މަޝްހޫރު މޭކަޕް އާޓިސްޓު އަދި މޮޑެލްއެއްގެ އިތުރުން ރިއަލިޓީ ޝޯވް ތަރި ކައިލީ ޖެނަރގެ ދަރިފުޅު ސްޓޯމީ ޖެނަރގެ ބައްޕަ އަކީ ކައިލީގެ ބޮޑީގާޑް ކަމަށް ފާއިތުވެދިޔަ ހަފްތާގައި މީޑިއާގައި ފަލަ ސުރުހީ އެޅުނު އިރު މިކަމާއި ބެހޭގޮތުން ކައިލީގެ ބޮޑީގާޑް ވާހަކަދައްކައިފިއެވެ.

ކައިލީގެ ބޮޑީގާޑް ޓިމް ޗަންގް ވަނީ ސްޓޯމީ އަކީ އޭނާގެ ދަރިއެއް ކަމަށް މީސް މީޑިއާގައި ދެކެވޭ ވާހަކަތަށް ދޮގު ކޮށްފައެވެ. ޓިމް ޗަންގް މި ވާހަކަ ތަކަށް ރައްދު ދިނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށެވެ.

ލޮސް އެންޖެލްސްގެ ފުލުސް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުންދާ ޗަންގް އަކީ ޕާޓް ޓައިމްކޮށް ކައިލީގެ ބޮޑީގާޑެއްގެ ގޮތުގައި އާއި މޮޑެލްގެ ދާއިރާގައި ވެސް މަސައްކަތްކުރާ މީހަކަށްވާއިރު، ކައިލީ އާއި ޗަންގް އާއި ދެމެދުގައި ސިއްރު ގުޅުމެއް ވާހަކަމުގެ ވާހަކަތައް ފެތުރެން ފެށީ، އުމުރުން 20 އަހަރުގެ ކައިލީ އޭނާގެ ތުއްތު ދަރިފުޅުގެ ފޮޓޯ މީސް މީޑިއާގައި ޢާންމު ކުރި ހިސާބުންނެވެ. އެއާއި އެކު އެކުއްޖާ ޗަންގް އާއި ވައްތަރު ކަމަށް ބުނެ އެތައް ހާސް ބަޔަކު ވަނީ ވާހަކަ ދައްކާފައެވެ.

މީސް މީޑިއާގައި ދެކެވޭ ވާހަކަތަށް ދޮގު ކުރަމުން ސްޓޯމީގެ މަންމަ ކައިލީ ބުނަނީ ސްޓޯމީއަކީ އޭނާގެ މިހާރުގެ ލޯބިވެރިޔާ ޓެވިސް ސްކޮޓްގެ ދަރިއެއް ކަމަށެވެ. ނަމަވެސް އެކަން ޔަޤީން ކުރުމަށް ޑީއެންއޭ ޓެސްޓް ހަދަން ކައިލީ އެދުމުން، ޓެވިސް އެކަމާއި ދެކޮޅު ހަދާފައިވާ ކަމަށް ވެއެވެ. ކައިލީ މާބަނޑުވި ވާހަކަ ފުރަތަމަ ފެތުރު ދުވަސްކޮޅު އޭނާ ބުނެފައިވަނީ، ހަމަ ޔަޤީނުންވެސް އެ ކުއްޖާއަކީ އޭނާގެ ދަރިއެއް ކަމަށެވެ.

ކައިލީގެ ކުރީގެ ލޯބިވެރިޔާ އަދި މަޝްހޫރު ރެޕަރ، ޓީގާ ވެސް ވަނީ ދަރިފުޅުގެ ބައްޕައަކީ ކާކު ކަމާއި މެދު ޝައްކު އުފެދިފައިވާކަމަށް ބުނެފައެވެ. އެގޮތުން ޗަންގް އާއި ސްޓޯމީއާއި ހުރިހާ ގޮތަކުންވެސް ވައްތަރު ކަމާއި، އެއީ ޗަންގްގެ ދަރިއަކަށް ވެސް ވެދާނެ ކަމަށް ދޭހަވާފަދަ ގޮތަކަށް ޓީގާ މީގެ ކުރިން ވަނީ ވާހަކަ ދައްކާފައެވެ.

ޓިގާ އާއި ޙަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، ކައިލީ އާއި ޗަންގް އާއި ދެމެދު ގުޅުމެއްވާކަމަށް ކުރިންވެސް ބެލެވުނު ކަމަށެވެ. އަދި އެ ދެމީހުންގެ ޢަމަލުތަކުން އެކަން ހާމަވާއިރު، ދެމީހުން އެކުގައި ވަރަށް ގިނަ ދަތުރުތަކުގައި ގޮސް އުޅޭކަމަށާއި، އެކަހެރިކޮށް އެދެމީހުން ވަރަށް ގިނައިން ބައްދަލުވެހަދާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖޮއްބެ

    އަޖައިބެއްފަދަކަމެއްނު؟ ޑީއެންއޭ ހަދަންވީނު އެއިރުން ގައިމުވެސް އެނގޭނެނު....؟

  2. ޖައްވު

    ވަގުތު އެހީން ތިޔަ ކުއްޖާއާ ހަވާލުވާށޭ.. މަގުމަތިވެފަ އޮތް ކުއްޖެކޭ ތިތައީ

  3. ހުސޭނުބޭ

    އެހެންވިއްޔާ ޕައްލަންބޭގެ ދަރިއެއް. ކޮބައިތަ އެކަލޭގެ.

  4. ލަދުކުޑަ

    އެގަހު ކޭލެއް މިގަހު ކޭލެއް ނޭގޭނެ މުޅި ގައުމުގައި ގިނައީ ރަށްމެދު ދަރިން.