޭ މީހުން ނޫޅޭ މި ފެނިގެން ފޫކޮޅަށް ތަދުވެގެންނެއް. ކަމުގެ ވާނުވާ ނޭންގި ހިތުން މާ އެނގިގަނެގެން އުޅޭ ވިކިޕީޑިއާ ސްޓެޓަސް ޝޭހުން/ކީބޯޑު ފަހުލަވާނުން މާ ދުރު ތިބެގެން އަނގަ ކަހައިގަނެގެން އުޅެނީ. އެއީ ބެހޭނެ ކަމެއް، ތޮޅޭނެ ބައެއް ފެނޭތޯ ފީޑް ރިފްރެޝް ކޮއްލަ ކޮއްލާ ތިބޭބައެއް. ވާނުވާ ނޭންގެންޔާ އަނގަ ލައްޕައިގެން ތިބެބަލަ ފިތުނަ ނުއުފައްދާ.
    ޝުކުރިއްޔާ ގައުމު

    16
    115
    • ބުޅައްބެ

      މާ ވާނުވާ އިނގޭ މީހެއް، ކަލޭ ތީ، މަޖަލަކަށް ވިއަސް އަދި މަޖަލަކަށް ނޫން ވިއަސް މީކީ މި ގައުމުގަ ތިބި މުސްލިމުން ބަލަން ބޭނުން ވާ ސަކަރާތެއް ނޫން، ކަލޭ މަޖާ ވެގެން ތިއުޅެނީ..

      96
      1
    • ޢަހޫ

      ޥާނުވާ ތި އޮތީ ކަލެ އަށް ރަގަޅަށް އެގިފަ.

      56
      3
  6. ރަދީފް

    ބޯ ބުރާންތިވެފަ ތިބި ބައިގަނޑެއް.ކިނބި ދޫ ކިޔަނީ ވެސް ކަމެއް ވީމަ.

    69
    4
  7. ސަމީ

    ހިއެއް ނުކުރަން މި ކިނބިދޫ މީހުންނަކީ މިހާ ޖާހިލު ބައެއް ކަމަކަށް ކުރިން ކޮބާ ކައުންސިލް. މިހާރު އެބަޖެހޭ ޢީދުގަވެސް އަދި އެހެން މުނާސަބާ އެއްގައިވެސް ފާހަކަ ބާއްވާ ކަންކަން ކައުންސިލަށް ހުށަހަޅާ އެކަންތައް ފާސްކުރަން، މީ ހާދަ ގޮތެއް ލަދެއް ނެތް ބައެކޭ

    63
    1
  8. އަލި ދީދީ

    މިހާރު މި ރާއްޖޭގައި ފާހަގަ ކުރަނީ ޢިދެއް ނޫން.. އިންޑިއާ ގެރިން ފާހަގަ ކުރާ ހޯލީ ޑޭ.. ކުލަ ޖެހުމަކީ އެއްވެސް ޒަމާނެއްގައި ރާއްޖޭގައި އީދެއްގައި ކުރި ކަމެއް ނޫން.. އެކަން ދިރާގާއި އުރީދޫ އިސްވެ ތިބެ ބައެއް ބުރާންތި ތަކެއްގެ ބޮލަށް އެރިގެން މިހާރު ބޮޑު ވަބާއަކަށް އެކަން ވެއްޖެ.. މި ހުއްޓުވަން ޖެހޭ ކަމެއް..

    84
    2
    • ކުލަ

      ދިރާގާއި އުރީދޫ ތިކަމެއ ކުރަން އިއްޔެ ފެށިޔަސް ކުލަ ޖެހުމަކީ އިންޑިއާ ސީރީސްތައް އާންމު ވުމުގެ އެތައް އަހަރެއް ކުރިން މިރާއްޖޭގަ ކުރި ކަމެއް. އަލި ދީދީ ޅަވީމަ ކުރިން ނުފެނުނީ. އިންޑިއާ ފުށްކިބަޔަށް އެރީމަ ތިހެން ވެދާނެ.

      21
      16
  9. އެހެންދީނެއްގެ ސަގާފަތެއް އެއީ

    ޑާންސް ޕަލްބިއަރިންގްއަކީ ގާނިއާގެ މީހުންގެ ސަގާފީކަމެއް. އިސްލާމްދީނުގައި ކަޑައެޅިގެން ހަރާމްކުރައްވައިފައިވާކަމެއް އެހެން ދީންތައް ކޮޕީކުރުމަކީ. މަޖަލަކަށް ވިޔަސް ތިދަނީ މާ މައްޗަށް.

    64
    1
  10. ކްލިއޯޕެޓްރާ

    ކޮޕީ ނުކޮށް ކީއްތަވާނީ އަމިއްލަ ވަންތަ އުފެއްދުމަކަށް ދައްކާލިއްޔާ. ޢަބަދުވެސް ބަލާނީ މިކަހަލަ ތާކުންތާކު ނުޖެހޭ ކަމެއް ކުރެވޭތޯ. ރާއްޖޭގެ ސަޤާފަތާއި ތާރީޚް ދަމަހައްޓަން މަސައްކަތް ކުރިއްޔާ މާބުއްދިވެރިވާނެ.

    93
    1
  11. އަހްމަދު

    ކުޑަކޮށްވެސް ދީނަށް ލޯބި ކުރާމީހަކު ތިރަށުގައި ނެތީބާ! ތިކަންކުރިމީހުން މަރުވުމުން ތިމީހުންނާދެތެރޭ ކަންތައް ކުރާނީ ތިގޮތަށްތޯ!

    45
  12. ޖަނަވާރު

    ޖަނަވާރުންނަށް ޖޯކު ޖަހައިފި ވެލިިދޫ މީހުން! ހަބަރެއް ލިޔާކަހަލަ! އަހަރުމެން ޖަނަވާރުންގެ ހައްގު ކޮބާތަ؟ ގޮރިއްލާ ހުރީ ވަރަށް ދެރަވެފަ، ސީދާ ގޮރިއްލާ އަށް ޖޯކު ޖެހީ އެ ނަރަކަ ވެލިދޫ މީހުން.

    25
    4
  13. ޕިސް ޕިސް..

    ސާބަހޭ ދިވެހި ދަރިންނޭ... ތިވަރުތަ އް ކޮޅެ އް ބޮޑު..???

    36
  14. ނީރާ

    މީ ކޮންފަދަ ކަމެއް ރާއްޖޭގަ ބަލި މަޑުކަން އިނތިހާއަށް މިއޮތީ ހެޔޮނުވާނެ މިހެން އުޅެން އެއްބަޔަކު ކުޅިވަރާ މަޖާކުރުމުގަ ކޮށްފަ ނުކުރާނެ ކަމެއް ނޭނގިގެން

    44
    1
  15. ސަންގު

    ޖާހިލުކަން ދީނާމެދު ގާފިލުކަން

    45
    1
  16. ?

    ހިތުންމި މާމޮޅު ކަމެކޯ
    ކިނބިހިނިތައް

    43
    2
  17. އަޚް

    އޭ ޒުވާނުންނޭ....ސިވިލަިއިޒްވޭ....ތަރައްޤީ ވިސުނުން ހޭޖެހޭ ބަޔަކަށް ވަމާ....ހިދާޔަތް ދެއްވުމަށްއެދި ދުޢާކުރޭ....އާދޭސް ކުރަން.... މިޤައުމުގެޒުވާން ޖީލް ހަލާކުވެނިމިދާން ދޫކޮށްނުލާ... މިހާރުންފެށިގެން ސްކޫލްތަކުން ވިސްނާ.... މުގައްރަރުގައި އިސްލާމީ ތަރުބިއްޔަތު މާއްދާއެއްގެ ގޮތުގައި ކިޔަވައިދެއްވާ....

    33
  18. މިއަދު

    ﷲގެ ކުޅަދުންވަންތަކަމާއެ އެމަޖަލުގެތެރެއިން އެކަމުގެބައިވެރިޔަކު މަރުވިނަމަ އެސަކަރާތުގެތެރެއިން އެމަތްޔިތެއްގެ ޖަނާޒާ ކުރިޔަށް ގެންދިޔައީސްބާ ތިދާވަރުންދާނަމަ ނަރަކަޔާއި ސުވަރުގެ ހަދައިގެން ގިޔާމަތްދުވަސް ތަމްސީލުނުކުރާނެބާ ޔާﷲ މިބައިމީހުންނަށް ހެޔޮވިސްނުންދެއްވާންދޭ

    29
  19. ކާފަރު

    ސާބަހޭ.. މާލެ ކޮޅުން ވަރަށް މަރުހަބާ ތި އިވެންޓައް.. ވަރަށް ސަޅި.. ހަބޭސް.. ކީޕް އިޓް އަޕް ގާއީޒް..

    5
    38
  20. ދިވެހިކޮރަކަލި

    ބިރަކާ ނުލާ މަޖާ ކުރުމަކީ ހަގީގަތުގައި މިއީ، އިސްލާމީ ތައުލީމް ފުރިހަމަޔަށް ފޯރުކޮށް ނުދެވި ވާތީ ދިމާވާ މައްސަލަތައް ،ފާއިތުވެ ދިޔަ40ކަށް އަހަރު ތެރޭ އުފެދިގެންދިޔަ ގިނަ ޒުވާ ނުންގެ ހަގީގަތަކީ އެއީ ރައްބެއް ރަސޫލެއް ނަރަކަ އެއް ސުވަރު ގެއެއް ކަށްވަޅުގެ އަޒާބެއް ހަދާން ކުރަނީ މަދު ބަޔެއް ހުރިހާ އެއްޗަކީ ވެސް އުފަލާ މަޖާ ބަޔަކު ކަމެއް ކުރީމަ ފާޑުކިޔާ ފުރައްސާރަ ކުރުމުގެ ކުރިން ކަމުގެ އަސްލަށް ވާސިލްވުން ކީއްތޯ މައިން ބަފައިންނަށް ދަރިފުޅު ތަރުބިއްޔަތު ކުރެވުނުތޯ ތައުލީމީ އިދާރާ ތަކުން އޮއްޓަރު ހުރި ތައުލީމެއް ފޯރު ކޮށް ދެވިފައިވޭތޯ ޓީޗަރުންގެ އިޚްލާސްތެރިކަން ހުރީ މަހު މުސާރަ ފިޔަވާ ދެން ކޮން އެއްޗަކަށްތޯ މީ ޖަވާބު ނުލިބިފައިވާ ސުވާލުތަކެއް މައިންބަފައިން މޮޅު ވަޒީފާޔާ ބޮޑުމުސާރަޔާ ސްޓޭޖުން ލިބޭ ޝަރަފްގެ ސެޓިފިކެޓް ފިޔަވާ ވިސްނާލީ ކޮން ކަމަކާ ދޭތެރޭގައި ހެއްޔެވެ ގުރްއާން ބާވާލެއްވީ އުފާވެރިކަމުގެ ހަބަރެއްގެ ގޮތުގައްޔާއި ބިރުވެރި ކަމުގެ އިންޒާރެއްގެ ގޮތުގައެވެ އުފާ ވެރި ވާހަކަޔާއިއެކު ބިރުވެރިކަމުގެ ވާހަކަ ވެސް ހަދާން ކޮށްދީ ހޭލައްވަންޖެހެއެވެ ފާޑު ކިޔާ ފުރައްސާރަ ކުރުމުގެ ކުރިން އަމިއްލަ ޒިންމާ އަދާ ކުރެވުނުތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލުން ކީއްތޯ

    16
  21. ައަހުމަދު

    ތިކަން ތިގޮތައް ކުރަން ކެރޭނެބާ ތިިކަންކުރި މީހުނގެ ބައްޕައެއް، މަންމައެއް، ނުުނީ އެއްބަނޑުމީހެއް މަރތުވެގެން، މަޖަލަށްވެސް ކުރަން ވަކިކަންތަކެއް ހުންނާނެ ތިކަހަލަކަމެއް ކުރާނީ ވަރަށް ނާތަހުޒިބު ބައެއް.

    28
  22. އާދަމް

    ފަހު ޒަމާނުގެ ޢަލާމާތްތަ އް މި ފެންނަނީ

    27
    1
  23. ދުންތަރި

    އެރަށުގަ ގިނައީ ޤައުމީދޫނި އެހެންވީމާ ޤައުމީދޫންނަކީ ބުއްދި ސަލާމަތުން ތިބޭ ބައެއްނޫން ބުއްދި ސަލާމަތުން ނެތް ބަޔަކު ކުރާކަށް ވަކިކަމެއް އުޅޭކަށް ވަކި ގޮތެއް ނޯންނާނެ މީވެސް އިސްލާމްދީނަށް ހަޖޫޖެހުންކަމަށްވާނީ އިސްލާމް ދީނުގަ މައްޔިޔާ އުފުލުމުގަވެސް މައްޔިތާއަށް ލޮހުސާންކުޑަވާގޮތަށް އޮންނަނީ މިފަދަ ޢަމަލުތަކަކީ މުސްލިމުން ބަލައިގަންނާނެ ޢަމަލުތަކަކަށްނުވާނެ

    18
  24. އެޑިޓް

    ޢިންސާނީ ކަރާމަތަށް ހުތުރު އަރާ އަމަލެއް ކޮށްފަ... ކިޔާނެ ކަމެއް ނެތް..!

    15
  25. ނަސްފާ

    އަލީ ހުސެން ބޮޑަކަށް ހުރެގެން ކުރުވާކަމެއްތީ، އޭނަ ބުނަނީ އެއްވެސް މައްސަލަ އެއްނޫންކަމަށް. އޭނައްނުވެއިގޭ މިކަން އަސްލު ކުރަނީ ކޮންބައެއްކަން ކީއްކުރަން ކުރާކަމެއްކަން. މިކަން ގޯސްކަމަކަށްވަނީ ކާފަރުންގެ ބަޔަކުގެ ސަގާފީ ކުޅިވަރެއް އިސްލާމް ބަޔަކު ކުރީމަކަން. ދެން އޭނަ އެބުނަނީ ނިޔަތުގެ ވާހަކަ، ނިޔަތަކީ މީހުންގެ އެޓެންސަން ހޯދަން ކަމުގަވީނަމަވެސް މިކަހަލަ ކަންތައް ކުރުން ގޯސް

    12
    2
  26. ޢަލިބެ

    މޮޔައިން އުޅޭރަށެއްބާ މީ؟ މީހަކު މަރުވެގެން އެމީހާގެ ސަންދޯއް އުފުލާއިރު ނަށަމުންދާ މިފަދަ ޝައިޠާނީ ގޮތަކަށް ކަމެއްކުރުމަކީ ވަރަށްނުބައިކަމެއް.

    17
    2
  27. ޒާ

    ވަރަށް ދަށުދަރަޖައިގެ އަމަލެއް. އެތަން ބަލަން ބަޔަކު ތިބީތީވެސް ހައިރާންވޭ

    21
    1
  28. ދޮން ހުސޭނު

    ދިވެހިންގެ ހުންނާނީ މަކުނު ޚިޔާލު އެއްޗެއް އެއްލީމާ އެއްޗެއް އެއްްލާނެ. ތާކުން އެއްޗެއް ފެންނަ އިރަށް އެއެއް ނަކަލުކޮށް އަމިއްލަ ކުރަންޖެހޭ. މީހަކު އެއްޗެއް ލިޔެފިއްޔާ ތިމާގެ ލިޔުމަކަށް ހަދަންޖެހޭ. ހެޔޮނުބައި ވަކިނުވާ ދިވެހިން ގިނައީ. މިސާލަކަށް ބަލާބަލަ އަރައިނުގަނެވިގެން އުޅޭ މޮޅު ގާނޫއަސާސީ. ދިވެހީންގެ އަސާސަކީ ހަމަ މި މިސާލު

    18
  29. ފ

    ލޯބިވާ ޢައިލާގެ މީހުން ނިޔާވީމަ ދެރަވާނެ.... މީހަކު މަރުވުމުން މަޖަލުގައި ވަގުތު ހޭދަކުރާކަމަށް ދައްކަން ކިނބިދޫ މީހުން ބޭއްވި "ކޮފިން ޑާންސް" ގަ ބައިވެރިވި މީހުންނަކީ އަނިޔާވެރި، މޮޔަ ބައެއް... މިކަހަލަ ގަމާރުން މިފަހަރު އިތުރަށް ގަމާރުހެން ހީވޭ... ސިކުޑި ގޮވާފަ ތިބި ބައެއް... މީހުން މަރުވުމުން މަޖަލޯ ކުރަންވީ!!!! ... މިކަން ކުރި ބުރާންޗި ތަކުގެ ލޯބި ވާ މީހަކު، ނޫނީ އާއިލާ މީހަކު މަރުވީމަ އުފާކޮށް އެތާ ސަކަރާތް ޖަހަން ފަށައިފިއްޔާ ނޭގެ އަންނަ ރުޅި ކީއްކަމެއް ވެސް ކުރާނީ!!!

  30. ކާފަރު

    އައިލަވް އޯލް ދީސް ކޮމެންޓްސް.. ސްޕެޝަލީ ދަ އިވެންޓް ހެލްޑް ބައި ކިނބިދޫ ޔޫތްސް.. ދިސް އިސް ސޯ ގްރޭޓް.. ޔޫ ގާއީޒް ގޮޓް ފައިވް ސްޓާރސް.. މާލެ ކޮޅުން ވަރަށް އެޕްލޯސް ފޮ އޯލް އޮފް ޔޫ..

    2
    10
  31. ކާފަރު

    100% ދިވެހި ކޮފިން ޑާންސް ވާރޝަން.. ފައިވް ސްޓާރސް ރޭޓެޑް..

    2
    11
  32. ކާފަރު

    އަސަރެއް ކުރާނީ.. ތި އޮތީ ކޮފިން ޑާންސް ކޮށްފަ..

    14
  33. ާހާހާ

    މިތާ ކޮމެންޓް ކޮށްފަ ހުރީ ހުސް މޮޔައިން ގިނައިން. މަ ބުނީ މިތާ މިއުޅެނީ ބޭރު މީހުން ކުރާ ކަމެއް އެއްގޮތަކަށް ވެސް ނުއެސް ކުރާ ބައެއްތަ؟ ނޫނީ އޭގެ އެއްޗެއް ނުއެސް ބަލާ ބައެއްތަ؟ ވާނުވާ ނޭނގި ބަޔަކު ކަމެއް ކުރީމަ ފާޑުކިޔަން ތިބޭ . ހުސް ރޯނު އެދުރުން.

    2
    9
  34. ާބޮއްކުރާ

    ކާކު ބުނީ އެއީ މީހަކު މަރުވެގެންނޭ
    ޙޭބަލި ވެގެން އެގޮތަން ޖެހޭތަ މާނަނަގަން މާނަ ކޮއްބަލަ ރަގަލު ގޮތަން ކީއްވާނީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއެއުޅެނީ ކޮރޯނާ ވައިރަސް މަރާލާގެން ކިނބިދޫ މީހުން މަޖާކޮށޭ ހަމަ ރަގަޅު ވާނެ ދޯ ފިތުނަ ކުރަން ފާޑު ފަޑު ގެ ވާހަކަ ނުލިުނަސް ެެެެެެެެެެެެެެެެެެެެެެެެެ

    3
    11
  35. ޙޭބަލި

    ބަލަ އެއީ އަންހެން ޖިންނި އެއްމަރާލާގެން ގެންނަނީ ފަހަތުން އެއަންނަނީ އެ ޖިންނީގެ ފިރިހެން ޖިންނި ނުފެނޭތަ ސަންދޯކުގަ އޮތީކީ މީހެންނޫން ހޭބަލިވެގެން ދެބޯ ބުރާންތި ވެގެން ތިޔަ ތެޅީބާލަނީ ެެެެެެެެެެެެެެެެެ

    4
    4
  36. ހަސަނާ

    ހިތާހިތުގެ ގުޅުމުން އޮންނަގޮތުން ނަރަކަޔާ ސުވަރުގޭގެ ވާހަކަ ސުކޫލްތަކުގަ ކިއަވަިދޭގެންނުވޭ ..އަޅެކުޅަދާނަކަންދައްކާލަން މަރައްހާޒިރުކުރެވޭވަގުތު ނަށަލާފަ މަޖާކޮއްލަބަލަ....

    2
    2
  37. ރިޒް

    ބިރަކާނުލާ މަޖާކުރުމުގެ ފަލްސަފާ

    5
    2
  38. ޞަދުރު

    ޝައިޚް ޒަމްޒަމް މަންމަ ރަށު މީހުން އުޅޭ ގޮތެއް ދޯ! ޝައިޚް ހައްގު ބަސް ބުނީތީ ހެޔޮ ޖަޒާ ދެއްވާށި!

    6
    1
  39. ޢލަި

    ސަޅި

    1
    7
  40. މާކުންބެ

    ކިނބިދޫ އަކީ ހަމަޖެހޭ މީހުން އުޅޭ ރަށެއް ނޫން ، ތައުލީމް ލިބިފަހުރި އެކަކުވެސް ނެތް ކަން އިނގެނީ

  41. ބޮގީޓާ

    އަދި ރަީއްޗެއްނު މީހުން މި މީހުން ތެޅޭ ތެޅުން ބަލަން އައިއްސަ ތިބި ކަންވެސް؟؟ ބައެއް ފަހަރު ލަދު ގަނޭ ދިވެއްސަކަށް ވީ ތީ ވެސް.??

  42. އަންނި

    ތި ރަށުގެ ނަމުންވެސް ދޭހަވާނެ ކޮންފަދަ ބޯ ހަމަނުޖެހޭ ބައެއްކަން ތިރަށު ރައްވެހީންނަކީ....ތިބަޔަކަށް ތެދުމަގު ދައްަކަވާ ހެއު މަގަށް ރުޖޫއަ ކުރައްވާށި!!

  43. އައްޑޫ ސޮރު

    މައްޔިތާ އަށް އިހުތިރާމް އަދާ ކުރަން ޖެހޭނެ!! ހަމަ ގެރި މޯދީ ގެރި އިންޑިޔާ އިން ހަދާ އެއްޗެއް ދަސް ކޮށްދޭ އެއްޗެއް ހަދަން ޖެހޭތަ؟؟ ހާދަ ލަދު ހަޔާތް ކެނޑިފަ ފޮތް ގެއްލިފަ ތިބި ބައެއް ތިބި ރަށެކޭ.. ސަހަރޯ..

  44. ޖފދ

    ގިޔާމަތް ދުވަސް ކައިރި ވަނީ