އިންޑިއާގެ ސްކޫލެއްގައި ކިޔަވާ ދަރިވަރުންތަކެއް ދުނިޔެއާއި ދިމާލަށް ދަތުރުކުރަމުން އަންނަ ގިނިހިލައެއް ހޯދައިފިއެވެ.

ގުޖުރާތުގެ ސޫރަތް ސިޓީގައި، ގްރޭޑް 10 ގައި ކިޔަވާ ދެ ކުއްޖަކު ގުޅިގެން ހޯދި މި ހޯދުންތަކުން ހާމަވެފައިވަނީ، ދުނިޔެ ހިމެނޭ އޯބިޓުގައި މި ގިނިހިލަ ދުނިޔެއާއި ކައިރިވަމުން އަންނަކަމެވެ. އެ ދަރިވަރުންނަށް މި ގިނިހިލަ ފެނިފައި ވަނީ ސްކޫލުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރުމަށް ދިރާސާކުރަމުން ދަނިކޮށެވެ.

"އެޗްއެލްވީ2514" ގެ ނަމުން ނަންދީފައިވާ މި ގިނިހިލަ ހޯދާފައި ވަނީ ޕްރޮޖެޓޫގެ މަސައްކަތަށް ޔުނިވާސިޓީ އޮފް ހަވާއީގައި ޤާއިމްކޮށްފައިވާ ބާރުގަދަ ޓެލެސްކޯޕަކުން ނަގާފައިވާ ފޮޓޯތަކެއް ދިރާސާކޮށްގެންނެވެ.

ޕްރޮޖެކްޓުގެ މަސައްކަތް ކުރަމުން ދަނިކޮށް މި ގިނިހިލަ ފެނުމާއި ގުޅިގެން އެ ދަރިވަރުން ކިޔަވަމުން ދިޔަ ސްކޫލުގެ ފަރާތުން ވަނީ އެމެރިކާގެ ޖައްވީ އިދާރާ، ނާސާއަށް މި މަޢުލޫމާތު ޙިއްސާކޮށްފައެވެ.

"އެޗްއެލްވީ2514" މިހާރު ދައުރުވަމުން ދަނީ ދުނިޔޭގެ އޯބިޓަށްވުރެ، ދުނިޔެއާއި ޖެހިގެން އޮންނަ މިއްރީޚު (މާސް) ގެ އޯބިޓާއި ކައިރިންނެވެ. ނަމަވެސް ކުރިޔަށް އޮތް އަހަރުތަކުގައި މި ގިނިހިލަ ދުނިޔޭގެ އޯބިޓާއި ކައިރިވަމުން އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް މި ގިނިހިލަ ދައުރުވާނީ ދުނިޔެއާއި ހަނދާއި ދެމެދުގައި ހުންނަ ދުރުމިނަށްވުރެ ދިހަ ގުނަ ދުރުން ކަމަށް ބެލެވިފައި ވެއެވެ.

މި ގިނިހިލައިން ދުނިޔެއަށް އަދި ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް ނެތް ނަމަވެސް، މިފަދަ ގިނިހިލަތައް ނާސާއިން އަންނަނީ މޮނީޓާ ކުރަމުންނެވެ. އެއީ މިފަދަ ގިނިހިލަތަކަކީ، ކައުނުގައި ހިނގާ ބައެއް ކަންކަމުގެ ސަބަބުން މިސްރާބު ބަދަލުވާ އެއްޗަކަށް ވުމުންނެވެ.

ނާސާއިން މިހާރު އަންނަނީ "އެޗްއެލްވީ2514" އާއި ބެހޭ އިތުރު މަޢުލޫމާތު އެއްކޮށް މި ގިނިހިލައިގެ އިތުރު ހޯދުންތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތިކުދިންގެ ބޭބެ

    ދުނިޔެއާ ކަރިންދިޔަސް އަދި ދުރުން ދިޔަސް އެ ހުއްޓުވުމަކަށް އެކަކަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ. ދުނިޔެ ހިނގަމުން މިދަނީ އިލާހީ ޤާނޫނުގެ ދަށުން ވަރަށް ފުރިހަމައަށެވެ. އެތައް މިލިޔަން އަހަރެއް ވޭތުވެ ދިޔައިރުވެސް ތިޔަ ގިނިހިލަތައް ހަމަ ކައުނުގައި ދައުރުކުރަމުން ދިޔައެވެ. އެކަމަކު އެއިން ޖެހި ދުނި ނިމުމަކަށް ނާދެއެވެ. ދުނިޔެ ނިމޭނެ ދުވަހާއި ވަގުތު ވަނީ މާތްﷲ ޞޥ ކަނޑައަޅުއްވާ ލިޔުއްވާ ނިންމަވާފައެވެ. އެއަށްއަވަހެއް ލަހެއް ވުމެއް ނެތެވެ. އަހަރެމެންނަށް އޮތީ އެދުވަހަކަށް ތައްޔާރުވެގެން އިންތިޒާރުގައި ތިބުމެވެ. މާތްﷲ އެންމެގެވި ތެދުމަގުގައި ސާބިތުވެ އެކަލާންގެއަށް ބިރުވެތިެ އަޅުކަން ކުރަމުން ދާންވީއެވެ. މިދުނިޔެއަކީ އަގެއް ހުރިއެއްޗެއް ނޫނެވެ. ސަވާބާއި ޢަޛާބު ވަނީ އާޚިރަތް ދުވަހުން ބެހެއްޓޭ މީޒާނުގެ އިންސާފަށްފަހުއެވެ. އެހެންޏާ ޖަންނަތެވެ. އެހެންޏާ ޖަހަންނަމައެވެ. ހެޔޮ ޢަމަލުކުރި އަޅުންނަށް އުފަލުގެ ކޮޅެއްނެތެވެ. ނުބައި ނުލަފާ ކަތުންނަށް ހިތާމަޔާ ވޭނުގެ އިންތިހާއެވެ. އޭ ލޯބިވާ މުސްލިމު، އެއްކައުވަންތަކަމަށް ހެކިވާ އަޅުންނޭވެ. ނިކަން ހޭލާ ތިބޭށެވެ. އަހަރެމެން ވާވައްދާލަން އިސްލާމް ދީނުގެ ޢަދުއްވުން ވަރަށް މަސައްކަތްކުރާނެއެވެ. އޭ ހޭއަރާ ތިބޭށެވެ.

    35
    18
    • ޖާހިލު

      ބަލަ އަހަރެމެން އިލްމު އުނގެނިގެން އެކަހަލަ އެއްޗެހިން ދުނިޔެ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމޭ އޮތީ

      1
      11
    • ސަމްތިންގްސް ވީޑޯންޓްނޯ

      މާ ބޮޑަށް އިލާހީ ގާނޫން އެނގިގެން އުޅުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ "ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެން ވަނީ މާތްﷲ އޭ. އަދި ޣައިބުގައި ވާކަންތައްވެސް ދެނެވޮޑިގެންވަނީ އެކަލާނގެކޭ ބުނުން." ފަހަރެއްގައި އިލާހީ ގާނޫނުގައި އޮވެދާނެ އިންސާނުން މީގެ ގިނިހިލައެއް ގޮއްވާލާނެ ކަންވެސް. ފަހަރެއްގައި މިއީ. ގިޔާމަތްވާއިރު އިލްމު ގެއްލިގެންދާކަން އިސްލާމީ ފޮތްތަކުން އެނގޭ. ބައެއް ފޮތްތަކުގައި ވަނީ ގިޔާމަތް ކައިރިވާއިރު ކަޑިން ހަނގުރާމަކުރާވާހަކަ. ފަހަރެއްގައި އަދި ދުނިޔެއިން ބަޑިއާއި ބޮންތައް ނެތި ބޮޑު ގަތުލުއާމެއް ހިނގައި އެތަކެއް ބިލިއަން މީހުނެއް މަރުވެ ދުނިޔެއިން އިލްމުގެ ބޮޑު ބައެއް ނެތިގެންވެސް ހިނގައިދާނެ. ސީދާ ނުބުނެވޭނެ ނުކެރޭނެއޭ ނުހުއްޓުވޭނެއޭ. ދުނިޔޭނެ ނިމޭނެ ކަމީ ޝައްކެތް ނެތް ކަމެއް އެކަމަކު މުސްތަގުބަލުގައި ހިނގާ ކަންކަން މާތްﷲ ފިޔަވާ އެކަކަށްވެސް ނޭނގޭނެ. ކަލެއަށްވެސް ނޭނގޭނެ.

  2. އަލްޖިބްރާ

    އިންޑިއާގެ ދަރިވަރުން މިފަދަ ހޯދުންތަށް ހޯދިޔަސް ތިޔަ އިންޑިއާގެ ސަރުކާރުގައިތިބީ ވަރަށް ނުބައި ނުލަފާ ބައެއް ! އެމީހުންގެ ސަބަބުން އިންސާނިއްޔަތަށް ކުރާ ފައިދާއަށްވުރެ ގެއްލުންބޮޑު !

    45
    109
  3. ޒާޙިރު

    އިލްމު އުގެނުނަސް ގިނިހިލަ އާއި އެހެނިހެން ތަކެތި ނުގޮއްވޭނެ...ފެންވަރެއްނޫން!!ވަރަށް ސަލާމް..

    1
    1