ރިޝްވަތުގެ ގޮތުގައި 50،000 ދިރުހަމް ހުށަހެޅުމުން ވެސް، ކުށްވެރިއަކު ދޫކޮށް ނުލި ފުލުހަކަށް މަގާމުގެ ކުރިއެރުން ދީފިއެވެ.
ދުބާއީ އިން ޕްރޮމޯޝަން ދީފައި ވަނީ ބުރް ދުބާއީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހަކަށެވެ. އެ ފުލުސް މީހާ އަށް ޕްރޮމޯޝަން ދިނީ އޭނާގެ ތެދުވެރިކަމާއި ނަޒާހަތްތެރިކަމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ސަޖަންޓް ރައީދް ގައިދު އަބްދުއްރަހުމާން ވަނީ އޭނަ އަށް ހުށަހެޅުނު 50،000 ދިރުހަމާއި އަގުބޮޑު ކާރަކާއި ގަޑި އެއްގެ އިތުރުން މަހަކު 20،000 ދިރުހަމުގެ މުސާރައެއް ރިޝްވަތުގެ ގޮތުގައި ހުށަހެޅުމުން ވެސް އެކަމަށް އިންކާރުކޮށްފައެވެ.
ރައީދު ހައްޔަރު ކުރި އެ ކުށްވެރިޔާ އަކީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ހޯދަން އިއުލާން ކޮށްފައިވާ ކުށްވެރިއެކެވެ.
ރައީދުގެ މި އަމަލުގެ ސަބަބުން ދުބާއިގެ ކޮމާންޑާރު ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޚަލީފާ އަލް މަރީ ވަނީ، ރައީދުގެ މަގާމު ފަސްޓް ސަޖަންޓްގެ މަގާމަށް މަތިކުރުމަށް އަމުރުކޮށްފައެވެ.
ބުރް ދުބާއީ ޕޮލިސް ސްޓޭޝަންގެ ޑައިރެކްޓަރު ބްރިގޭޑިއާ އަބްދުﷲ ޚާދިމް ސުސޫރް އަލް މާސިމް ބުނީ ރައީދަކީ ވަރަށް ތެދުވެރި އަމާނާތްތެރި މީހެކެވެ. އޭނާ ބުނީ އެ ކުށްވެރިޔާ ފެނުނު ކަން ރައީދު ވަގުތުން ފުލުސް ސްޓޭޝަނަށް ރަސްމމީކޮށް އެންގިކަމަށެވެ.
ރައީދުގެ މިއަމަލަކީ ފުލުހުންނަށް އޮންނަ އިތުބާރު ދަމަހައްޓަން އެޅުނު ބާރެއް ކަމަސް ވެސް ދުބާއީ ފުލުހުން ބުނެއެވެ.
ރައީދު ވަނީ ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޚަލީފާ އަލް މާރީ އޭނާ ޕްރޮމޯޓް ކުރަން ނިންމީތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.
ރައީދުގެ މި އަމަލާ ގުޅިގެން އޭނާ އަށް ޚާއްސަ ހަނދާނީ ލިޔުމަކާއި ބެޖެއް ވެސް ވަނީ ދީފައެވެ.
ކޮންމެ މުއައްސަސާއެއްގައިވެސް ތެދުވެރިކަން ނެތިއްޖެނަމަ އެތަނަކަށްކުރާ އިތުބާރު ކެނޑިގެން ދާނެ މިޤައުމުގެ ތިންބާރަށް މިހާރު އިތުބާރެއްނުކުރެވެއި އެއީ ނަޒާހަތްތެރިން ނެތުމުން
ހިސާބައްވުރެ މީހާ މޮޔައީނު
ބޮޑު ވަގެއް ކަމަށް ލަފާކުރެވޭ.
ސިޔާސީ ގޭމެއް ކުޅެން ބޭނުންކުރާ ހަތިޔާރަކަށް މިކަން މިވާރު ވެއްޖެ
ތީ ދިވެހި ފުލުހަކަށް ނުވަތަ ދިވެހި ސިފައިންގެ މީހަކަށް ދިމާވި ކަމެއްނަމަ ޔަޤީން މުދަލާ ފައިސާއާ ދިމާލަށް ދާނީ.. ދިވެހިންނެއްނު ނުވާނެ ރަނގަޅެއް..
އެންމެން އެއްގޮތެއް ނުވާނެ ދޯ!