ދިވެހި ދެޒުވާނުން ސަބްމެރިންގައި ކައިވެނިކޮށް، ކައިވެނި ހަފްލާއަށް ފަހު ކައިވެނި ހެދުމުގައި ޑައިވެއްކޮށް ސަމާލުކަން ހޯދައިފިއެވެ.
ވޭލް ސަބްމެރިންގައި ކައިވެނިކޮށް ސަމާލުކަން ހޯދާފައި ވަނީ ރާއްޖޭގެ މަޝްހޫރު ޑައިވަރު ހަސަން އަހްމަދު މަނިކު (ލަކުޑިބޯ) އަށް ބޮޑުބޭބެ ކިޔާ ޒުވާނެއް ކަމަށްވާ މުހައްމަދު މަފްޒޫލް މައުރޫފް އާއި ރާނިޔާ އަޝްރަފް އެވެ.
ދިވެއްސަކު ފުރަތަމަ ފަހަރަށް ކަނޑުގެ އަޑީގައި ކައިވެންޏެއް ކުރީ މީގެ 17 އަހަރު ކުރިންނެވެ. އެއީ 2001 ވަނަ އަހަރު ވޭލް ސަބްމެރިންގައެވެ. އެއީ ވެސް ލަކުޑިބޯގެ އާއިލާ އަށް ނިސްބަތްވާ މީހެކެވެ.
އޮންލައިން ނޫސް "ރާއްޖެ އެމްވީ" އިން ބުނީ މިއަދު ކައިވެނި ކުރި ދެ ޒުވާނުންނަކީ ވެސް ޑައިވް ކުރާ ދެޒުވާނުން ކަމަށް ވުމުން ކަނޑު އަޑީގައި ކައިވެނި ކުރުމަކީ އެމީހުން ދެކެމުން އައި ހުވަފެނެކެވެ. ދެމީހުން ކައިވެނި ކުރީ އާދީއްތަ ދުވަހު ހަވީރު އެވެ.
"ރާއްޖެ އެމްވީ" އިން ބުނީ މިދެޒުވާނުންގެ ކައިވެނި ހަފްލާ ޕްލޭން ކުރީ މަޝްހޫރު ވެޑިންގް ޕްލޭނިންގ ކުންފުނި "ޕަރފެކްޓް ސެލެބްރޭޝަންސް" އިންނެވެ. މި ކައިވެނީގެ ކަންކަން އިންތިޒާމުކޮށް ރޭވިފައިވާ ގޮތަށް ވޭލް ސަބްމެރިންގައި 30 މީޓަރަށްވުރެވެސް އަޑީގައި ކައިވެނިކޮށް ނިންމާލީ "ޕަރފެކްޓް" ކޮށްކަމަށް އެނޫހުގައި ބުނެފައި ވެއެވެ.
"ކައިވެނީގެ ކަންކަން ސަބްމެރިންގައި ކޮށް ނިންމާލުމަށްފަހު، ޑައިވް ކުރާ އެ ދެމަފިރިން ބޭނުންވީ ކައިވެނީގެ ރީތި ހެދުމުގައި ކަނޑުގެ އަޑީގައި ފީނާލުމަށެވެ. އެހެންކަމުން ކައިވެނި ނިންމާލައި އެ ދެމީހުން އެރީ ސަބްމެރީންގެ ޕްލެޓް ފޯމަށެވެ. އެމީހުން ބޭނުންވި ގޮތަށް ކަނޑުގެ އަޑިއަށް ފީނުމަށް ތައްޔާރުވުމަށެވެ. ސަބްމެރިންގެ ވަށައިގެން ކަނޑުގެ 31 މީޓަރުގެ އަޑިން ކައިވެނީގެ ހެދުމުގައި މަފްޒޫލް އަދި ރާނިޔާ ފެނުނީ ވަރަށް ހިތްގައިމުކޮށެވެ. އޭރު އެމީހުން ދިޔައީ އާއިލާއާއި ރަށްޓެހިންނަށް ހަނާއަޅަމުންނެވެ. ސަބްމެރިންގައި ތިބި އާއިލާއާއި ރަށްޓެހިންގެ ފޯނުތައްވެސް ހުރީ އެދެމީހުނަށް އަމާޒުވެފައެވެ. ގާތްގަނޑަކަށް 40 ވަރަަކަށް މިނެޓްގެ ޑައިވްއަކަށްފަހު މައްޗަށް އެރިއެވެ. އޭރު ސަބްމެރިންގެ ޕްލެޓްފޯމްގައި އާއިލާއާއި ރަށްޓެހިންނަށް ޚާއްސަކޮށްފައި އޮތް ސައިގެ ކަންތައް އޮތީ ތައްޔާރުވެފައެވެ." ރާއްޖެ އެމްވީގައި ބުނެފައި ވެއެވެ.
ރާއްޖެ އަންނަ ފަތުރުވެރިން ކައިވެނި ޕާޓީގެ ހެދުމުގައި ޑައިވްކޮށް ކައިވެނީގެ ފޮޓޯތައް ރާއްޖޭގެ ކަނޑުއަޑީގައި ނެގި ނަމަވެސް މިއީ ދިވެހިންގެ ތެރޭގައި ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.
ޙޫ އިޒް ލަކުޑިބޯ ؟ ވޫޑް ހެޑް
މަރުހަބާ ދެކުދިންނައްވެސް ...
ހަޔާތް ކަނޑު އަޑިއަށް ދުއްވާނުލާތި ކޮއިފުޅާ ލަކުޑިބޯ.. ލަކުޑި އަކީ ލޮނުޖެހުނީމަ އަވަހަށް ފީވާއެއްޗެއް ރަނގަޅަށް ޓްރީޓުކުރާތި..ބާއްޖަވެރި ކައިވެންޏަކަށް އެދެން
ދެން ޖައްވައް ގެންގޮސް ވަރިކޮށްލާ
ފަނީ
ހައްހާ ފަނީ
ލޮލް
އިސްލާމް ދީނުގައި ތީ ކޮންކަހަލަ ކަމެއްތަ.. ކޮބާތަ މިނިސްޓަރ ނޫނީ ކޮބާތަ ސަލަފު
ތީ ވަރަށް މޮޅު ކަމެއް ތި ކުރެވުނީ. ހިތުން.. އަހަރުން ކުރާނީ. ޖައްވުގަ ލައި. އޭރުން ރެކޯޑް ފޮތުގައި ޖަހާންޖެހޭނެ...
ސަހަރޯ. އެއްގަން ވެސް ކުޑަވީ؟
މޮޅެތި ގޮތްގޮތަށް ކައިވެނި ކުރިއަކަސް ނުވާނެ. ކުރާ ކައިވެނި ދެމެހެއްޓޭތޯ ބަލާތި. އެހެންނޫނީ ތިކުރި ހުރިހާ ކަމެއް ބޭކާރުވެ ސުރުޚީއަށް ދެންރަރާނީ "ކަނޑު އަޑީގައި ކޮއިވެނިކޮށް ސަމާލުކަން ހޯދި ދެމަފިރިން މަސްދުވަސް ނުވަނީސް ވަރިވެއްޖެ" މިހެންކިޔާފަ. ކީޕް އިން މައިންޑް.
ހިތުން ވަރަށް މޮޅުކަމެއް... މިވެސްދެން ހަބަރެކޯ... އަހަރެމެނަކާ ކީއްތަ ކޮންމެތާކު ކޮންމެ ކަމެއް ކުރިޔަސް.. ގިނަ މީހުނަށް އަންގަންވެގެން ނޫސްތަކުގަ ޖަހާ.. މިދެން ބޮޑުވަރު .... އަހަރެމެނަށް ހެޔޮ ކައިވެނި ހެދުން ލައިގެން ފަރަށް ދިޔަސް..
ޙަޖަމ ކޮލުނ ކިހިނެ ވަަަނިި
ލަކުޑިބޯ އާއިލާ ވަރެއްނެއް ހަމަ.
ޙަޖަމ
ދީނީ ނަޒަރިއްޔާތުން މިކަން ކުރަން މިގޮތް ރަގަޅުތޯ. ދިވެހިން ގެ ގޮތުގައި އިސްލާމް ދީން
ޖަމަލު ބޮލަކަސް މިފަހަރު މިއޮތީ މިކަން ކޮޮށްފައި
މާތްﷲ ހެޔޮރަހުމަތް ލައްވަވާށި އާމީން
މީ މި ޑައިވް ކުރާ ދެމީހުންގެވެސް ހުވަފެނެކޯ.. ދެން މިކަމާ އަހަރުމެން ޖޭ ވާނޭ ކަމެއްނެތް އިންޝާﷲ ޖޭ ނުވެ ތި އެންމެން ދެމަފިރިންވެސް ޑައިވް އަކަށް ދޭ..
ތިޔަކުރެވުނީ ކައިވެނި. ކަނޑުއަޑި ނުވަތަ އެއްގަމުގަ ވިޔަސް ނިމުެއްނެތް ދާއިމީދިރިއުޅުމަކަށް ވެއްޖެނަމަަ ހަގީގީ ބާއްޖަވރިކަމަކައްވުން އެދެން. ދަރިންލިބޭހިސާބުން ދިރިއުޅުންބާވެ މައްސަލަަޖެހި ދަރިންކޮޅު މަގުމައްޗައް ދޫކޮށް ނުލާހަރުދަނާއާއިލާއެއްބިނާނާކޮށް ގައުމިއްޔަތާއި ދީނުގެ ހަމަތަކާއި އުސޫލުތައް ގަބޫލް ކޮށްކުރިއަށްދިއުމައްގަދައަޅާ މަސައްކަތްކުރުމަކީ އެދޭހެޔޮއެދުމެއް.
?ސަޅި
އިސްލާމް ދީނުގެ ޙަރާމް ކަމުގެ ދަލީލެއް ނެތްހާ ހިނދަކު ކޮންމެކަމެއްގެ ވެސް އަސްލަކީ ހުއްދަ.މިގޮތަށް ކައިވެނި ކުރުން ޙަރާމް ކަމުގެ ދަލީލެއް ނެތް.އަދި ކައިވެނި ކުރުމަށްފަހު ޑައިވް ނުކުރެވޭނެ ކަމުގެ ދަލީލެއްވެސް ނެތް. މާތް ﷲ ތިދެކުދިންނަށް އުފާވެރި ދިރިއުޅުމެއް ދެއްވާށި. އާމީން