ފްލޮރިޑާއަށް ނިސްބަތްވާ މީހަކު ގެއިން ޕްރިންޓްކޮށްގެން ގެންދިޔަ ޗެކްތަކެއް ހިފައިގެން ގޮސް ލަގްޒަރީ ކާރެއް ގަތް މައްސާލަގައި ހައްޔަރުކޮށްފިއެވެ.

ކަސޭ ވިލިއަމް ކެލީ ނަމަކަށް ކިޔާ 42 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައި ފޭކް ޗެކް ހިފައިގެން ރޮލެކްސް ގަޑިތަކެއް ގަންނަން ގޮސް ހުއްޓާއެވެ.

ފުލުހުން ބުނެފައި ވަނީ، އޭނާ ކާރު ގަންނަ ތަނަކަށް ގޮސް، ޕޯރޗް 911ގެ ކާރެއް ގަނެފައިވާ ކަމަށެވެ. އޭނާ އެ ކާރު ގަނެފައި ވަނީ ޖުލައި 27 ވަނަ ދުވަހު 139،203.05 ޑޮލަރު ލިޔެފައިވާ ފޭކް ޗެކެއް ދީގެން ކަަމަށް ފުލުހުން ބުނެފައި ވެއެވެ.

އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އޭނާ ކާރު ގަތް ކުންފުނިން އެ ޗެކަށް ފައިސާ ނުލިބިގެން، ރިޕޯޓް ކުރުމުންނެވެ. އެކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ކާރެއް ވަގަށް ގެންދިޔަ ކަމަށް ބުނެއެވެ.

އޭނާ އެ ކާރު ހަމައެކަނި ގަތީއެއް ނޫނެވެ. އޭނާ މީސް މީޑިއާގައި ވަނީ އެ ކާރުގެ ފޮޓޯއެއް އާއްމުކޮށްފައެވެ. އަދި މީހުންނަށް އޭނާ ގަތް އެ ކާރު ދައްކާލާފައެވެ.

އޭނާ އެ ކާރު ގަތުމަށްފަހު ދިޔައީ، މިރަމަރް ބީޗުގައި ހުންނަ ގަހަނާ ފިހާރައަކަށް ތިން ރޮލެކްސް ގަޑި ގަތުމަށެވެ. އޭނާ މިފަހަރުވެސް އެތަނަށް ދިޔައީ ފޭކް ޗެކެއް ހިފައިިގެންނެވެ. އެއީ 61،521 ޑޮލަރެވެ.

ނަމަވެސް ގަހަނާ ވިއްކާ އެ ފިހާރައިން ވަނީ، އެއީ ރަނގަޅު ޗެކެއްތޯ ބަލާފައި ގަޑިތައް ދޫ ނުކުރަން ނިންމައި، އެއިން ފައިސާ ނެގޭތޯ ބެލިއިރު، އެކަން ވާ ގޮތް ވަނީ ނުވެފައެވެ. އެ މީހުން ވަނީ އެކަން ފުލުހުންގެ ސަމާލުކަަމަށް ގެނެސްފައެެވެ.

ފުލުހުން ވަނީ މިހާރު އޭނާ ހައްޔަރުކޮށްފައެވެ. އަދި އޭނާ ވަނީ އެ ޗެކްތަކަކީ އޭނާ ގޭގައި ހުންނަ ޕްރިންޓަރުން ޕްރިންޓް ކުރި ޗެކްތަކެއް ކަމަށް އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު