އިންޑިއާގައި ޒުވާން ދެ ލޯބިވެރިއަކު މަރާލުމަށްފަހު އަންދާލި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ބިހާރްގެ އައުރަގްއާބާދް ޑިސްޓްރިކްޓުގައި މިިދިޔަ ހޮނިހިރު ދުވަހު، މި ހާދިސާ ހިނގިއިރު، މިއީ "ހޮނަރަރީ ކިލިންގ"އެއްގެ ގޮތުގައި ފުލުހުން ވަނީ ސިފަކޮށްފައެވެ.

ފުލުހުން ބުނެފައި ވަނީ، މަރާލުމަށްފަހު އަންދާލި އުމުރުން 19 އަހަރުގެ ނީރާޖް ކުމާރް، އާއި އުމުރުން 17 އަހަރުގެ އަމްރީތާ ކުމާރީއަކީ އެއް ވިލޭޖެއްގައި ދިރިއުޅެމުން އަންނަ އެއް ކޮމިއުނިޓީއެއްގެ ބައެއް ކަމަށެވެ. އަދި މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެން ފަށައި، ދެ މީހުން ދެ މީހުންނަށް ބައްދަލުކުރާތާ ދެ އަހަރު ވެދާނެ ކަމަށްފުލުހުން ބުނެފައި ވެއެވެ.

އެހެން ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު އަމްރީތާ ނީރާޖްގެ ގެއަށް ދިއުމުން، އަމްރީތާގެ އާއިލާ މީހުން އެގެއަށް ގޮސް އޭނާގެ ގާތުގައި ގެއަށް އައުމަށް އެންގި ކަމަށާއި، ނަމަވެސް، އޭނާ ގެއަށް ދާން ދެކޮޅު ހެދުމުން ޒުވާބަކަށް އެކަން ދިޔަ ކަމަށް މަންޒަރު ދުން މީހަކާއި ހަވާލާދީ ނޫސްތަކުން ބުނެފައި ވެއެވެ. އަދި އެ ޒުވާބުގެ ތެރެއިން އަމްރީތާގެ ބޭބެ އޭނާ ބިންމައްޗަށް ވައްޓާލައި، އޭނާގެ ގަޔަށް އެތައް ފަހަރަކު ވަޅި ހެރީ ކަމަށް އޭނާ ބުނެފައި ވެއެވެ.

އަމްރީތާގެ ހަށިގަނޑުން ބައިވަރު ލޭފޭބުމުގެ ސަބަބުން އޭނާ ވަނީ އެތަނަށް މަރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އަމްރީތާ މަރުވި މަންޒަރު ފެނުމާއެކު، ނީރާޖް ގެއަށް ވަދެ، ކޮޓަރީގައި ތަޅުލި ނަމަވެސް، އަމްރީތާގެ އާއިލާ މީހުން ވަނީ އެ ދޮރު ހަލާކުކޮށްލުމަށްފަހު ވަދެ، އޭނާގެ ގަޔަށްވެސް ވަޅި ހަރައި މަރާލާފައެވެ.

އަދި މި ދެ ހާދިސާ ހިނގިތާ ނާގިނަ އިރުތަކެއް ނުވަނީސް، ދެ މީހުންގެ އާއިލާއިންވެސް ވަނީ، އެ މީހުންގެ ހަށިގަނޑު އަންދާލުމަށްޓަކައި، ކްރެމޭޝަން ސައިޓަށް ގޮސްފައެވެ. އަދި ދެ މީހުން އެއް ތަނަކަށް ލައި ވަނީ އަންދާލާފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދެ މީހުންގެ ހަށިގަނޑުވެސް އޮތީ 90 އިންސައްތަ އަނދާފައެވެ.

އަދި ފުލުހުން ވަނީ އެ މީހުން ހަށިގަނޑު އެތަނުން ނަގައި، އޮޓޮޕްސީ ހެދުމަށް ފޮނުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނިމާލު ބެ

    ޥަރައް މޮޅު ދެންއަތް ޖަހަން ވީންނު