ނެޓްފްލިކްސްގެ 365 ޑޭސް އިން އެތައް ބައެއްގެ މަގްބޫލްކަން ހޯދި މައިކެލް މޮރޯން މަޝްހޫރުވެފައި ވަނީ އޭނާ އެ ފިލްމުގައި ހޭދަ ކުރި ކެރެކްޓަރގެ ނަން މާސިމޯގެ ނަމުންނެވެ.

މައިކެލްގެ ފިލްމަށް ލިބުު ބޮޑު ތަރުޚީބަށް ފަހު އޭނާ އަށް އެތައް ބައެއްގެ ސަމާލުކަން ވަނީ ލިބިފައެެވެ. އޭނާގެ އިންސްޓަރގްރާމަށް ވަނީ އެތައް މިލިއަން ފޮލޯއަރުން އިތުރުވެފައެވެ.

އަދި މިހާރު އޭނާ އަށް އެކި ކަހަލަ ކެމްޕެއިންތަކާއި މޮޑެލިން ޕްރޮޖެކްޓްތައް ދަނީ ފުލު ފުލުގައި ލިބެމުންނެވެ.

އެހެންނަމަވެސް މީގެ އަހަރެއްހާ ދުވަސް ކުރިއަށް ޖެހިލައިފި ނަމަ އޭނާގެ ހާލަތު ތަފާތެވެ.

2012 އިން ފެށިގެން ފިލްމީ ދާއިރާގައި ހަރަކާތްތެރިވަމުންދާ މައިކަލް އަށް 35 ޑޭސްގެ މަސައްކަތް ލިބުމުގެ ކުރިން އޭނާ ހޭދަކުރީ އެހާ ފަސޭހަ ދުވަސްތަކެއް ނޫނެވެ.

2018 ވަަ އަހަރު އޭނާގެ ކައިވެނި ރޫޅުނު ހިސާބުން އޭނާ ވަރަށް ބޮޑަށް ޑިޕްރެޝަން އަށް ދިޔައެވެ.

އަދި އޭރު އޭނާ އަށް މަސައްކަތް ހޯދަން ވެސް އުނދަނގޫވިއެވެ.

ވަރަށް ވިސްނުމަށް ފަހު އޭނާ އަށް ކަމުދިޔައީ ކުޑަ އަވަށަކުން ލިބުނު ގަސް އިންދުމުގެ ވަޒީފާއެކެވެ.

މައިކެލް ބުނާގޮތުން ގަސް އިންދުމަކީ އޭނާ އަށް އާދަޔާ ޚިލާފް ހިތްހަމަޖެހުމެއް ލިބުނު ކަމެކެވެ.

އެކަމުގެ ސަބަބުން އޭނާ އަށް ދިރިއުޅުމަކީ ދިރުމެއް ވާކަމެއްކަން އިހުސާސްކުރެވުނު ކަމަށް އޭނާ ބުންޏެވެ. ގަސްތައް އިންދުމުގައި ވަގުތު ހޭދަކުރުމުން ސިކުނޑި ހަމަޖެހި މީހާ ތާޒާ ވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އަދި 365 ޑޭސްގެ ކާމިޔާބަށް ފަހު ވެސް އޭނާ ހުސްވަގުތު ގަސް އިންދުމުގައި ހޭދަކުރާ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަދި ގަސް ހުންނަ ތަންތަނަށް ދާން އޭނާ ވަރަށް ޝައުގުވެރިވާކަމަށް މައިކެލް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މަސީމޯޯ

  އާޔޫ ލޮސްޓް ބޭބީ ގޯލް

  10
  1
  • Anonymous

   ހެހެހެ. ވަރަށް ސަޅިމީހެއް. އޭނަގެ ރިއަލް ލައިފްގަބއެކަހަލަ މީހެއް ލިބޭނީ ނަސީބުގަދަ އަންހެނަކަށް. .

   4
   17
 2. ަހަހު

  މަވެސް