ބޮލީވުޑްގެ އަރަމުން އައި ތަރި ސުޝަންތް ސިންގ ރާޖްޕުތްގެ މަރަށް ފަހު، އެތައް ވާހަކައެއް ދެކެވެމުން އަންނަ ދަނޑިވަޅެެއްގައި، އޭނާގެ ޑައިރީން ގަޑެއް މި ވަނީ މީސް މީޑިއާގައި އާއްމުކޮށްފައެވެ. އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯތީ އާއްމު ކުރި އެ ގަޑަކީ އެންފޯސްމެންޓް ޑައިރެކްޓަރ (އީޑީ)ން ރިއާ ސުވާލު ކުރި ފަހުން އާއްމު ކުރި އެއްޗެކެވެ. ރިއާ ސުޝަންތްގެ ޑައިރީން ގަޑެއް އާއްމުކޮށްފައި މި ވަނީ، ސުޝަންތްގެ އާއިލާއިން، އޭނާގެ މަރުގެ ޒިންމާތައް ރިއާ ނަގަން ޖެހޭ ކަމަށް ބުނެ، ތުހުމަތުތަކެއް ކުރެވެމުން އަންނަ ދަނޑިވަޅެއްގައެވެ.

އޭނާ އެ ޑައިރީން ގަޑެއް އާއްމުކޮށްފައި ވަނީ އިންޑިއާ ޓުޑޭއާއެވެ. އެއީ ސުޝަންތްްގެ ޝުކުރުގެ ލިސްޓެވެ.

"އަހަރެންގެ ދިރިއުޅުމާއި މެދު އަހަރެން ޝުކުރުވެރިވަން. ލިއްލޫ އަހަރެންގެ ދިރިއުޅުމަށް އައިތީ ޝުކުރުވެރިވަން. ބެބޫ އަހަރެންގެ ދިރިއުޅުމަށް އައިތީ ޝުކުރުވެރިވަން. ސާ އަހަރެންގެ ދިރިއުޅުމަށް އައިތީ ޝުކުރުވެރިވަން. މޭމް އަހަރެންގެ ދިރިއުޅުމަށް އައިތީ ޝުކުރުވެރިވަން. ފަޖް އަހަރެންގެ ދިރިއުޅުމަށް އައިތީ ޝުކުރުވެރިވަން. އަހަރެންގެ ދިރިއުޅުމުގައި ލިބެމުންދާ ހުރިހާ ލޮތްބަކަށް ޝުކުރުވެރިވަން". ސުޝަންތްގެ އަތު ލިޔުމުން ލިޔެފައިވާ ޑައިރީގެ ގަޑުގައި ވެއެވެ.

ރިއާ ބުނީ، ލިއްލޫ އަކީ ޝޮވިކް ކަމަށާއި، ބެބޫ އަކީ އޭނާ ކަަމަށެވެ. އަދި ސާ އަކީ އޭނާގެ ބައްޕަ ކަމަށާއި، މޭމް އަކީ އޭނާގެ މަންމަ ކަމަށް ރިއާ ބުނެފައި ވެއެވެ. އަދި ފަޖް އަކީ ސުޝްންތްގެ ކުއްތާ ކަަމަށްވެސް ރިއާ ބުނެފައި ވެއެވެ.

ރިއާ ވަނީ ސުޝަންތުގެ ފެން އަޅާ ފުޅިއެއްގެ ފޮޓޯއެއްވެސް އާއްމުކޮށްފައެވެ. ސުޝަންތްގެ 2019 އަހަރުގެ ފިލްމްގެ ޗިއްކޯރްގެ ނަން ލިޔެފައިވާ އެ ފުޅިއަކީ، ސުޝަންތްގެ އެއްޗަކަށް އޭނާގެ އަތުގައި އޮތް ހަމައެކަނި އެތި ކަމަށް ރިއާ ބުނެފައި ވެއެވެ.

ސުޝަންތްގެ މަރާއި ގުޅިގެން އީޑީން ރިއާ އާ ސުވާލުތަކެއް ވަނީ ކޮށްފައެވެ. މީގެ އިތުރުން، ރިއާގެ ބޭބެ އާއި މެނޭޖަރާއިވެސް ވަނީ ސުވާލު ކޮށްފައެވެ.

ޖޫން 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ސުޝަންތްގެ މަރާއި ގުޅޭ ތަހުގީގުތައް އަދިވެސް ދަނީ ކުރިއަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތުނިޔަ

    ތިވެދާނެ ރިޔާ ލިޔެފަ ކަމަށްވެސް.

    50
    3
  2. Anonymous

    ކިހާވަރުގަދަ ކަމެއް، ފަހަކަށްއައިސް މި ނޫސް ބެލޭވަރެއްނުވޭ އަބަދު އެއްވާހަކައެއް ފެނިފެނި ފޫހިވެ ކިޔުންތެރިންގެ ބޯހަލާކު، އަމިއްލައިން ދަންޖެހި މަރުވެގަތުކީ އާއްމުގޮތެއްގަ ޢައިރު މުސްލިމުން ފަސްނުޖެހި ހިންގާ ކާފަރު ޢަމަލެއް، އަބަދު އެއްމީހެއްގެ ވާހަކަ ކޮންމެދުވަހަކު އެތައްފަހަރަކު އަޕްޑޭޓް ކުރުމުގެ ބާނުމަކީ ކޮބައިބާއޭ ހިތަޢްއަރާ؟؟؟ "ވަގުތު" ނޫހަށްލިބެނީ ކޮންފަދަ ފައިދާއެއްކަމެއްވެސް؟؟؟

    11
    39
    • މަރީ

      ތިކަހަލަ ނެގެޓިވް ކޮމެންޓް ކޮށގެން ތިބޭފުޅާއަށް ލިބެނީ ކޮން ފައިދާއެއް. ނަފްސާނީ ބައްޔަކީ ވަރށް ބޮޑު ބައްޔެއް ޤަބޫލް ކުރިއަސް ނުކުރިއަސް. ދިރިހުރުން ވޭނަކަށް ވެގެން މީހުން އަމިއްލައަށް މަރުވަނީ. އެހެން މީހުންނަކަށް ނޭނގޭނެ ޖަޖް ކުރާކަށް

      20
      3
  3. ލޮލް

    އޭނަ އަމިއްލަ އަށް ލިޔެފަ.. މީނަ ސުޝާންތް ގެ ގެއިން ނުކުމެގެން އައި އިރު ސުޝާންތް ގެ ޑައިރީވެސް ހިފައިގެންތަ އައީ؟ ???

    36
    2
  4. މަރީ

    މިއީ ޝޫޝާންތުގެ ޑައިޜިގެ ހަނޑެއް ނޫން. ރިޔާޣެ ޑައިރީގެ ގަނޑެއް ކަމަށް އިންޑިޔާގެ ނޫސްތަކުގަ އޮތީ. ރިޔާގެ ޑައިރީގަ ކީއްކުރަން ޝުޝާންތު ލިޔަންވީ. އޭގަ ނެތް އޭގެން އެއްވެސް މީހެއްގެ ނަން ލިޔެފައެއް. ރިޔާ އަމިއްލައށް ތަރުޖަމާ ކުރީ މީ މިވެނި އެވެނި މީހެކޭ ކިޔައިފަ.

    13
    1
  5. މީ

    ރީއާ ހާދަ ވަރަކަށް ޑައިރީ ލިޔަނީ.. ???