އިންޑިއާގެ ފުލުހުންގެ އޮފިސަރަކު އަންދްރާ ޕްރަދޭޝްގެ ސްރިކަކުލަމް ޑިސްޓްރިކްޓުގައި މީހަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.

އޮގްސްޓް ހަތަރު ވަނަ ދުވަހު ވައިރަލްވި އެ ވިޑީއޯއާ ގުޅިގެން އެ ފުލުހުންގެ އޮފިސަރު ވަނީ ސަސްޕެންޑްކޮށްފައެވެ.

މީސް މީޑިއާގައި އާއްމުވެފައިވާ 20 ސިކުންތުގެ އެ ވީޑިއޯއިން ފެންނަނީ އެ ފުލުސް މީހާ އެ މިހާގެ ބަނޑުގައި ފައިން ޖަހާ، އޭނާގެ މޫނު މަތީގައި ޖަހާ މަންޒަރު ފެނެއެވެ. އަދި އެ މީހާ އެގޮތަށް ކަންތައް ނުކުރުމަށް ފުލުސް މީހާގެ ގާތުގައި އެދެމުން ދެއެވެ. އަދި އެ މީހާގެ މަންމަ ވެސް ވަނީ، އެ ފުލުސް މީހާ އެ މީހާއަށް އަނިޔާ ކުރާތީ އެކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ.

އެ ވީޑިއޯ ހިއްސާކޮށް، އަންދްރާ ޕްރަދޭޝްގެ ކުރީގެ ޗީފް މިނިސްޓަރ އެން ޗަންދްރާ ނައިޑޫ ބުނެފައި ވަނީ،އެ މީހާއަކީ ފުލުހަށް މައްސަލައެއް ހުށަހަޅަން ދިޔަ މީހެއް ކަމަށެވެ. އަދި އެ މީހާ އެތަނުން ނެރެ، އެ މީހާގެ ގައިގައި އެ ފުލުސް މިހާ ޖަހަމުންދިޔައިރު، އޭނާގެ މަންމަ އޭނާގެ ރައްކާތެރިކަމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ މީހާ ފުލުހަސް ގޮސްފައި ވަނީ، ބިން ބެހުމުގެ މައްސަލައެއްގައި ކަމަށް ވެއެވެ. އަދި އޭނާ އެތަނަށް ގޮސް، މައްސަލައިގެ ތަފްސީލް ދޭން ފެށުމުން، ސާކަލް އިންސްޕެކްޓަރ ވެނޫ ގޯޕާލް އޭނާއަށް އަނިޔާ ކުރީއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މަންޒަރުގެ ވީޑީއޯ އާއްމުވުމާއެކު، އެކަންވީ ގޮތް ބަދަލުކޮށްގެން، އެހެން ގޮތަކަށް ކިޔާދޭން އެ މީހާ އެންގި ކަމަށް ވެއެވެ. އަދި އެ ފުލުސް މީހާ އޭނާއަށް ފަހުން ކާން ދިން ކަަމަށްވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދާހިލީ

    އާމުކަމެށް އިންޑިޔާ އަކީ ބުޑިސްޓް ހިންދޫ ޓެ ރެރ ރިސްޓް ހާއްޔެއް ބެންގަލޫ ރު މަގުތަކުގައި ޕޮލިހުން އުޅޭނީ މީހުން ފެލައިގެން.

    18
  2. އިންޑިޔާގެ ރެސިޑަންޓް..

    އާ އެއީ ތެދެއް.. އިންޑިޔާގައި އުޅެނީ ޕޮލިހުންނެއް ނޫން، ޕޮލިހުންގެ ނަ މުގާ އެނި މަލްސް.. އިންސާނިއްޔަތުގެ ކައްފުޅެއް ވެސް ހުއްނަ ބަޔެއް ނޫ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެން އެއީ..

  3. ރަމީޒް

    ޜޭސިސްޓު އިންޑިޔަނުން.

  4. ގެރި މޯދީ

    އެކަމު ކެނެރީގެ ބުއްޅަބޭ ވިދާޅޫވަނީ އިންޑިޔާއަކީ ޑިމޮގްރަސީގެ ބަފާކަމަށް