"މަރުވެފައި"ވާ މީހަކު ފުލުހުންގެ ސްޓޭޝަނަށް އައިސް ހުރިހާ ވާހަކައެއް ކިޔާދީފި

  • 3 އަހަރު ކުރިން ( އޯގަސްޓް 7, 2020 )
  • 5
  • |

އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ފުލުހުންގެ ސްޓޭޝަންގައި މަސައްކަތް ކުރަމުންދާ ފުލުހުންނަށް ބޮޑު ހައިރާންކަމެއް ލިިބިގެން ދިޔައީ، މަރުވެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް ކަށަވަރުކޮށްދިން އަންހެނަކު އެ ސްޓޭޝަނަށް އައުމުންނެވެ.

އެންމެ ފަހުން ފުލުހުންނަށް މި ވަނީ ހުރިހާ ކަމެއްގެ ހަގީގަތް އެނގިފައެވެ.

އަންނައުނު އަޅަން ގެންގުޅޭ ފޮއްޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާއަކީ ވާރިޝާ ކަމަށް ފުލުހުންނަށް ކަށަވަރުކޮށްދިން ބަޔަކީ، އޭނާގެ މަންމަ އާއި ބޭބެއެވެ.

އަދި ވާރިސާގެ އާއިލާއިންވެސް ވަނީ އޭނާގެ ފިރިމިހާގެ އާއިލާއަށްވެސް އެކަން އޮޅުވާލާފައެވެ.

"ވާރިސާގެ އައިލާއިން މަސައްކަތްކޮށްފައި ވަނީ، ކައިވެނި ކުރާއިރު، އަންހެން މީހާގެ ފަރާތުން ފިރިހެން މިހާގެ އާއިލާއަށް ދޭ ހަދިޔާގެ މައްސަލައެއްގައި، އެ ފޮށީގައި އޮތް އަންހެން މިހާއަކީ އޭނާގެ ދަރިފުޅު ކަަމަށް ދެއްކުމަށް". ފުލުހުން ބުނެފައި ވެއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި، ޖުލައި 27 ވަނަ ދުވަހު އެ ފޮށީގައި އޮތް އެ އަންހެން މީހާ އަކީ ވާރިސާ ކަމަށް ބުނެފައި ވަނީ އެ އަންހެން މީހާގެ އާއިލާއިންނެވެ. ފުލުހުންނަށް ފެނުނު އެ މީހާގެ ހަށިގަނޑު ފޮޓޯތައް މީސް މީޑިއާާގައި އާއްމު ކުރުމުން، ވާރިސާގެ އާއިލާއިން ވަނީ ފުލުހަށް އައިސް އެ އަންހެން މިހާއަކީ އެ މީހުންގެ 24 އަހަރުގެ އަންހެން ދަރިފުޅު ވާރިޝާ ކަމަށް ބުނެފައެވެ.

އެ މީހުން ބުނެފައިވާގޮތުގައި، އެ އަންހެން މީހާ އޭނާގެ ފިރިމިހާގެ އާއިލާގެ ގާތުގައި ހުއްޓާ ގެއްލުނީ ޖުލައި 23 ވަނަ ދުވަހުއެވެ. އަދި އެ މީހުން ވަނީ އަންހެން މިހާގެ ހަށިގަނޑު އަލިގަރްހްއަށް ގެންގޮސް ޖުލައި 29 ވަނަ ދުވަހު ވަޅުލާފައެވެ.

އެހެން ނަމަވެސް، އެކަމުގެ ހަގީގަތް ހާމަވެފައި ވަނީ، މިދިޔަ ހަފްތާގެ ހޯމަ ދުވަހު އެ އަންހެން މީހާ ގޮސް ފުލުހުންނަށް އެ ވާހަކަތައް ކިޔާދިނުމުންނެވެ.

އެހެންކަމުން މިހާރު އެ ފޮށީގައި އޮތް އަންހެން މީހާއަކީ ކާކުކަން މި ވަނީ ދެނެނުގަނެވިފައެވެ. އެކަން ފުލުހުން އަނެއްކާވެސް ވަނީ ބަލަން ފަށާފައެެވެ.

ފުލުހުން ބުނެފައި ވަނީ، ވާރިސާ ދެން ބަޔާން ދޭނީ ކޯޓުގައި ކަމަށެވެ. އަދި ވާރިސާ އޭނާގެ ފިރިމިހާގެ އާއިލާ ގެއިން ދިޔައީ ކީއްވެގެންތޯ އާއި، ގެއްލުނީ ކީއްވެގެންތޯ ބަލާނެއެވެ.

ގާޒިއާ އާބާދުގައި އެ އަންހެން މީހާގެ އާއިލާއިން އެއީ ވާރިސާ ކަމަށް ކަށަވަރުކޮށްދިނުމުން، އޭނާގެ ހަށިގަނޑު އާއިލާ އާ ހަވާލު ކުރީ އޮޓޮޕްސީ ހެދުމަށް ފަހުއެވެ.

އަދި މަރުވެފައި އޮއްވާ ފެނުނު އެ އަންހެން މީހާގެ ޑީއެންއޭ ފަދަ އެއްޗެހި ފުލުހުންގެ އަތުގައި ހުރުމުން އެއީ ކާކުގެ ހަށިގަނޑެއްކަން ފުލުހުންނަށް ހޯދުމަށް އުނދަގޫ ނުވާނެ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

އެ މައްސަލާގައި ވާރިސާގެ މަންމަ އާއި ބޭބެ ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާއަޙްމަދު

    މިލުމުގެ ފަލަ ސުރުހީގައި ވަނީ މަރުވެފައިވާ މީހަކު ފުލުހުންގެ ސްޓޭޝަނަށް އައިސް ހުރިހާ ވާހަކައެއް ކިޔައިދީފި. ސުވާލަކީ މަރުވެފައިވާ މީހުންވެސް އައިސް ވާހަކަ ކިޔައިދޭތޯ؟

    67
    4
    • އިނާން

      އެ ދެއްކީނު.. ލިޔެފަ އޮތީ ދިވެހިންނޫންތަ.

      12
      7
      • ޓަކި މޫނާ

        ލިޔެފަ އޮތީ އިންގިރޭސި ބަހުން. ކަލޭ ދެ ލޯ އޯކޭތަ؟

  2. ކަސަބު

    ސުރުޚީ ރަނގަޅައް ލިޔެބަލަ

    30
  3. ބޯޖަލީލު

    ބޮޑުބޭބެ ވިދާޅުވާ ދަރިޔަކު ލިބިއްޖެ މިވެސް ސުރުހީ އެއް

    10
    1