ރީތި ދިގު އިސްތަށިގަނޑެއް ބޭނުން ނުވާނީ ކާކު ހެއްޔެވެ. ޚާއްސަކޮށް އަންހެނުންނަކީ ރީތި، އޮފް ވަރުގަދަ އިސްތަށިގަނޑަކަށް ލޯބިކުރާ ބައެކެވެ. އެެހެންނަމަވެސް ގިނަ ވަގުތު އަވީގައި އުޅުމާ ތަކުރާރުކޮށް އިސްތަށިގަނޑު ސްޓައިލް ކުރުން ފަދަ ކަންކަމުން ލިބޭ ގެއްލުމާއި ހުރެ، އިސްތަށިގަނޑު ބަލިކަށިވެ ހުތުރުވުމަކީ ދިމާވާކަމެކެވެ.

އަދި ގނަ ވަގުތު އިސްތަށިގަނޑު އައްސާފައި އޮތުން ފަދަ ކަންކަމާއި ހުރެ އިސްތަށިގަނޑު ފިސްވެ، ކުލަ މަޑުވާން މެދުވެރިވެއެވެ. މި ހުރިހާކަމަކަށް ވެސް ހައްލެއް އެބައޮތެވެ. އެއީ ހަނޑޫ ފެނެވެ.

މިގޮތަށް ހަނޑޫ ެން ހަދާނީ ކައްކާފައި ހުންނަ ހަނޑުލުން ބާކީ ހުންނަ ފެން ނުވަތަ ހަނޑޫ ފޯކުރާ ފެން ބޭނުންކޮށްގެންނެވެ.

ހަނޑޫ ފެނުގައި

  • އެމިނޯ އެސިޑް
  • ވިޓަމިން ބީ
  • ވިޓަމިން އީ
  • މިނަރަލްސް
  • އެންޓިއޮކްސިޑެންޓްސް ހިމެނެއެވެ.

ހަނޑޫފެނުން އިސްތަށިގަނޑަށް ލިބޭ ފައިދާތަކުގެ ތެރޭގައި

  • އިސްތަށިގަނޑު އޮމާންވުން
  • އިސްތަށިތައް ވަރުގަދަވުން
  • ގޮށްޖެހުން ކުޑަކޮށްދިނުން
  • އިސްތަށިގަނޑު ދިގުވުން ހިމެނެއެވެ.

އެންމެ އަވަހަށް ހަނޑޫ ފެން ތައްޔާރު ކުރެވޭނީ ހަނޑޫ ފެނަށްލާ ފޯކުރުމަށް ފަހު އެ ފެން ބޭނުންކޮށްގެންނެވެ.

އެގޮތުން 1/2 ޖޯޑުގެ ރޯ ހަނޑޫ ދޮވެލުމަށް ފަހު 2،3 ޖޯޑުގެ ފެނަށް ލާ ފޯކޮށްލާނީއެވެ. އެގޮތަށް ގަޑިއެއްހާއިރު ބެހެއްޓުމަށް ފަހު އެ ފެން ފުރާނާލުމުން ހަނޑޫ ފެން ތައްޔާރުކުރެވުނީއެވެ.

ދެވަނަ ގޮތަކީ ކެއްކުމެވެ. މިގޮތަށް ހަނޑޫ ފެން ހޯދާނީ 1/2 ހަނޑޫ އޭގެ ދެގުނަ ފެނަށް ލުމަށް ފަހު ކައްކަން އުދާ، ފެންގަނޑު ކެކި އޮލަވާން ފެށުމުން، އެ ފެންގަނޑު ވަކިކޮށްގެންނެވެ.

ހަނޑޫ ފެން ބޭނުން ކުރާނެ ގޮތް:

ބޮލުގައި ޝޭމްޕޫލުމަށް ފަހު ދޮވެގެން، ދެން އުގުޅާީ ހަނޑޫ ފެނެވެ. އެއަށް ފަހު ބޮލުގެ ހުރިހާ ހިސާބެއް ރަގަޅަށް މަސާޖް ކުރުމަށް ފަހު 20 ވަރަކަށް މިިނިޓް އެ ބޮލުގައި އުނގުޅާފައި ބަހައްޓާށެވެ.

20 މިިޓް ވުމުން ތާފެނާ ގޮތުން ބޯ ދޮވެގެން، ކޮންޑިޝަނާ އުނގުޅާ ރަގަޅަށް ބޯ ހިއްކުމުން ނިމުނީއެވެ. ހަފްތާއަކު 2ފަހަރު މިހެން ހެދުމުން ވަރަށް އަވަހަށް ނަތީޖާ ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އީބާ

    ދުވާ ވަހުން ނޯއް ދަމާލާކަށް ނުކެރޭ

    6
    2
  2. މީ

    މާޝާﷲ އޯކޭ ތޭންކްސް