ކުރީގެ ލޯބިވެެރިޔާ މަތިން ހަނދާން ނައްތާނުލެވިގެން ވަަރަށް ބަައިވަރު މީހުން އުޅެއެވެ. އެ ހަނދާންތައް ދުރަށް ނުދެވި އެންމެ ފަހުން އެ ބައިވެރިޔާއަށް މައާފްދީގެންވެސް އަލުން އުޅެން ބޭނުންވާ މީހުންވެސް މަދެއް ނޫނެވެ.

އެ ބައިވެރިޔާއަށް އިތުރު ފުރުސަތެއް ތިދެނީ ކިހާވަރަކަށް ވިސްނާފަ ހެއްޔެވެ؟. އެ ވިސްނުން ވިސްނާލުމުގެ ކުރިން ކުރީގެ ލޯބިވެރިޔާ ކައިރިއަށް ނުދާންވީ ސަބަބުތަކަށް ބަލާލަމާ ހިނގާށެވެ.

އެއްފަހަރު ދޫކޮށްލާފައި ދިޔަ މީހަކު ދެވަނަަ ފަހަރަށް ދާކަށް ޖެހިލުމެއް ނުވާނެ

ދޫކޮށްލާފައި ދާނީ ސަބަބެއް އޮތީމައެެވެ. އެނބުރި އަންނަން ބޭނުންވާ ވަރަށް ގިނަ ސަބަބުތައްވެސް ބައިވަރެވެ. ތިމާގެ އެއްވެސް ކުށެއް ނެތި ތިމާ ލޯބިވާ މީހަކު ތިމާ ދޫކޮށްލާފައިދެއެވެ. އޭނާ އެނބުރި އަންނަންވެސް އާދެއެވެ އަނެއްކާވެސް ދޫކޮށްލާފައި ދަނީއެވެ. މިއީ ތިމާއަށް ލިބޭ ކިހާ ބޮޑު ނިކަމެތި ދެރަ ކަމެއް ހެއްޔެވެ؟ އެހެންކަމުން އަނެއްކާ ކުރީގެ ލޯބިވެރިޔާއާ ގުޅޭއިރު ވިސްނާލުން މުހިންމެވެ.

ކުރިން ކުރި އިތުބާރުވެސް ނުކުރެވޭނެ

އިތުބާރަކީ ރިލޭޝަންޝިޕެއްގައި ވަރަށް މުހިންމު އެއްޗަކަށް ވާއިރު، އެއް ފަހަރާ ރުޅި ވެފައި އަނެއްކާ ރައްޓެހިވެގެން އުޅޭއިރު، ކޮންމެވެސް ވަރެއްގެ ޓްރަސްޓް އިޝޫސް ކުރިމަތިވާނެއެވެ. މިގޮތަށް މައްސަލަ ޖެހި ރިލޭޝަން ކުރިއަށްނުދެވޭ ވަރު ވެއެވެ. މިއީވެސް އެނބުރި ކުރީގެ ލޯބިވެރިޔާ ކައިރިއަށް ނުދާންވީ ސަބަބެކެވެ.

ކުރިންވި ލޯބި ނުލިބުން

މިރީ އާއްމުކޮށް ދިމާވާ މައްސަލައެކެވެ. ކުރީގެ ލޯބިވެރިޔާއާއެކު ގުޅުން ބަދަހިކޮށް އަލުން އުޅެން ފަށާއިރު، ކުރިންވީ ލޯބި ނުވާނެއެވެ. އޭނާ ތިމާ ދޫކޮށްފައި ދިޔައީ ތިމާގެ މައްސަލައެއް ކަމުގައި ވަނަަމަ މިއީ އާއްމުކޮށް ދިމާވާނެ ކަމެކެވެ. އަދި ވަކިން އޭނާ ތިމާގެ އެ މައްސަލައިގެ ވާހަކަ ދޭތެރެ ދޭތެރެއިން ކިޔާނެވެ.