ސުޝަންތް ސިންގ ރާޖްޕުތްގެ ކުއްލި މަރު ވެގެން ދިޔައީ އޭނާގެ އާއިލާ އާއި ރަހުމަތްތެރިންނާއި އަދި އޭނާއަށް ހެޔޮ އެދޭ އޭނާގެ ފޭނުންނަށް ބޮޑު ވޭނަކަށެވެ. ވާހަކަތަކަކަށް ފަހު ވާހަކައެއް މި ވަނީ އެ މަރާއި ގުޅޭގޮތުން ދެކެވެން ފަށާފައެވެ. ސުޝަންތްއާއި ގާތް މީހުން ދެކޭގޮތުގައި އޭނާއަކީ ވަރަށް ރަނގަޅު ރަހުމަތްތެރިއެކެވެ.

އެގޮތުން ސުޝަންތް ރައްޓެއްސެއް ކަމަށްވާ ކޮރިއޯގްރާފަރ ގަނޭޝް ހިވަރްކާ ވަނީ، އޭނާ އަމިއްލައަށް މަރުވާން އުޅުމުން ސުޝަންތް އޭނާއަށް ވިސްނަދޭން އުޅުނު ކަމަށް ބުނެފައެވެ.

ނިއުސް ޗެނަލްއަކާއި ވާހަކަދައްކަމުން ގަނޭޝް ބުނީ އޭނާއާއި ސުޝަންތް އާއި ދިމާވީ 2007 ވަނަ އަހަރު ތެރޭގައި ކަމަށެވެ. އަދި ދެ މީހުންގެ ދެމުގައި ވަރަށް ވާހަކަދެކެވުނު ކަމާއި، އެއިރު އޭނާ އުޅުނީ އޭނާގެ ލޯބިވެރިޔާއާ ބްރޭކްއަޕްގެ ޑިޕްރެޝަންގައި ކަމަށް ގަނޭޝް ބުނެފައި ވެއެވެ.

"އަހަރެން އަމިއްލައަށް މަރުވާ ވާހަކަދެއްކިން. އެކަމަކު އެއިރު އަހަރެން ކައިރީގައި ހުރީ ސުޝަންތް އޭނާ އަހަންނަށް ވަރަށް ވަގުތު ދީ އަހަރެންނަށް އެފަދަ ފިޔަވަޅެއް އަޅައިގެން ނުވާނެކަން ވިސްނައިދީ ނަސޭހަތްދިން". އޭނާ ބުނެފައި ވެއެވެ.

ގަނޭޝް ބުނެފައި ވަނީ، އެގޮތަށް ނަސޭހަތްދީ ކަންތައް ކުރި މީހަކު އަމިއްލައަށް އެފަދަ ކަމެއް ނުކުރާނެ ކަމަށެެވެ.

ސުޝަންތްގެ ކުރީގެ ލޯބިވެރިޔާ އަންކިތާވެސް ވަނީ ސުޝަންތްއަކީ ވަރަށް އުފާވެރި މީހެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އޭނާ އަކީ ޑިޕްރެޝަނަށް ގޮސް އަމިއްލައަށް މަރުވާނެ މީހެއް ނޫން ކަމަށްވެސް ބުނެފައި ވެއެވެ.

ސުޝަންތް އަމިއްލަށް މަރުވެދާނެ ކަމަށް ގަބޫލު ނުކުރާ އެތައް މީހަކު އެބަ ތިއްބެވެ. އަދި އޭނާގެ މަރަކީ މީހަކު ރާވައިގެން ކޮށްފައިވާ މޮޅު ކަމެއްގެ ގޮތުގައި ގިނަބަޔަކު ސިފަކޮށްފައި ވެއެވެ.

ސުޝަންތް އަމިއްލައަށް މަރުވެފައި ވަނީ ޖޫން 14 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައްޑޫ ލެއި

    މީ ދެން ކިހާ ދެރަވެއްޖެ ކަމެއް އޭނާ އަމިއްލަޔައް މަރުވީމަވެސް މިވެރިން މިއުޅެނީ އެއީ ނުވާ ކަމަކަށް ހަދަން

    3
    18
  2. ލަމް

    Thiheneh nubunaane republic world youtube channel ga sushant ge flatmate aa kuri interview balaifiyya.. eyna ah neyngigen bunevunee sushant ah 2 gulha beys dhevunu vahaka ves.. adhi interview ga hurefa disconnect vehjey kiyaafa eyna mike ves negee.. eyna birun huss kiyanee i dnt knw eyy