ބޮލީވުޑްގެ މަގްބޫލް ތަރި ސުޝާންތު ސިންގ ރާޖްޕޫތް އަމިއްލަ އަށް މަރުވީ އޭނާގެ ލޯބިވެރިޔާ ރިޔާ ޗަކްރޮބެދީގެ ސަބަބުން ކަމަށް ބުނެ ރިޔާ އަށް އަނިޔާކުރަން ސުޝާންތުގެ އާއިލާއިން ރޭވިކަމަށް މުމްބާއި ފުލުހުން ތުހުމަތުކޮށްފިއެެވެ.

ޖޫން މަހުގެ މެދެއްހާ ހިސާބުގައި ބޮލީވުޑްގެ މަގްބޫލް ބަތަލް ސުޝާންތު ސިންގް ރާޖްޕޫތު އަމިއްލަ އަށް މަރުވި މައްސަލައިގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ރިއާ ޗަކްރޮބަތީއާ ދެކޮޅަށް ސުޝާންތުގެ އާއިލާއިން ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފުލުހުންނަށް ހުށަހަޅާފައެވެ.

އެ މައްސަލަ ސުޝާންތުގެ އާއިލާއިން ހުށަހަޅާފައިވަނީ ސުޝާންތު އެތަނަކަށް އުފަންވި ޕަޓްނާއަށެވެ. އެ މައްސަލަ މުމްބާއީ އަށް ބަދަލުކޮށް ދިނުމަށް އެދި ރިއާ ވަނީ ސުޕްރީމް ކޯޓަށް އިއްޔެ މައްސަލައެއް ހުށަހަޅައިފައެވެ. ރިއާގެ އެ މައްސަލައާ ވިދިގެން ސުޝާންތުގެ އާއިލާއިން ވަނީ ރިއާގެ ޕެޓިޝަން އަޑުއަހަން ސުޕްރީމްކޯޓުގައި ފުރުސަތު ނުދިނުމަށް އެދި އިތުރު މައްސަލައެއް ހުށަހަޅައިފައެވެ.

އެއާއި އެކު މުމްބާއި ފުލުހުން ރިޔާ އަށް އެހީތެރިވާ ކަމަށާ، އެކަމުގެ ފަހަތުގައި އަޑި ނޭނގޭ ކަންތައްތަކެއް ވާކަމަށް ސުޝާންތުގެ އާއިލާ އާއި އޭނާގެ ވަކީލްވެސް އައީ ބުނަމުންނެވެ.

އެހެންނަމަވެސް މުމްބާއި ފުލުހުންގެ ވާހަކަ ވަރަށް ތަފާތެވެ.

"އެ މީހުން ބޭނުންވީ ޕަޓްނާ ފުލުހުން ލައްވާ ރިޔާ ހައްޔަރުކޮށް ރިޔާގެ މޫނުމަތީގައި ޖަހަން. މިހާރުވެސް ރިޔާ އަށް އެތައް އިންޒާރެއް ލިބޭ އެކި މީހުންގެ ފަރާތުން. ކިހިނެތް ކަމެއް ނުވާނެ ކަން އެނގެނީ. މުމްބާއިގައި ހިނގި ކަމެއް ޕަޓްނާގަ ތަހުގީގު ކުރެވޭތަ؟" މުމްބާއި ފުުލުުހުންގެ އިސް މީހަކު މީޑިއާ އަށް ބުންޏެވެ.

މިދިޔަ ހަފްތާގައި، މުމްބާއިގެ ހަތަރު ފުލުހުންގެ ޓީމަކުން ވަނީ ރިއާ އާ ދެކޮޅަށް ސުޝާންތުގެ އާއިލާއިން ހުށަހެޅި މައްސަލަ ތަހުގީގުުކުރަން، ޕަޓްނާއަށް ގޮސްފައެވެ. ނަމަވެސް ފުލުހުން ރިޔާގެ ގެއަށް އޭނާ އާއި ސުވާލުކުރަން ދިޔަ އިރު އޭނާ ގޭގައި ނެތްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން ޕަޓްނާ ފުލުހުން ވަނީ މި މައްސަލަ އާއި ގުޅުން ހުރި ވީޑިއޯ އާއި ލިޔެކިޔުން ހިއްސާކޮށްދިނުމަށް ވެސް މުމްބާއި ފުލުހުންގެ ފަރާތުން މިހާރު އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?

    ވަރަށް ރީއްޗެއްނު.. އެމީހުންގެ ދަރި މަރާލައިގެން ރޮއެ ހޭރޭއިރު މި ރިޔާ އަށް އެމީހުން އަނިޔާ ކުރަން އުޅެނީ ޔޭ ދޯ އަދިވެސް މި ކިޔަނީ.. މުމްބާއީގެ ހަރާމް ލާރި ކާ ޕޮލިހުންގަނޑު..