އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ގެއެއްގެ ފާހަނަ ތެރޭގައި އޮތް ބޮޑު ކިނބުލެއް މި ވަނީ އަތުލައިގަނެފައެވެ.

ފީރޯޒް އާބާދުގެ މޮހައްބަތު ޕޫރް ވިލޭޖުގެ ގެއެއްގެ ފާހަނަ ތެރޭގައި އޮތް އެ ކިނބޫ އަތުލައިގަނެފައި ވަނީ ވައިލޑް ލައިފް އެސްއޯއެސްއިންނެވެ.

އިންޑިއާގައި ބައެއް ގޭތަކުންވެސް މީގެ ކުރިން ކިނބޫ އެއްޗެހި އަތުލައިގަނެފައި ވެއެވެ. ބައެއް އާއްމުންގެ އެހީގައި ހިފާ މިފަދަ އެއްޗެއްސަށް ވަރަށް ބޮޑަށް އަނިޔާކޮށް ހަދައެވެ. ބައެއް ފަހަރު މަރާލައެވެ. ނަމަވެސް އެކަންކަމަށް ހާއްސަ ވެގެން ތިބޭ މީހުން ހިފާ މިފަދަ އެއްޗެހި ދޫކޮށްލަނީ ކޯރަށެވެ.

"އެ ކިނބޫ ހިފާފައި ވަނީ ފީރޯޒް އަބާދުގައި ހުންނަ ގެއަކުން، މިހާރު އެ ކިނބޫ ވަނީ އަގްރާއަށް ގެންގޮސްފައި އަދި ޔަމުނާ ކޯރަށް ވަނީ ދޫކޮށްލާފައި" އެ ެއެންޖީއޯގެ ސްޕޯކްސް ޕާސަން ބުނެފައި ވެއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ އެ ކިނބޫ ކޮއްޓަކަށް ލާފައި އޮންނަ މަންޒަރެވެ. އަދި އެ ސޮރު އެ ކޮށިން ދޫކޮށްލުމުން މަޑުމަޑުން ގޮސް ކޯރަށް ފައިބާ މަންޒަރުވެސް ވީޑިއޯއިން ފެނެއެެވެ.

އިންޑިއާގައި ކޯރުތަކުގައި ކިނބޫ އެއްޗެހި ވަރަށް ގިނައިން އުޅޭއިރު، މިފަދަ އެއްޗެހީގެ ސަބަބުން އިންސާނުންނަށް ބޮޑެތި އަނިޔާތަކެއް ވެއެެވެ.