އިންޑިއާ މީހެއްގެ އަތުން 2006 ވަނަ އަހަރު ތެރޭގައި ގެއްލުނު ވޮލެކެވެ. އެ ވޮލެޓް ގެއްލުނުއިރު އޭގައި ހުރީ ދިވެހި ރުފިޔާއިން ބަލާނަމަ 184 ރުފިޔާ އެވެ. އެ ވޮލެޓް ވަގަށް ގެންގޮސްފައި ވަނީ މުމްބާއީގެ ރޭލެއްގެ ތެރެއިންނެވެ. އެ ވޮލެޓް ގެއްލުނުތާ 14 އަހަރު ފަހުން ފުލުހުން ވަނީ އެ ވޮލެޓް ފެނިއްޖެކަމަށް ބުނެ، އެ މީހާއަށް ގުޅާފައެވެ.

ހެމެންޓް ޕަޑަލްކަރް ނަމަކަަށް ކިޔާ އެ މީހާގެ ވޮލެޓް ގެއްލުނީ 2006 ވަނަ އަހަރު ތެރޭގައި ކަމަށް ސަރުކާރުގެ ރެއިލްވޭ ޕޮލިސްގެ ފަރާތުން އިންޑިއާގެ މީޑިއާތަކަށް އޮގަސްޓް ނުވަ ވަަނަ ދުވަހު ބުނެފައި ވެެއެވެ.

އަދި މި އަހަރުގެ އޭޕްރޮލް މަސް ތެރޭގައި ސަރުކާރުގެ ރެއިލްވޭ ޕޮލިސް އިން ވަނީ އެ ވޮލެޓް ފެނިއްޖެ ކަމަށް ބުނެ، ގުޅާފައެވެ. އެހެން ނަމަވެސް އޭނާއަށް ވޮލެޓް ބަލާ ދެވޭ ގޮތް ވަނީ ނުވެފައެވެ. އެއީ ކޮވިޑް-19 އާ ހެދި އެ ގައުމު ފުރަބަންދުކޮށްފައި އޮތުމުންނެވެ.

ޕަޑަލްކަރް ވަނީ ފުރަބަންދަށް ލުއިތައް ދިނުމާއެކު، އޭނާ ވަނީ މުމްބާއީގެ ވަޝި ސަރަހައްދުގައި ހުންނަ އޮފީހަށް ގޮސް އެ ވޮލެޓް ހޯދާފައެވެ. އަދި އޭގައި ހުރި ފައިސާވެސް ދީފައެވެ.

"އަހަރެންގެ ވޮލެޓުގައި އެއިރު 900 ރުޕިސް ހުރީ، އޭގެ ތެރޭގައި ކުރީގެ 500 ރުޕީސްވެސް ހިމެނޭ. އެ މީހުން އަހަރެންނަަށް ދިނީ 300 ރުޕީސް. އެ މީހުން 100 ރުޕީސް ނަގާފައި ވަނީ ސްޓޭމްޕް ޕޭޕާ ވޯކްއަށް ކަމަށް. އަދި ބާކީ ހުރި 500 ރުޕީސް ދޭނީ، މިހާރުގެ ފައިސާއަށް ބަދަލުކޮށްފައި ކަމަށް އެ މީހުން ބުނި". ޕަޑަލްކަރް ބުނެފައި ވެއެވެ.

ޕަޑަލްކަރްގެ ވޮލެޓް ވަގަށް ގެންދިޔަ މީހާ އެއިރު ހައްޔަރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު