އިންޑިއާގައި ހިންދޫންނާއި މުސްލިމުންނާއި ދެމެދު ހަމަނުޖެހުންތައް ހިނގުމަކީ އާއްމުކަމެކެވެ. އެގޮތުން ގެރިމަސް އުފުލުމާއި ކެއުން ފަދަ ކަންކަމާއި ގުޅިގެން މުސްލިމުންނަށް ހަމަލާދީ، އަނިޔާކޮށް މަރާލުން ފަދަ ލާއިންސާނީ އަމަލުތައް ވެސް ހިނގާފައި އެބަހުއްޓެވެ.

މީގެ އިތުރުން ސިޔާސީ ގޮތުންވެސް ބައެއް ހިސާބުތަކުގައި އިންޑިއާގެ މުސްލިމުނަށް ވަރަށް ބޮޑެތި ތަފާތުކުރުންތަކާއި ކުރިމަތިލާން ޖެހެއެވެ.

ދާދިފަހުން 52 އަހަރުގެ އޮޓޯ ޑްރައިވަރު ގައްފަރު އަހުމަދު ކަޗާވާ އާއި ދިމާވީ މިފަދަ ހަދިސާއެކެވެ. ރާޖިސްތާނުގައި އޭނާ އުޅެނިކޮށް، 2 މީހަކު ވަނީ އޭނާ ހުއްޓުވާ، "މޯދީ ޒިންދާބާދު" އަދި "ޖޭއި ޝްރީރާމް" (ހިންދޫންގެ ކަލާނގެއަކަށް ކުރިއެރުމަށް އެދުމަށް) ތަކުރާރުކޮށް އެދިފައެވެ.

އެފަދަ ކަމެއް ކުރުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނުމުން އެ ދެ މީހުން ވަނީ ގައްފަރު އަށް ހަމަލާދީ އޭނާގެ ތުނބުޅި އަށް ދަމާ، ލޮލާއި މޫނު ޒަހަމްކޮށްލާފައެވެ. އެ ދެ މީހުން ދިން ހަމަލާފައި އޭނާގެ އަނގައިގެ ދަތެއް ވެސް ވަނީ ބިންދާލާފައެވެ.

ގައްފަރުގެ އަތުގައި އަޅާ ގަޑި އާއި، އޭނާގެ ފައިސާވެސް އެ ދެމީހުންވަނީ ފޭރިގަނެފައެވެ. އެ ހުރިހާ އަނިޔާއަކަށް ފަހު ވެސް ގައްފަރު ވަނީ މޯދީ އާއި ހިންދޫއިންގެ ކަލާނގެއަށް ތައުރީފްކުރުމަށް ދެކޮޅު ހަދާފައެވެ.

އެ ހާދިސާ އާއި ގުޅިގެން ގައްފަރު ފުލުހުންނަށް ހުކުރު ދުވަހު ހުށަހެޅި މައްސަލަ ބެލުމަށްފަހު ފުލުހުން ވަނީ އެ މައްސަލައިގައި 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެ ދެމީހުން ގައްފަރުގެ އޮޓޯ ހުއްޓުވީ ދުންފަތްކޮޅެއް ހޯދަން ކަމަށް ބުނެއެވެ. އެ މައްސަަލައިގައި ހައްޔަރު ކުރި ދެ މީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ތިބީ މަސްތުގެ ހާލަތުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހެއްވާ

    އެމީހުން މަސްތުގެ ހާލަތުގަ ހުންނައިރު އެނގޭ ދޯ މއޮޓޯ ޑުރައިވަރަކީ މުސްލިމެއްކަން.އަދި އެމުސްލިމު ބޭބެ ކައިރީ ހިންދޫއިންގެ ކަލާނގެއަށް ތައުރީފުކުރަން ވެސް ބުނަން އެނގިއްޖެ ދޯ..

    44
    1
  2. އަލްޖިބްރާ

    ތިޔަ އިންޑިއާގެ ނުބައި ނުލަފާ އެންމެން މި ކޮރޯނާ ވައިރަހުގައި ހަލާކު ކުރައްވާފާދޭ ! އާމީން !

    51
    6
    • އަޙުންގެ އަޙް

      ތިހެން ނުބުނޭ. އަހަރަމެން މުސްލިމުންނަކީ ހަސަދަވެރިކަން ހިތުލައިގެން އުޅެން ޖެހޭ ބައެއް ނޫން. އެކި މީހުންނަށް މާތްރަސްކަލާންގެ އެކި ވަރުގެ އިމްތިހާންތައް މެދުވެރި ކުރުވާނެ. އެ ބޭބެގެ އެއްވެސް ދިފާއީ ބާރެއް ނެތްތަކު ކަންއެކުރީ ވަރަށް ހިއްވަރު ގަދަކޮށް. ދައްޖާލުގެ ޖަހަންނަމަ އަކީ ދެންއޮތް ދުނިޔޭގެ ޖަންނަތު. ހަމަ އެފަދައިން ދައްޖާލުގެ ޖަންނަތަކީ ދެންއޮތް ދުނިޔޭގެ ޖަހަންނަމަ. އަޙުންނާއި އުޙުތުންނޭ، ކާފިރަކާއި ދިމާލަށްވެސް ބަދު ބަސް ނުބުނޭ. އަހަރަމެންނަށް ކަމެއް ކޮށްދެވެން ނެތްތާގަ، ދުނިޔޭގަ ދަތި ހާލުގަ އުޅޭ މުސްލިމުންގެ ސަލާމަތަށް އެދި ދުއާ ކުރޭ.

      21
      2
  3. Anonymous

    މިއީ އަޅުގަޑުމެންގެ ލޮބުވެތިމުސްލިމްއަޚުންނަށްކަންތައްކުރާގޮތް ގެރިމޯދީ ދިވެހިންނަށްހެޔޮނޭދޭނެކަން މިރާއްޖޭގެ ވެރިން ދަންނަންޖެހޭ ބޭއިންސާފުންކަތިލާތަޅާ މަރާ އެހަދަނީ މުސްލިމުންނަށް. ކަރުނައަޅާނުރޯނަންތަ ، އިގިރޭސިވިލާތުގެ ސަލީބީންތަކެއްމަރުވެގެން ނޫނީ ލަންކާގެ ފައްޅިއެއް ގޮއްވާލީމަ އެކަނިތަ ބުއްޅައާއިލާގެޒުވާންއަންހެންކުދިން ރޮއެރޮއެފާހިތައްކެތްނުވެގެން ސްޕީޗްދެނީ

    40
  4. ޟިޏް

    ޙަލާކުހުރި

    37
    • ބުރާންޗާ

      އަޅެކަލޭ ކޮވިޑަށް ހަލާކަށް ގޮވާބަލަ

      3
      12
  5. ރޯދީ

    ފިތުނަ ފެތުރުމަކީ މިއީ

    1
    17
  6. ނައިފަރު..⭕

    ރާ އްޖޭގަ ބޮޑު ނިސްބަތެ އް އޮންނާނީ ބިދޭސީން. އޭގެތެރޭގަ އި ވެސް އިންޑިޔާަ މީހުން ވެސް މަދެ އް ނުވާނެ..?...ގެރި މޯދީ މާހެޔޮ ހިތާގެން އެ އުޅެނީ ރާ އްޖެ ހިފަންބާ..؟ އިންޑިޔާގަ މުސްލިމުން މަރަނީ..ރާ އްޖޭގަ އި ވެސް މިތިބީ މުސްލިމުން ހަމަ މަރާފާނެ..?..މާ ދެއްކުންތެރީ މި ގެރި މޯދީ..?..މޯދީ ހަލާކު ކުރަށްވާށި..!? އާމީން..!☝️

    22
  7. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ﷲގެދުސްމަން މޯދީއާއި އެމީހުންގެއަޅު ކަން ކުރާ ހުރިހާމުޑުދާރު ތަ ކެއްޗާ ބުދުފައްޅިތައް ހަލާ ކު ކުރައްވާދޭ އާމީން

    23
    1
  8. ދަރަނި ދަންތުރަ

    މިފަދަ ހަބަރުތަށް މިގައުމުގެ ރައީސް ، ފޮރިންމިނިސްޓަރ ، މަޖިލީހުގެ ރައީސް ކިޔާބާ ؟

    12
  9. Anonymous

    ދެން އިންޑިޔާގަ އުޅޭނެ ކަމެއް ނެތެއްނު ތި ވަ ރުން