މޯލްޑިވިއަން އައިޑޮލް އިން އާންމުގެ ބޮޑު ސަމާލުކަމެއް ހޯދި މަރިޔަމް މައިޝާ އަށް ފިލްމަކުން ފުރުސަތު ދޭން ބޭނުންވާކަމަށް މަޝްހޫރު ޑައިރެކްޓަރ އަދި ވާހަކަ ލިޔުންތެރިޔާ ފާތުމަތު ނަހުލާ (ނަހޫ) ބުނެފިއެވެ.

ނަހޫ ފޭސްބުކް މެދުވެރިކޮށް ރޭ އެކަން އިއުލާނުކުރިއިރު، ނަހޫ ބުނީ، މައިޝާއަކީ ހަމައެކަނި ރީތިކޮށް ލަވަ ކިޔާ މީހެއް ނޫން ކަމަށާއި، އޭނާއަކީ ފިލްމް ކުޅެންވެސް މޮޅު މީހަކަށްވާނެ ކަމަށެވެ. އަދި އޭނާއަށް އެ ފުރުސަތު ދޭން ބޭނުންވާކަމަށްވެސް ނަހޫ ވަނީ ބުނެފައެވެ.

ނަހޫ މިގޮތަށް އިއުލާނުކުރީ ރޭ އައިޑޮލް ޝޯވގެ ގްރޭންޑް ފިނާލޭ ނިމުނުތަނާ ކަމަށް މައުލޫމާތު ލިބެއެވެ. ނަހޫ މިގޮތަށް ފޭސްބުކްގައި ލިޔެ މައިޝާގެ ފޭސްބުކް ޕޭޖްވެސް ވަނީ ޓެގުކޮށްފައެވެ.

މައިޝާއަށް ފުރުސަތު ދޭން ބޭނުންވަނީ ކޮން ފިލްމަކުން ކަން ނަހޫ ހާމަކޮށްފައެއް ނުވެއެވެ. އަދި އެ ފުރުސަތު ދޭނީ ނަހޫގެ ފިލްމަކުންކަން ވެސް ހާމަކޮށްފައެއް ނުވެއެވެ.

މީގެ ކުރީ ސީޒަންތަކުގައި މޯލްޑިވިއަން އައިޑޮލް އިން ފެނުނު ބައެއް ފަންނާނުން އޭގެ ފަހުން ބައެއް ފިލްމުތަކުން ވެސް ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މޯ

    އެމައިޝާ

  2. ަިިިަްއިއްބެ

    އޭނަ ހަލާކު ކުރަން ނޫޅޭ

  3. ނުސައިބް

    އެންމެ ފުރަތަމަ ފަހަރު ފިޔަވައި އަސްލު އައިޑަލް އަކަށްނުލިބެއެވެ.ވިނާގެ ނަން އިއުލަާން ކުރާއިރުވެސް އަސްލު އައިޑަލް ކައިރީގަ ހުރެއެވެ.ކުރީފަހަރުވެސް އަސްލު އައިޑަލް އަކީ ށަލަބީއެބެ.މިފަހަރު އަސްލުއައިޑަލް އަކީ މައިޝާއެވެ

  4. ސާދު

    އައިޑޮލްގެ ޓައިޓަލް ހައްޤުވަނީ މައިޝާއަށް. 3 އަންހެންކުދިންގެ ތެރެއިން އެއްމެ ރީތިކޮން ލަވަކިޔަނީ މައިޝާ. އަޒަލް އެއްވެސް ރީއްޗެއްނޫން ލަވަކިޔާލެއް. ސައިނާވެސް ލަވަކިޔާލެއް ރީއްޗެއްނޫން.

  5. ޙަސަން

    ނަހުލާއެވެ. މިހާރު ލައްކަ ތިގޮތަށް އުޅެވިއްޖެއެވެ. ދެން ތިކަން ހުއްޓާލާށެވެ. ތިބާގެވެސް އަޖަލެއްވެއެވެ. އުޚުރަވީ ހަޔާތް ބާއްޖަވެރި ކުރުމަށް ތިވަގުތުތަައް ހޭދަކުރިއްޔާ މާރަނގަޅުވާނެއެވެ. މިއީ އަހަރެންގެ ނަޞޭޙަތެވެ.

  6. ހާމިދު ދާއީ

    އަހަންނަށް ފެންނަނީ މައިޝާ އަކަށް ނޫން ދޭން. އަޒޫ އަށާއި އިބޫ އަށް ދޭން ތިޔަ ފުރުޞަތު. މައިޝާ އަކީ މިއުޒިކަލް އާޓިސްޓެއް. އޭނާ ބޭނުންވަނީ އޭނާގެ ނިކަމެތި އާއިލާގެ ފެންވަރު މަތިކުރެވޭނޭ ވަރުގެ ކުރިއެރުމެއް ހޯދަން. އޭނާއަށް ޓައިޓްލް ލިބުނު ނަމަ އެކުޖުމްލަ 5 ލައްކަ ވަރުގެ ރުފިޔާއެއް ލިބޭނެ. އެކަމަކު މިފަހަރު މިވީގޮތުން ހަމައެކަނީ ވޯޗަރުކޮޅެއް މިލިބުނީ. ކުރި ހާ މަސައްކަތް ބޭކާރުވީ. ދެންވެސް މައިޝާއަށް ކަމެއް ކޮށްދެންޏާ، އެއީ އަދި ފިލުމެއް ކުޅުވި ކަމުގައިވީނަމަވެސް، އޭނާގެ ފީ2.5 ލައްކަ އަށް އުފުއްލުވައިދޭންވީ، އެންމެ ކުޑަމިނުން.

  7. ިީށީން

    މައިށާ އައް ހައްްޤީ މިފަަހަރު މޯލްޑިވިއަން އައިޑަލް !

  8. އަސްލުހާލަތު

    އެ އައިޑޮލް ކިޔާ ފިލްމެއް ހަދަންވީނު.. އަސްލު މައީ އެކްޓިން ވ މޮޅު..ފޭޝިއަލް އެކްސްޕުރެޝަންތަކާ ބަނޑިތައް ވެސް

  9. ހުނޑި

    އެ ލަވަމަންޖެ. ރިލީސްވާން ދެމަސް.