ބޮލީވުޑްގެ ބަތަލް ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާ ގުޅޭ ގޮތުން ސުޝާންތުގެ އާއިލާއިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ގެންދިއުމުގެ ކުރިން ބިހާރު ސަރުކާރުން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރޮބަދީއަށް ސީރިއަސް ތުހުމަތުތަކެއްކޮށްފިއެވެ.

ބިހާރު ސަރުކާރުން ވަނީ އެ މައްސަލައިގައި ގިނަ އޮޅުންތަކެއް ހުރި ކަންވެސް ފާހަގަކޮށްފައެވެ.

ބިހާރު ސަރުކާރުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ވަނީ ރިއާ ސުޝާންތުއަށް ބޭސްދީ އޭނާ އޯވަޑޯޒްކޮށްލާފައިވާ ކަމަށެވެ. އަދި ސުޝާންތު ޑިޕްރެޝަންގެ ޝިކާރައަކަށްވީ ކަމަށް ބުނެ އަޑު ފެތުރީ ވެސް ރިއާ ކަމަށް އެ ލިޔުމުގައިވެއެވެ.

އެ ލިޔުމުގައި އިތުރަށް ބުނެފައި ވަނީ ރިއާ ސުޝާންތުއާ ގުޅުނީ ސުޝާންތުގެ ފައިސާގެ ބޭނުމުގައި ކަމަށް އޭނާގެ ބައްޕަ ކޭކޭ ސިން ތުހުމަތު ކުރާ ކަމަށެވެ.

ރިއާ ސުޝާންތު އާއި އޭނާގެ އާއިލާއާ ވެސް ދުރުކުރުވަން މަސައްކަތް ކުރި ކަމަށް އެ ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ.

އަދި އިންދަރްޖީތު ޗަކްރޮބަދީ، ސަންދްޔާ ޗަކްރޮބަދީ، ޗޮވިކް ޗަކްރޮބަދީ ކިޔާ ރިއާގެ އާއިލާގެ ބަޔަކު ސުޝާންތު އަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވިކަމަށް ވަނީ ބުނެފައެވެ.

ބިހާރު ސަރުކާރުން ވަނީ އެ މައްސަލައިގެ ކަންކަމަށް ބެލުމަށް ފަހު ޕަޓްނާ ފުލުހުންނަށް އެ މައްސަލަ ބެލޭނެ ކަަމަށް ނިންމައި ދިނުމަށް އެދިފައެވެ.

ރިއާއާ ދެކޮޅަށް ސުޝާންތުގެ ބައްޕަ ޕަޓްނާ ފުލުހުންނަށް މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ މުމްބާއި ފުލުހުންނަށް ބަލަން ދޫކޮށްދިނުމަށް އެދި ރިޔާ ވަނީ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ.

ޖޫން 14 ވަނަ ދުވަހު ސުޝާންތު މަރުވީ އަމިއްލަ އަށް ކަމަށް މިހާތަނަށް ފެނުނު ހެކިތަނުން ދެއްކި ނަމަވެސް ސުޝާންތުގެ ލޯބިވެރިޔާ ރިއާ އަށް މި މައްސަލައިގައި ސީރިއަސް ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގަން

    މިދެން ކިހާ ވަރުގަދަ ވެއްޖެކަމެއް...ތީ ބޮލީވުޑުގެ އަދި އިންޑިޔާގެ ކަލްޗަރއެއް އަމިއްލައަށް މަރުވުމަކީ....ކުޑަކުއްޖެއްނޫން އެއީ....އަބަދު މިސޮރަކާ ހެދި ނޫސް ކިޔާލެވޭ ވަރެއްވެސް ނުވޭ...

    19
    22
    • މާތް ކަލާންގޯ

      ބޭފުޅާހަމަޖެހިބަލަ..ތީއާދައިގެ ޙަބަރެއްނޫނޭ ތިކަންބަޔާންކުރަންޖެހެޔޭ...އީރާނުގެ ކޮމާންޑަރު މަރާލުމުން ވަގުތު އިންއަބަދު އެހަބަރުގެނެސްދިނީ ދުނިޔެ ބޮޑު ހަނގުރާމަ އަކަށް ގޮސް ދާނެތީ..އެކަމަކު ބައެއް ބޯގަޅިން ބުންޏޭ ވަގުތު އިން މިގެނެސްދެނީ އަބަދުކޮންހަބަރެއްހޭ...ރަނގަޅަށް ކިޔަވަބަލަ ދުނިޔޭގެ މަސްރަހު..

      9
      4
  2. ގަބޫލު ކުރޭ

    ރިޔާ ކަހަލަ ގޯލްޑްޑިގަރ އަކާ ރައްޓެހިވުމުގެ ނަތީޖާ..އެންމެނަށް ބުނެލަންބޭނުންވަނީ ކުއްޖަކާ ރައްޓެހި ވާއިރު..އޭނާ ދައްކާ ވާހަކަ ދެކޮޅުނުބަލާ ގަބޫލުނުކުރުމަށް އަދި ފިރިހެންކުއްޖާ އަތުން ޕެކޭޖުއެޅުމަށާއި ރެންޓުދެއްކުމަށާއި ނޫނީ ރެސްޓޯރެންޓުން ކެއުމަށް ބުނާކަމުގައިވާނަމަ އެއީ ގޯލްޑްޑިގަރގެ އަލާމާތްތައް...

    11
  3. ހުސީ

    ޢެފަކީރުވަނީ މަރާލާފަ ބޭހާ އޭއްޗާމީއްޗާދީ ފަންޑީތަހަދާ. ސުޝާންތުގެ އެންމެ ފަހުގެ ވިޑިއޯތައް ބަލާލީމަވެސް އެނގޭ އޭނަހުންނަނީ ފާޑަކައްބިރުގަނެފަ

    4
    2