އަހަރެން ވިސްނަމުން ދިޔައީ އަހަރެން ގެންގުޅުނު ބުޅާ ހޯދުމަށެވެ.

އަހަރެންގެ ބުޅާ "ސަންޑޭ"އާ މެދު އަހަރެންނަށް ވިސްނެން ފެށިއެވެ. ސަންޑޭ ފެނުމުން އަހަރެންނަށް ހުރިހާ ކަމެއް ރަނގަޅުވާން އަހަރެން އުއްމީދު ކުރަމެވެ.

އަހަރެންނަކީ އާއްމުކޮށް އޮޅުކޮށްގެން ގެންގުޅޭ އެއްޗެއްސަަށް ލޯބި ކުރާ މީހެއް ނޫނެވެ. އެކަމަކު ކޮވިޑް-19ގެ ފުރަބަންދު ތެރޭގައި އަހަރެންނަށް މި ބުޅަލަށް ހިތްދެވިއްޖެއެވެ.

އަހަރެން ހިތައް އެރިއެވެ. ސަންޑާ އަނެއްކާ ދިރި ހުންނާނެ ބާއެވެ. އަދި ސަންޑޭ ދިރިހުރި ކަން އަހަރެންނަށް އެނގޭނަމަ އަހަރެން ހުންނާނީ އަހަރެންނާއެކު މަސައްކަތް ކުރާ ނޫސްވެރިޔާއާއެކު ސީންގައެވެ. އެއީ މީގެ ކުރިންވެސް ބެއިރޫތްގައި ކަމެއް ދިމާވެއްޖެނަމަ ވާ ގޮތެވެ. ސައިކަލުގައި ދަނީ ދެ މީހުން އެކުގައި ކަމަށްވާތީއެވެ. ބެއިރޫތްގައި އަލިފާނުގެ ހާދިސާ އެއް ހިނގައިގެން އުޅޭ ކަމަށް އޭނާ ޓްވީޓް ކުރުމުން އަހަރެން އަވަސްވެގަތީ ހެލްމެޓް ނަގައިގެން ޖީންސްއެއް ލައިގެން އެ ސަރަހައްދަށް ދާން ނުކުންނާށެވެ.

އަހަރެން ބޭރަށް ނުކުންނަން ދިއުމުން އަހަރެން ހުއްޓުވީ ލޯބިވެރިޔާއެވެ. ލޯބިވެރިޔާ ބުނީ، އެ އަލިފާނުގެ ހާދިސާއަކީ ބޮޑު ހަބަރެއް ނޫން ކަމަށެވެ.

އެއީ ބެއިރޫތު ގަޑިން އަންގާރަ ދުވަހު ހަވީރެވެ.

"ކީއްވެ ވަގުތު ބޭރު ކުރަން ތި އުޅެނީ؟" އަހަރެން ގޭގެ ލިވިންގ ރޫމާއި ހިސާބަށް ދިއުމުން އޭނާ ބުންޏެވެ. އެހެން ނަމަވެސް ކުއްލިއަކަށް މުޅި ގޭތެރެއަށް ގުޑުމެއް އައެވެ.

ބެއިރޫތްގައި ހިނގި ގޮވުމުގެ ހާދިސާ

އެޕާޓްމެންޓުގެ ހުރިހާ ދޮރެއް ނެއްޓިގެން އައިސް ޖެހުނީ ފާރުގައެވެ. ގޭގައި ހަރުކޮށްފަރި ހުރި އެއާކޯންވެސް ނެއްޓުނީއެވެ. ގޭގެ ބޮޑު ފަންކާ ދެފަޅިވިއެވެ. އަހަރެންގެ ބޮޑު ލިވިންގ ރޫމްގެ ކުޑަ ދޮރުތައް އައީ އަހަރެންނާއި ދިމާލަށެވެ. ހަމައެކަނި ބިއްލޫރިތައް ތަޅައިގެން ދިޔައީ ނޫނެވެ. ހުރިހާ އެއްޗެހި ވެއްޓި ޖެހުނީއެވެ.ލަކުޑި އާއި އޭތީ މީއްޗެވެ. އަހަރެން މިހާރުވެސް ހިތައް އަރައެވެ. އަހަރެން މަރުނުވެ މިހިރީ ކީއްވެ ހެއްޔެވެ؟ ކުއްލިއަކަށް ދެން އަހަރެންނަށް ފެނުނީ ސަންޑޭ އެވެ. ދެން އަހަރުމެންނަށް އިވުނީ މަތިންދާ ބޯޓުގެ އަޑު ކަހަލަ ބާރު އަޑެކެވެ. އިރުކޮޅަކުން ދެވަނަ ފަަހަރަށް ގޮވުމެއް ގޮވިއެވެ.

އަހަރެން ހުރީހުސް ފަޔާ ކަމުން، ފައި ދަށުގައި ހުރި ބިއްލޫރިތަކުގެ ސަބަބުން ފައި ކަނޑައިގެން ދިޔައެވެ. އަހަރެންކުރިން ހުރީ ކުރު އެއްޗެއް ލައިގެން ނަމަވެސް، ޖިންސަށް ބަދަލު ކުރެވުން މިއީ ހަމަ ނަސީބެވެ. އަހަރުމެން ގޮސް ވަނީ ފާހަނަ ތެރެއަށް ދެން ހަދާނެ އެއްވެސް ގޮތެއް ނެތިއެވެ. އެ އަޑުތައް ކަނޑައިގެން ދިޔުމުން، އަހަރުމެން ގޭތެރެއަށް ގޮސް ޕާސްޕޯޓާއި ފައިސާ ނެގީއެވެ. އަދި ބޭނުންވާ މުހިންމު އެއްޗެހި ނަގައި ދަބަހަށް އަޅައިގެން ނުކުތީމެވެ. ދެން ވާނެ ގޮތަކާއި މެދު ނޭނގެ އެވެ.

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުމުގައި 100 އަށްވުރެ ގިނަ މީހުން މަރުވި

އަހަރުމެން ދާނެ ވަކި ތަނެއް ނެތެވެ. އެންމެ ރައްކާތެރީ ކޮން ތަނެއްކަން ނޭނގޭ ހާޅުގައި މި އުލެނީއެވެ.

އަހަރުމެންނަށް ހީވީ، އިސްރާއީލުން ބޮން އަޅަަނީ ކަމަށެވެ. މިއީ އަހަރުމެންނަށް ކުރިން ހީވި ގޮތެވެ. އެކަމަކު ފަހުން މިއީ ޕޯޓްގެ ގުދަނެއްގައި ރައްކާކޮށްފައި ހުރި 2750 ޓަންގެ އެމޯނިއަމް ނައިޓްރޭޓްގެ ސަބަބުން ގޮވި ގޮވުމެއްކަން އެނގުނެވެ.

މަގުތަކުންވެސް އިވެމުން ދަނީ މީހުންގެ ހަޅޭކުގެ އަޑެވެ. ލެއިން ތަތް ތެޅިފައިވާ ހަށިގަނޑުތައް މަގުމަތީގައެވެ. މަޝްހޫރު މަގުމަތީގެ ދުވަސްވީ އިމާރާތްތަކުގެ ކުޑަދޮރުތަކުގައި ބިއްލޫރިއެއް ނެތެވެ. ވަޓްސްއެޕުން މެސެޖްްތައް އައީ ހޯސް ލާފައެވެ. ރަހުމަތްތެރިން ބަލަމުން ދިޔައީ އަހަރުމެންގެ ހާލެވެ.

އެހެން ނަމަވެސް، އަހަރެންގެ ރަހުމަތްތެރިޔާ ފޯނު ނުނަގާ ކަމަށް ބުނެ، އޭނާ ލޯބިވެރިޔާ ދިޔައީ އަހަރެންނަށް ގުޅަމުންނެވެ. ބިރުންނެވެ. އަހަރުމެންނަށް ބުޅާވެސް ނުފެނުނެވެ.

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

އަހަރެންގެ އެޕާޓްމެންޓް ވެގެން ދިޔައީ އެންމެންނަށް ވަގުތީ ގޮތުން ރައްކާތެރި ތަނަކަށެވެ. އަހަރެންގެ ގެއަށް އަވައްޓެރިން އައިސް ވަދެއްޖެއެވެ. އެންމެންވެސް ބެލީ ވެގެން އުޅޭ ގޮތެވެ. އަދި އަހަރުމެން ވަނީ ސަންޑޭގެ ނަމުން ގޮވުމަށް އެދިފައެވެ. މީހުން މަރުވަމުންދިޔައިރު ވެސް އަހަރެން ބެލީ އެ ބުޅާ ފެނޭތޯއެވެ.

ކަން ދިމާކުރިގޮތުން އަހަރެންގެ ރަހުަތްތެރިޔާ އާއި އަހަރެންގެ ބުޅާ އެއް ވަގުތެއް ކަހަލަ ގޮތަކަށް ފެނިއްޖެއެވެ.

ސަންޑޭ ހުރީ އަވައްޓެރިއެއްގެ ގޭގައި ބަހައްޓަފައި ހުރި ދަގަނޑު ހޮޅިތަކެއްގެ ފަހަތުގައި ފިލާ އެވެ. ސަންޑޭ އަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ގެއްލިގެން ހޯދި ރަހުމަތްތެރިޔާ ޓީވީން ފެނިިގެން އެހެން ރަހުމަތްތެރިޔަކު އަހަރެންނަށް ދެއްކިއެވެ. އޭނާ ދިރިހުރިކަން އަހަރެންނަށް އެނގުނެވެ. އެކަމަކު އޭނާއަށް ހުރީ ޝޮކެއް ލިބިފައެވެ. ނަމަވެސް އެނާ މަރެއް ނުވެއެވެ.

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

އަހަރުމެން އެ ދުވަހުގެ ރޭ އުޅުނީ މަގުމަތި ބަލަން ނުކުތެވެ. މީހުން މަގުމަތީގައި މަރުވެފައި ވާ ތަނާއި، އަނިޔާވެފައި މަގުމަތީގައި ތިބި ތަން ފެނުނެވެ. ބައެއް މީހުން އެ މީހުންނަށް އެހީވުމުގައި ހަރަކާތްތެރިވަމުންދާ މަންޒަރު ފެނުނެވެ.

އެރޭގެ 3:00 ޖެހި ހާއިރު އެވެ. އެ ސަރަހައްދުން އެންމެން ރައްކާވެއްޖެއެވެ. މަގުމަތި އަނދިރިވެއްޖެ އެވެ. ވެރިވެފައި އޮތީ އަނދިރި ކަމެވެ. އަހަރެންގެ އަވައްޓެެރިއެއްގެ ގޭގެ ބެލްކަނީގައި ރޯކޮށްފައިވާ އުއްބަތިއެއްގެ ފަނޑު އަލި ފެންނަން އެބަ ހުއްޓެވެ.

ދެން ވާނެ ގޮތެއް ނޭނގެއެވެ. އެންމެ ފަހުން އަހަރުމެން ވިސްނީ އެތަނުން ދާށެވެ.އެ ސަރަހައްދުގެ ވައި ނުސާފު ވެދާނެ ކަމުގެ އިންޒާރުވެސް ލިބުމާއިވެސް އެކުގައެވެ. އެހެންވެ އަހަރުމެން ގޮސް ތިބީ ގޮސް ބެއިރޫތްގެ ފަރުބަދަތައް މަތީގައެވެ.

އެ ހާދިސާގައި ސަންޑޭ ލައިގެން ގެންގުޅުނު ކޮށިވެސް ހަލާކުވިއެވެ. އެ ސޮރު ހުރީ ބިރުން ހަލާކުވެފައެވެ. އަހަރުމެން އެރޭ ދަންވަރު ކާރުގައި ފަރުބަދަތައް ކައިރިއަށް ދިޔައިރުވެސް، ގޭގޭގެ ކުޑަދޮރުގެ ބިއްލޫރިތައް ތެޅިގެން ވެއްޓޭ ތަން ފެނެއެވެ.

އަހަރެން އެރޭ މަޑު ކުރީ ފުރަބަދަތައް މަތީގައެވެ. އޭގެ އަނެއް ދުވަހުގެ ހެނދުނު އަހަރެން ކާރުގައި އަވަށަށް ދިޔައީމެވެ. ޓެކްސީ އަހަރެން ގެ ހުންނަ ސަރަހައްދަށް ގޮސް، މަގުތައް ބަންދުކޮށްފައި އޮތުމުން، ހިނގާފައި އެޕާޓްމެންޓަށް ހުންނަ ސަރަހައްދަށް ދިޔައީމެވެ. އަހަރެން ދިޔައިރު، އަހަރެންގެ ގޭގެ ޖެހިގެން އިން ގެ އިނީ ވެއްޓިފައެވެ. އަދި ސިވިލް ޑިފެންސް އާއި ފުލުހުން ވަނީ އަހަރެންގެ ގެ ވެއްޓޭނެ ކަަމަށް ބުނެފައެވެ.

އަހަރެންގެ އެ ދުވަހުގެ މެންދުރު ހޮޓަލަށް ދިޔައިރު، އަހަރެންގެ ހިތައް އެރި އެއްޗަކީ މިއީއެވެ. އިއްޔެއަކީ އަހަރެން ސީރިޔާ ދޫކޮށް އެމެރިކާއަށް ހިޖުރަ ކުރިތާ 10 އަހަރު ފުރުނު ދުވަހެވެ. ސީރިޔާ މާބޮޑަށް ނުރައްކާތެރިކަމުން އެނބުރި ދާން ނުކުރުނީއެވެ. އަހަރެންނަކީ ޑަމަސްކަސްގައި ދިރިއުޅެމުންދިޔަ މީހެކެވެ. އެކަމަކު އެތަނުގައި އަހަރެންގެ އެޕާޓްމެންޓެއް ހުންނާނެ ހެންްވެސް މިހާރު ހީނުވެއެވެ. ބެއިރޫތްއަކީ އަހަރެންގެ ދެވަނަ އަމިއްލަ ގައުމު ކަހަލަ ތަނެކެވެ.

އަހަރެން އަހަރެންގެ ހަލާކުވެފައިވާ އެޕާޓްމެންޓަށް ފަހުން ގޮސް ވަދެމެވެ. އަހަރެންގެ މި ގެ ދެން އަހަރެންނަށް ފެންނާނެ ހެން ހީވެސް ނުވެއެވެ.

"ކޮން ފޮތްތަކެއް ޕެކް ކުރަންވީ"ސިވިލް ޑިފެންސްގެ މެމްބަރަކު އަހަރެން ކައިރީގައި އެހިއެވެ.

އަހަރެން އަހަރެންގެ 400 އެއްހާ ފޮތަށް ބަލައި، މުހިންމު އެއްޗެހި ނެގީމެވެ.

މި ހުރިހާ ކަމަކަށް ބަލާއިރު، އެ ސަންޑޭ އަކީ އަހަރެންގެ ބުޅަލެކެވެ. ލުބްނާންއަށް ނިސްބަތްވާ މީހުންގެ އާއިލާ މީހުންނާއި ލޯބިވެރިން މަރުވެގެން ދިޔައީ ލޯ ކުރިމަތީގައެވެ.

އަހަރެން އަހަރެންގެ ފޮށި ހިފައިގެން އެނބުރި ވަކި ދާނީ ކޮންތާކަށް ހެއްޔެވެ؟

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙޭ

    ދިވެހި ބަހުން ލިޔެފަ ހުރި އެއްޗެހި ކިޔަން އެނގޭ ގޮތަށް ލިޔުމުން ނޫނީ ކިޔާނީ ކިހިނެތް. މީތަ މިނިވަން ނޫސް ވެެރި ކަމަކީ؟؟؟

    1
    1
  2. Anonymous

    މަރުނުވެ ތިހުރީ ލޯބި ވެރިޔާ އާ ބުޅަލާެައެކީ އުޅެން. އެއީ އެއްނު ކަލޭމެން ހެއްދެވުން މަގްސަދަކީ.

    1
    2
  3. ޕާޓޭ ގެ ޑެޑީ

    ބުޅަލަކާ މަގޭގެ ގެގެގެގެ ކިޔާފަ މިކަން މިނިމުނީ