ޔޫޓިއުބްގައި އާއްމުންގެ ސަމާލުކަން ހޯދަމުން އަންނަ އިންޑޮނޭޝިއާގެ މުހައްމަދު ދިދިތް ޔޫޓިއުބްގައި އެންމެ ފަހުން އާއްމުކޮށްފައި މި ވަނީ އޭނާ އެއްވެސް ކަމެއް ނުކޮށް އިންނަ މަންޒަރު ފެންނަ ދެ ގަޑިއިރުގެ ވީޑިއޯއެކެވެ. އެ ވީޑިއޯ އާއްމުކޮށް އޭނާ ބުނެފައި ވަނީ، "ދެ ގަޑިިއިރު ވަންދެން އެއްވެސް ކަމެއް ނުކޮށް" ހުރީ ކަަމަށެވެ.

އޭނާ ބުނެފައި ވަނީ، އޭނާ މި ވީޑިއޯ ހަދަން ބޭނުންވީ، ގިނަބަޔަކު ޒުވާނުންނަށް ހާއްސަ ތައުލީމާއި ގުޅޭ ކޮންޓެންޓްތައް އާއްމު ކުރުމަށް އެދުމުން އެކަމަށް އިންސްޕަޔާ ވެގެން ކަމަށެވެ.

"'ދެ ގަޑިއިރު އެއްވެސް ކަމެއް ނުކޮށް، އާ މިއީ އަހަރެންގެ ވީޑިއޯގެ ޓައިޓަލް މިފަހަރު". އޭނާ ލިޔެފައި ވެއެވެ.

އެ ވީޑިއޯގެ ތަފްސީލްގައި އޭނާ ލިޔެފައި ވަނީ، މިއީ އޭނާ ކައިރީގައި އިންޑޮނޭޝިއާ މީހުން ޒުވާނުންނަށް ތައުލީމާއި ގުޅުން ހުރި ކޮންޓެންޓްތައް ގެނެސް ދިނުމަށް އެދުމުން ކުރި ކަމެއް ކަމަށެވެ. އަދި މި ވީޑިއޯއާ ހެދި އާއްމުން އެންޓަޓެއިން ވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި، އަދި ފައިދާ ވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައި ވެއެވެ.

އެ ވީޑިއޯ އާއްމުވުމާއެކު 1.7 މިލިއަން ވިއުސް އެ ވީޑިއޯއަށް ލިބިފައި ވެއެވެ. އެ ވީޑިއޯ އާއްމުކޮށްފައި ވަނީ ޖުލައި 10 ވަނަ ދުވަހުއެވެ. އެއްބަޔަކު ބުނެފައިވާގޮތުގައި، އޭނާއަށް ބޭސް ފަރުވާ ކުރަން ވަނީ ޖެހިފައެވެ. އަނެއް ބަޔަކު ބުނެފައި ވާގޮތުުން އޭނާ މިފަދަ ވީޑިއޯއެއް ހަދާފައި ވަނީ ކޮން ކަހަލަ އެއްޗެއް ހިތައް އަރައިގެން ކަމަށެވެ.

އެއް ބަޔަކު ވަނީ އެ ވީޑިއޯގައި އޭނާ އެސްފިޔަ ޖެހި ވަރުވެސް ގުނާފައެވެ. އެކަކު ބުނެފައިވާގޮތުން އޭނާ ވަނީ 362 ފަހަރެއްގެ މަތިން އެސްފިޔަ ޖަހާފައި ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކާފަރު

    ތި ވީޑިއޯއިން އޭނަގެ ބުއްދީގެ ހާލަތު ހުރި ވަރު ވަރަށް ރަނގަޅަށް އަންގައިދޭ...

    15
    3
    • އޯކޭ ބޫމަރ

      މީހަކު ކަމެއްކުރާއިރަށް އެމީހެއްގެ ސިކުނޑީގެ ހާލަތު ޖަޖްކުރެވެންޏާ ކުޑަކޮށް އިންސެކުއަރ ކަމަށް ލަފާކުރެވޭ

      18
      7
  2. މުހައްމަދު

    އަހަރެން އިންނަން ފިހާރަ ހުޅުވައިގެން ތިންގަޑިއިރުވެސް އެވެސް ކަސްޓަމަރެއްނާންނާތީ ހަމަ އިންތާގަ. ފިހާރައިގައިން ކެމެރާގެ ވީޑިއޯ އަޕް ކޮށްލަންވީދޯ..

    39
    2
  3. ނަންޖަހާ

    މި މިވީޑިއޯ ބެލި އެންމެންނަށް "އަމޫމަންޓް އޮފް ސައިލެން"..

    16
    1
  4. Anonymous

    ތި ސޮރު ދެ ގަޑިއިރުވަންދެން ނޭވާ ނުލާ ދޯ އިނީ

    11
    2