ބޮލީވުޑްގައި ދާދިފަހުން އެންމެ ކުލަގަދަކޮށް ފާހަގަ ކުރެވިގެންދިޔަ އެކްޓްރެސް ސޯނަމް ކަޕޫރާއި އާނަންދު އަހުޖާގެ ކައިވެނީގެ ހަފްލާގައި އެކްޓަރު ރަންވީރް ސިންގް ބައިވެރިވި ނަމަވެސް، ރަންވީރް ހުރީ މާކަ ހިތްހަމަޖެހިފައެއް ނޫނެވެ. އާނަންދުގެ އިންސްޓަގްރާމް ސްޓޯރޯއީން މިކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.

އާނަންދުގެ އިންސްޓަގްރާމް ސްޓޯރީއަށް އޭނާލީ ފޮޓޯގައި ލިޔެފައިވަނީ ރަންވީރް ހިތްހަމަ ނުޖެހިފައިހުރީ އާނަންދު އަރަފައި ހުރި ބޫޓާއި މެދުގައި ކަމަށާއި ނަމަވެސް އެއީ އާނަންދުގެ ކައިވެނި ހަފްލާއަށްވުމުން އޭނާ ބައިވެރިވި ކަމުގައެވެ.

 

ކްރީމް ކުލައިގެ ހެދުމެއްގައި ހުރި އާނަންދު އެ ހަފްލާގައި އަރާފައި ހުރީ ސްޕޯޓްސް ބޫޓަކަށެވެ.

މި މަހުގެ އަށްވަނަ ދުވަހު ސޯނަމްއާއި އާނަންދުގެ ކައިވެނި ކުރެވިގެން ގޮސްފައިވާއިރު، ހަވަނަ ދުވަހުން ފެށިގެން ކައިވެންޏާއި ގުޅިގެން ބާއްވާ މެހެންދި ސެރެމަނީ ފަދަ އެކިއެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހަފްލާގައި ރަންވީރްގެ އިތުރުން ބޮލީވުޑްގެ ގިނަ އަދަދެއްގެ ފަންނާނުންތަކެއް ވަނީ ބައިވެރިވެފައެވެ. އެގޮތުން ބައްޗަންގެ އާއިލާއިން ފެށިގެން ގޮސް ޝާޚުރުކް ޚާން، ސަލްމާން ޚާން، ރާނީ މުކާޖީ، އާލިއާ ބަޓް، ރަންބީރް ކަޕޫރް، ސިދާތު މަލޯތުރާ، ކެޓްރީނާ ކައިފް، ޖެކޮލިން ފާނަންޑްސް، ކަރަން ޖޯހަރު، ކަރީނާ ކަޕޫރް ޚާން އަދި ސައިފް އަލީ ޚާން ފާހަގަ ކޮށްލެވެއެވެ.