އެއް އަހަރާއި، ބައިގެ ކުރިން އުއްތަރް ޕްރަދޭޝްއަށް ނިސްބަތްވާ މި އަންހެން މީހާ ގެއްލިގެން ރިޕޯޓް ކުރިއެވެ. އޭނާ އެނބުރި ގެއަށް އަތުވެއްޖެއެވެ. އޭނާ އެނބުރި ގެއަށް އައިއިރު، އޭނާ މަރާލި ކަމާށް ބުނެ، އޭނާގެ ބައްޕަ އާއި ބޭބެ އަދި އާއިލާ އިތުރު މެންބަރަކު ތިބީ ޖަލަށް ލާފައެވެ.

އަމްހޯރާ ފުލުހުން އެ އަންހެން މީހާގެ ބައްޕަ ސުރޭޝް އާއި އޭނާގެ ބޭބެ ރޫޕް ކިޝޯރްގެ އިތުރުން އާއިލާ މެންބަރެއް ކަމަށްވާ ޑިނޭޝް ހައްޔަރުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައެވެ. އެ މީހުން ހައްޔަރު ކޮށްފައި ވަނީ އެ އަންހެން މީހާގެ މަރުގެ މައްސަލައެއްގައެވެ. އެ އަންހެން މީހާ ގެއްލުނު މައްސަލަ ފުލުހުންނަށް ރަނގަޅަށް ނުބެލި، އެ މީހުން ވަނީ، އާއިލާ މީހުން އެ އަންހެން މީހާ މަރާލި ކަމަށް ބުނެފައެވެ.

އަދި ފުލުހުން ބުނެފައިވާގޮތުން، އެ މީހުންގެ އަތުން ބަޑިއަކާއި ގެއްލިގެން ހޯދާ މީހާގެ އަންނައުނު ފެނިފައިވެއެވެ.

އެ އަންހެން މީހާ އެނބުރި ވިލޭޖަށް އައިސްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އޭނާ ބުނެފައި ވަނީ، އޭނާ ދިރިއުޅެމުން ގޮސްފައި ވަނީ ދިއްލީގައި އޭނާގެ ލޯބިވެރިޔާއާ އެކުގައި ވެއެވެ.

އެ މައްސަލާގައި، އެ އަންހެން މީހާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން ދިޔަ ފުލުހުން ވަނީ ސަސްޕެންޑްކޮށްފައެެވެ. އަދި އެ އަންހެން މީހާގެ އާއިލާ މީހުން ޖަލުން ދޫކޮށްލާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

"އެ އަންހެން މީހާގެ ބަޔާން ކޯޓުގައި އިއްވާނެ. އަދި އެ ކަން ބެލި ފުލުހުންގެ ވާހަކަތައްވެސް ހިއްސާ ކުރާނެ"

އެ އަންހެން މީހާ ގެއްލުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ. އެ އަންހެން މީހާގެ އާއިލާއިން ތުހުމަތު ކުރީ އެ އަންހެން މީހާ އޭނާގެ ލޯބިވެރިޔާއާއެކު ފިލީ ކަމަށެވެ. އެހެން ނަމަވެސް ފުލުހުން އެ މައްސަލަ ރަނގަޅަށް ބެލުމެއް ނެތި އެ އަންހެން މީހާގެ އާއިލާ މީހުން ހައްޔަރުކޮށް، އެ މީހުންނަށް އަނިޔާކޮށް، އެ މީހުން ލައްވާ އޭނާ މަރާލި ކަމަށް އެއްބަސް ކުރުވީ ކަމަށް އެ އަންހެން މީހާގެ އާއިލާއާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އަދި އެ މީހުން ދެއްކި ކަމަށް ބުނާ ގެއްލުނު މީހެއްގެ ހެދުމަކީ، އެ އާއިލާއާ ގުޅުން ހުރި ހެދުމެއް ނޫން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އެމަންޖެ

    އަންނިގެ ނިންމުން ހުރީ މިގޮތަށް.

    48
    5
  2. އައްޑޫ ލެއި

    ނުހައްގުން އެމީހުންނަށް ދިން އަަނިޔާގެ ބަދަލު ލިބެންޖެހޭނެ. އަބުރުގެ ދައުވާވެސް ކުރެވެންޖެހޭނެ. ތިމައްސަލަ ތަހުގީގު ކުރި ހުރިހާ އެންމެންގެ މުސާރަ އެންއަހަރަށް ކަނޑާފަ އެމީހުންނަށް ދީ ވަގުތުން.

    37
  3. ކޮވިޑާ

    ފުލުހުންގެ ކަންހުރީ މިހެން މިތަނުގަވެސް، މަ ވަރައްފޫހިވާ ބައެއް ފުލުހުންތީ، ސިފައިން ހަމަ ހަބޭސް..

    8
    2
  4. ބަލަ!

    ޢަޖައިބު! ދަރީގެ އަންނައުނާއި އަދި އެނޫންވެސް ތަކެތި ގިނަ، މައިންބަފައިންގެ އަތުގައި ހުންނާނެއެވެ.