އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޮނަސްގެ ކުޑަ ކުޑަ އާއިލާއަށް އާ މެންބަރަކު މި ވަނީ ހޯދާފައެވެ. މިފަަހަރުވެސް ކުއްތާއެވެ. ތަފާތު ރީތި ކުއްތާއެއް ކަމަށް ގިނަބަޔަކު ބުނަމުން ދެއެެވެ. އެ ކުއްތާއަށް ދީފައި ވާ ނަަމަކީ ޕެންޑާއެވެ.

ޕްރިޔަންކާ އާއި ނިކް އަދި ޕެންޑާގެ އިތުރުން، މި ދެމަފިރިން އޮޅުކޮށްގެން ގެންގުޅޭ ގިނޯ، އާއި ޑަޔާނާ ނަމަކަށް ކިޔާ ކުއްތާގެ ފޮޓޯއެއް މި ވަނީ ދާދި ފަހުން އާއްމުކޮށްފައެވެ.

އެ ފޮޓޯ އާއްމުކޮށް ޕްރިޔަންކާ ބުނެފައި ވަނީ، މިއީ އޭނާގެ އާއިލާގެ އާ ފޮޓޯއެއް ކަމަށެވެ. އަދި ޕެންޑާ އޭނާގެ އާއިލާއާ ގުޅުމުން މަރުހަބާ ކިޔާކަމަށް އޭނާ ބުނެފައި ވެއެވެ. އަދި ބުނީ، އެ ކުޑަ ކުޑަ ކުއްތާ އެ މީހުން އެޑޮޕްޓް ކުރީ މީގެ ހަފްތާތަކެއް ކުރިން ކަމަށެވެ.

https://www.instagram.com/p/CDoszLHD9_H/?utm_source=ig_embed

ޕްރިޔަންކާގެ މީގެ ކުރިންވެސް ދަނީ އޭނާ އޮޅުކޮށްގެން ގެންގުޅޭ ކުއްތާގެ ފޮޓޯތައް މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ.

ޕްރިޔަންކާ އާއި ނިކްގެ ކައިވެންޏަށް ދެ އަހަރު ވާން މި ވަނީ ކައިރިވެފައެެވެ. މިދިޔަ ޑިސެމްބަރު މަސް ތެރޭގައި އިންޑިއާގައި ދެ ވައްޓަފާޅިއަކަށް އެ މީހުންގެ ކައިވެނި ކުރިއަށްގެންދިޔައިރު، އޭގެ ފަހުންވެސް ކައިވެންޏާއި ގުޅިގެން ހަފްލާތަކެއް ބާއްވާފައި ވެއެވެ.

ޕްރިޔަންކާ އާއި ނިކްއަށް އަދި ދަރިއަކު ލިބިފައެއް ނުވެއެވެ. ޕްރިޔަންކާ މީގެ ކުރިން ވަނީ އޭނާ ގިނަ ދަރިން ބޭނުންވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ީހިޔާލު

    އެމީހުން ފޮޑިއެއް ޖެހިޔަސް ހަބަރެއްގެ ގޮތުގައި ގެނެސް ދެއްޗޭ އިގޭ .....???