ސްރީލަންކާގެ މައި ސިޓީ ކޮލަބްމޯގެ ވެލިކަޑާ މެގަޒިން ޕްރިޒަންއަާށް ޑްރަގް ވައްދަން އުޅުނު ބުޅާ ހައްޔަރުކޮށްފައި ހުއްޓާ ފިލައިފިއެވެ.

އެ ބުޅާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައި 1.7 ގްރާމް ހިރޮއިން އާއި ދެ ސިމް ކާޑާއި، އަދި މެމޮރީ ކާޑަކާއި އެކުގައެވެ. އެ ތަކެތި ހުރީ ބުޅަލުގައި ކަރުގައި އައްސާފައި ހުރި ޕްލާސްޓިކް ކޮތަޅެއްގައެވެ.

އެ ބުޅާ އަތުލައިގެންފައި ވަނީ ޖަލު ސަރަހައްދުންނެވެ.

ފުލުހުން ތުހުމަތު ކުރަގޮތުގައި، އެ ބުޅަލަކީ ޑްރަގް ފޯރުކޮށްދިނުމަށް ތަމްރީން ކޮށްފައިވާ ބުޅެކެވެ. ފުލުހުން ބުނެފައި ވާގޮތުގައި، އެ ބުުޅަކީ މީގެ ކުރިން ބާޒެއް މެދުވެރިކޮށް ޖަލަށް ޑްރަގް ވައްދަން އުޅުނު މީހުންގެ ފަރާތުން ތަމްރީން ވެފައިވާ ބުޅެއް ކަަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބުޅާ ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްފައި ހުއްޓާ ފިލިކަން އެނގުނީ، ޖަލު އޮފިސަރުން އެ ސޮރަށް ކާންދޭން ދިއުމުންނެވެ.

ޖަލަށް ޑްރަގް އެތެރެ ކުރާ މައްސަލަ ވަނީ ވަރަށް ބޮަޑުވެފައެވެ. އަދި މީގެ އިތުރުން ޖަލަށް ފޯނު ވެއްދުމާއި، ފޯނު ޗާޖަރު ފަދަ އެއްޗެހި ވެއްދުން ގިނަވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކަމާއި ބެހޭ އިދާރާތަކުން ބުނީ، އެ މީހުން އެ ބުޅާ ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަހުތާނު އަހުމަދު

    ތިޔަބުޅަލަށް ހައްގުއަދަބުނުދެވެނީސް ފިލައިފިދޯ ؟؟ ތިޔަބުޅަލަކީ ލަންކާޑުރަގުންގެބޮޑެއް !!

  2. ވަހުތާނު އަހުމަދު

    ތިޔަބުޅަލަށް ހައްގުއަދަބުނުދެވެނީސް ފިލައިފިދޯ ؟؟ ތިޔަބުޅަލަކީ ލަންކާޑުރަގުންގެބޮޑެއް !! ތިޔަބުޅާފިލުމުގާ ކޮރަޕްޝަންހިމެނޭނެކަމަށްފެނޭ ؟؟

  3. މުހައްމަދު

    ބިޑި ނާޅުވާދޯ ބޭންދީ އެވަރު ބޮޑު ތުހުމަތެއްގަ ހައްޔަރު ކޮށްފަވެސް.

    25
  4. ބަސްމަދު

    ތިކަމުހަ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ޔާމީން ސަރުކާރުން. ވަރަށް ވާހަކަ މީ