ރ.މީދޫގެ ބޮޑު ބެރު ގްރޫފް "ހޭރިޔާ" އިން ކޮންމެ އީދެއްވެސް ފާހަގަ ކުރަމުން ދަނީ ޖޯޝުން ފުރިގެންވާ އީދު ހަދިޔާއަކާއި އެކުއެވެ. މިއަހަރުގެ އަލްހާ އީދަށްވެސް ހޭރިޔާ ބޮޑުބެރު ގްރޫޕުން ވަނީ ރަށުގެ ރައްޔިތުންނާއި އަދި، އެ ބޮޑުބެރު ގްރޫޕަށް ސަޕޯޓުކުރަމުން އަންނަ ހުރިހާ ފަރާތްތަކަށް ހާއްސަކޮށްގެން "ކުލައިން ފުރިގެންވާ" ހިތްގައިމު ބޮޑުބެރު ލަވައެއް ހަދިޔާއެއްގެ ގޮތުގައި ގެނެސްދީފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ހޭރިޔާ ބޮޑުބެރު ގްރޫޕްގެ މެނޭޖަރ ނާޝިތް ރަޝީދް ބުނީ މި ލަވައަކީ އަލްހާ އީދުގެ މުނާއްސަބަތުގައި ހުރިހާ ސަޕޯޓަރުންނާއި ހަމަޔަށް ހަދިޔާއެއްގެ ގޮތުގައި ގެނެސްދިން ލަވައެއް ކަމަށެވެ.

އަދި ލަވަ ތައްޔާރުކޮށް ސްޕޯޓަރުންނާއި ހަމަޔަށް މި ލަވަ ގެނައުމާއި ހަމަޔަށް އެކި ގޮތްގޮތުން އެހީތެރިވެ ހަރަކާތްތެރިވި އެންމެންނަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ބުންޏެވެ.

"މިއީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތް. އަޅުގަނޑުމެން އުންމީދު ކުރަނީ ހާއްސަކޮށް މީދޫ ރައްޔިތުންނަށް ހޭރިޔާގެ މި ހަދިޔާއާއި އެކު ނިމިގެން މިދިޔަ އީދަކީ މަޖާ ފޯރި ގަދަ އީދަކަށް ވެގެން ދިޔަ ކަމަށް" ނާޝިތް ބުންޏެވެ.

މި ލަވައިގެ ހިތްގައިމު ވީޑިއޯތައް ނަގާފައި ވަނީ މީދޫގައި ކަމަށާއި، އަދި ވީޑިއޯ ލަވައިގައި ހަރަކާތްތެރިވި ހުރިހާ ޒުވާނުންނަކީވެސް މީދޫ މީހުން ކަމަށް އޭނާ ވަނީ މައުލޫމާތު ދީފައެވެ.

މި ލަވައިގެ ޅެން ހަދާފައި ވަނީ މަމްދޫހް ޖަމާލްއެވެ. ލަވައިގެ ރާގު އާތިފް ރަޝީދު ހަދާފައިވާއިރު ލަވައިގެ ރެކޯޑިން އަދި މާސްޓަރިން ހެދީ "ބަޒި ރެކޯޑްސް ސްޓޫޑިއޯ" އިންނެވެ. ވީޑިއޯތައް ނަގާފައި ވަނީ ނާޝިތުއެވެ. މީގެ އިތުރުން މި ލަވަ އެޑިޓްކޮށްފައި ވަނީ ނާޝިތު ރަޝީދު، ޝާމިލް ޢަލީ އަދި އިބްރާހިމް ރަމީޒް އެވެ. ލަވައިގެ ލީޑް ވޯކަލިސްޓުންގެ ގޮތުގައި ހަރަކާތްތެރި ވެފައި ވަނީ، އަހުމަދު އިޝާމް އާއި ޝާން ޝަރީފްގެ އިތުރުން ރާއީ ރާފިއު އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މީދޫ މީހާ

    މި ލަވައިގަ ހަރަކާތް ތެރިވަނީ ހުސް މީދޫ މީހުންނޭ ބުނާއިރު ފޮތޯއިން ފެންނަ އަންހެން ކުއްޖަކީ ހަމަގައިމުވެސް މީދޫ ކުއްޖެއްނޫން.

    15
    1
  2. ޯޮޮޮޮޮސފ

    ލަވަ ވަރަށް ސަޅި

    4
    7
  3. ސައުރާ

    އަހަރެން މީ މީދޫ މީހެއްތޭ؟؟

    3
    2
  4. ޢާލް

    ޝައުރާ ކަލޭ ހީކުރީ ތޭ ކިޔަނީ މީދޫ މީހުން އެކަނިކަމަށް ދޯ.. ތީ ވ ބޮޑު އޮޅުމެއް. މުޅި އުތުރުގެ ހުރިހާ ރަށެއްގަ ތޭ ބޭނުން ކުރާނެ. ޢަހަރެމެން ގެ ފަޚުރުވެރި ދިވެހިބަސް?

  5. ޒީނާ

    ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއީދު ހަދިޔާ އެކޭ ބުނާއިރު ލަވަ ނެރުނީ ވެސް އީދު ނިމުން ދުވަހު.. ދެން ކޮން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއީދު ހަދިޔާ އެކޭ ކިޔާކަށް ލޮލް.... މީދޫގަ ހަވަާސް ކުދިން ލަވަ ކުޅުންކަން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިއިގިގެން މިމީހުން ލަވަ ކުޅުނީވެސް މިފަހަރު???ހޭރިޔާ މީހުން ބުނެގެން އުތަ މި ހަބަރު ލާފަ މިއޮތީ؟ ެ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    5
    2
  6. ރާއްޖެތެރޭ މީހާ

    ވަރަށްރީތި ފުރިހަމަ ލަވައެއް!

    3
    7
  7. ރާ އަތޮޅު

    ތަފާތު ރީތި ލަވައެއް! މީދޫ ޒުވާނުންނަކީ ހުނަރުހުރި ބައެއް

    2
    2
  8. ޙަބެެސް

    ކޮބާ އެޗްޕީއޭގެ މިންގަޑު

  9. ޢެއްކަލަ މީހާ

    ޝިއްކޮ.... ވަރަށް މޮޅު. ??

  10. ހަވާސީ

    ޒީނާ ހީކުރީ ދިގައްޔަށް ދަރުހޮވަން ދާ ގޮތަށް ކަމަށްތަ ލަވަ ނެރެނީ. އާންން. ހަވާސް އިން ލަވެއް ހަދައިފި. އަހަރެމެން ވެސް ހިނގާ ލަވެއް ނެރެން. އެހެން ބުނާހާ ފަސޭހައިން ވާ ކަމެއް ކަމަށްތަ ހީކުރީ. ޔޫޓިއުބް ވިއުސް އަތުނުވާވަރަށް ދިޔާމަ ހަޖަމު ނުވީ ދޯ. ހަވާސް އިން ފީކަޅާ ލަވަގަނޑެއް ހަދައިގެން. ދެން ލަލަލަލަލާ..

  11. އެއްރަށެއް އެއްބައެއް

    ހަވާސް ލަވަ ވެސް ހޭރިޔާ ލަވަ ވެސް ރީތި. އަމިއްލަ ވަންތަ އެއްޗަކަށް ވީމާ އުފާކުރަން. ގްރޭޓް ވޯކް ގައިޒްޒް...