އެއީ ކައިވެނީގެ ގޮށް ޖަހާލުމަށް ހުވަފެން ދެކެމުން އައި ޒުވާން ދެ ލޯބިވެރިންނެވެ. ކައިވެންޏަށް އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. އެ ކައިވެނި ނުކުރެވި ފިރިހެން މީހާ ވަކިވެގެން ދިޔައީ މިދިޔަ ހުކުރު ދުވަހުގެ ރޭ އިންޑިއާގެ ކެރެލާގެ ކޮޒިކޯޑްގައި ހިނގާ ދިޔަ ނުރައްކާތެރި ފްލައިޓް ވެއްޓުމުގެ ހާދިސާގައެވެ.

ކޮލްޖްގައި އުޅުނުއިރު، ފެށި ލޯބީގެ ގުޅުން އެ ނިމިގެންް ދިޔައީ، ކަފުންކޮށް ވަޅުލެވިގެންނެވެ.

އުމުރުން 24 އަހަރުގެ ރިޔާޒް ހަންޔާ ދެކެ ލޯބިވީ އޭނާ ކިޔަވަން އުޅުމުގެ ތެރޭގައެވެ. އެއިރު ރިޔާޒް ދިޔައީ އިންޑިއާގެ ޗެރްޕުލެސަރީ އައިޑިއަލް ކޮލެޖްގައި ކޮމާސް ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލް ކުރަމުން ކަމަށް އޭނާގެ ބޮޑުބޭބެ އަޝްރަފް އަލީ މި ވަނީ ގަލްފް ނިއުސްއަށް ބުނެފައެވެ.

"އޭނާއަކީ ކޮލެޖްގައިވެސް މަޝްހޫރު ޒުވާނެއް. އަދި އޭނާއަކީ ކޮލެޖް ސްޓޫޑެންޓްގެ ޔުނިއަން ޗެއާމަން"އަލީ ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ދެ އާއިލާއަށް މި ދެ ޒުވާނުންގެ ލޯބީގެ ގުޅުމުމުގެ ކަންކަން އެނގުނީ ރިޔާޒް ޔޫއޭއީއަށް ގޮސް އައި ފަހުންނެވެ. ރިޔާޒް ފަހުން ޔޫއޭއީއަށް ދިޔައީ ވަޒީފާ ހަމަޖެހިގެންނެވެ. ރިޔާޒް ވަޒީފާ އަދާ ކުރަމުން ގޮސްފައި ވަނީ ދުބާއީ ކުންފުންޏެއްގެ ވެއާ ހައުސް އެސިސްޓެންޓަކަށެވެ.

ފުރަތަމަ އަހަރީ ޗުއްޓީ

"އޭނާ އެނބުރި އައި ފަހުން އަހަރުމެންނަށް އެނގުނީ އެ ދެމީހުންގެ ލޯބީގެ ގުޅުމުގެ ކަންކަން. އަހަރުމެން އެ ކައިވެންޏަށް ގަބޫލުވެ ތިބީ މީގެ އަހަރެއް ދުވަސް ކުރިން. އަހަރުމެން ދެން ނިންމީ މި އަހަރު އަހަރީ ޗުއްޓީގައި އޭނާ އަނބުރި އައުމުން، ކައިވެނީގެ ކަންތައް ކުރިއަށް ގެންދިއުމަށް".

ރިޔާޒް އާއި ހަންޔާގެ ލޯބީގެ ގުޅުން އެނގުނު ހިސާބުން ދެ އާއިލާގެ ގުޅުން ވަރަށް ރަނގަޅެވެ. ދެ އާއިލާއިންވެސް އެއް ގެއިން އަނެއް ގެއަށް ގޮސް ހަދައެވެ. މި ދެ ލޯބިވެރިން ދިޔައީ އެ މީހުން ލޯބީގެ މާތައް ދުރުގައި ތިބެގެން ފާޅުވަމުންނެވެ.

ރިޔާޒް އާއި ހަންުޔާގެ ކައިވެނި ފުރަޔަމަ ކުރަން އޮތީ މީގެ މަސް ދުވަސް ކުރިންނެވެ. އެހެން ނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އޮތް ޓްރެވެލް ރިސްޓްރިކްޝަންގެ ސަބަބުން ދެ މީހުންގެ ކައިވެނި ފަސް ކުރީ ކަމަށް އަލީ ބުނެފައި ވެއެވެ.

"ޖުލައި 14 ވަނަ ދުވަހު އަހަރުމެން ނިންމީ މި މަސް ތެރޭގައި ރިޔާޒް އަންނާނެތީ މި މަސް ތެރޭގައި ކައިވެނި ކުރުމަށް. އެއީ ރިޔާޒް ކަރަންޓީން މުއްދަތު ނިންމާފައި އެނބުރި ގެއަށް އައުމުން"

ރިޔާޒް އިންޑިއާއަށް ކުރާ ދަތުރާއި ގުޅޭޭގޮތުން ދުބާއީގައި ހުންނަ އިންޑިއަން ކޮންސިއުލޭޓްގައިވެސް ބުނެފައި ވަނީ "މި ދަނީ ކައިވެނީގެ ފަންކްޝަންއަށް ކަމަށް. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ޕްލޭން ކުރި ކަމެއްކަމަށް"

އެހެން ނަމަވެސް ބޭނުންވި ގޮތަށް އެކަން ވެގެން ނުދިޔައެވެ.

ބޯޓު އެކްސިޑެންޓް ހާދިސާއިން ބޭބެ ސަލާމަތްވި

މިދިޔަ ހުކުރު ދުވަހު ރިޔާސް ދުބާއީ އިންޑިއާއަށް ދަތުރު ފެށި އެ މަތިންދާ ބޯޓަށް އެރީ އޭނާގެ ބޭބެ ނިޒާމުއްދީނާއި އެކުގައެވެ. އޭނާގެ ބޭބެ މަސައްކަތް ކުރަމުން ގެންދިޔައީ އަލް އައިން ގައެވެ. އެ ހާދިސާ އޭނާގެ ބޭބެ ސަލާމަތްވި އެކެވެ.

"ރިޔާޒް އެ ހާދިސާ މަރުވިއިރު، ނިޒާމުއްދީނަށް ވަނީ ބޮޑު އަނިޔާއެއް ނުވެ ސަލާމަތްވެފައި". އަލީ ބުނެފައި ވެއެވެ.

ނިޒާމުއްދީނަށް ފަރުވާދެމުން ދަނީ ކޮޒިކޮޑޭ މެޑިކަލް ކޮލެޖުގައެވެ. ރިޔާޒް މަރުވި ވާހަކަ އޭނާއަށް ކިޔާދީފައެއް ނުވެއެވެ.

"އަހަރުމެން ގާތުގައި ބުނެފައި ވަނީ، ނިޒާމުއްދީން ހުރި ނުރައްކާލުން ސަލާމަތްވެފައި ކަމަށް. އެހެން ނަމަވެސް އޭނާއަށް އަނިޔާތަކެއްވެފައިވާ ކަަމަށް އަދި ފަރުވާދެމުން ދާކަމަށް".

އިއްޔެ މި އާއިލާއިން ވަނީ ރިޔާޒްގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައެވެ. އެ ޖަނާޒާގައި ރިޔާޒްގެ އާއިލާ އާއި ހަންޔާގެ އާއިލާ ބައިވެރިވިއެވެ.

އަލީ ބުނީ، އެ ހާދިސާއަށްފަހު ހަންޔާ ހުންނަނީ ވަރަށް މަޑުން ކަމަށެވެ.

ހަންޔާގެ އެ ދެލޮލުން ކަރުނަ ނުހިކޭނެ އެވެ. އޭނާ ދެކެމުން އައި އެ ހުވަންފެންތައް ވިއްސި ވިހާލި ވެގެން ދިޔައީ، އެ ލޯބި ކަންފުކޮށް ވަޅުލެވިގެން ދިޔައީ، މުޅި ދެ އާއިލާވެސް ރޮއްވާލާފައެވެ.