މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަނގަޅުވި އިންޑިއާ ދެމަފިރިއަކު، އަމިއްލައަށް މަރުވެއްޖެ އެވެ.

މެދު އުމުރުގެ މި ދެމަފިިރިން އަމިއްލައަށް މަރުވިއިރު، އެ ގެއަކީ ކަރަންޓީންކޮށްފައި ހުރި ގެއެެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ މީހުން ބަލިން ރަނގަޅުވެ ގެއަށް ދޫކޮށްލިތާ ވާނީ ދެ ދުވަހެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު އަންދްރާ ޕްރަދޭޝްގެ ދަރްމަަވަރަމް ޓަައުންގައެވެ.

އިންޑިއާގެ ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 42 އަހަރުގެ ޕާނީ ރާޖް އާއި އުމުރުން 40 އަހަރުގެ ސްރީޝާ ތިން ބުރީގެ އިމާރާތަކުން ފުންމާލީއެވެ. އެ މީހުން މަރުވެފައި ވަނީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ،

ޑެޕިޔުޓީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަމަކަންޓް ބުނެފައި ވަނީ އެ ދެމަފިރިން ކޮވިޑް-19 އަށް ފައްސިވުމުން ފަރުވާ ދެމުން ގޮސްފައި ވަނީ ހޮސްޕިޓަލްގައި ކަމަށެވެ. އަދި އެ މީހުން ބަލިން ރަނގަޅުވެ، ހޮސްޕިޓަލުން ދޫކޮށްލާފައި ވަނީ ޖުލައި 30 ވަނަ ދުވަހު ކަމަށާއި، އެ މީހުން ގޭގައި ތިބީ އެކަހެރިވެގެން ކަމަށެވެ.

އަދި މިިދިޔަ އާދީއްތަ ދުވަހު ދެމަފިރިން އެ އިމާރާތުން ފުންމާލީ ކަމަށް އޭނާ ބުނެފައި ވެއެވެ.

"އަޅުގަނޑުމެން ފެށި ތަހުގީގުން އިނގޭގޮތުގައި، ދެމަފިރިން އުޅުނީ ވަރަށް ބޮޑަށް ސްޓެރްސްގައި، އަދި ފައިނޭންޝިއަލީ ދެމަފިރިން އުޅުނީ ވަރަށް ދަތިކޮށް، އެހެންވެ އެ މީހުން ނިންމީ އަމިއްލައަށް މަރުވާން". ރަމަކަންޓް ބުނެެފައި ވެއެވެ.

އިންޑިއާގެ ކޮވިޑް-19 ގެ ހާލަތަށް ބަލާއިރު، އެ ގައުމުން 18,55,745 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މީގެ ތެރެއިން 38,938 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    މީހަކަ އަޅެ ހޭބައްޔެއް ނުވާނެތަ؟ މި އިންޑިޔާ މީހުން ތިބެނީ އަމިއްލައަށް މަރުވާނެ ފުރުސަތެއް ނުލިބިފަ

  2. ގަމާރު

    ކަލެން ދެ މީހުން މޮޔައީތަ؟ ބޯހަލާކު?