މުރުލީދަރަންއަކީ އިންޑިއާއަށް ޔޫއޭއީގެ ރަސް އަލް ޚައިމާހް ގައި އޭސީ ޓެކްނީޝަނެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އޭނާގެ އަނބިމީހާ ރެމްޔާ އާއި ފަސް އަހަރުގެ ދަރިފުޅު ވަނީ އިންޑިއާގެ ކެރެލާގައި ހިނގި ނުރައްކާތެރި ފްލައިޓް އެކްސިޑެންޓުގައި މަރުވެފައެވެ.

މުރުލީދަރަންއަށް އަށް ދިމާވެގެން މި އުޅޭ ހިތާމަވެރި ކަމަކީ އޮގަސްޓް 16 ވަަނަ ދުވަހު ބާއްވަން ނިންމާފައިވާ ދަރިފުޅާއި، އަނބިމީހާގެ ޖަނާޒާގައި ބައިވެރިނުވެވުމެވެ. ސަބަބަކީ އޭނާއަކީވެސް ދާދި ފަހުން ކަލިކަޓްއަށް އައި މީހެއްކަމުން އޭނާގެ ކަރަންޓީން މުއްދަތު ހަމަ ނުވާތީއެވެ.

ފްލައިޓް އެކްސިޑެންޓްވި އެ ހާދިސާގައި އޭނާގެ 10 އަހަރުގެ ދަރިފުޅު ޔަދޫޑޭވް ވަނީ ސަލާމަތްވެފައެވެ. އޭނާއަށް ދަނީ ކަލިކަޓްގެ އެސްޓާ އެމްއައިއެމްސް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެ ހޮސްޕިޓަލްގައި އޭނާގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އޭނާގެ ގާތަށްވެސް މުރުލީދަރަން އަށް އަދި ދެވޭކަށް ނެތެވެ.

"މުރުލީދަރަން ކަލިކަޓްއަޑް ދަތުރުކޮށްފައި ވަނީ، ފްލައިޓް އެކްސިޑެންޓްވީ ދުވަހު ނޫން އަނެއް ދުވަހު، އެއީ އަނބިމީހާއާ ދަރިންނާއި ގުޅޭގޮތުން މައުލޫމާތު އޭނާއަށް ނުލިބޭތީ. އޭނާ އެތަނަށް އައުމުން އެނގުނީ، އަންހެން ދަރިފުޅާއި، އަނބިމީހާ އެ ހާދިސާގައި މަރުވިކަން.އެކަމާައި ހެދި އޭނާ ވަނީ ގަނބުވެފައި، އެއްވެއސް މީހަކާއި ވާހަކަ ނުދައްކާ، ގުޅިޔަސް ފޯނެއް ނުނަގާ. އަދި އޭނާގެ ފިރިހެން ދަރިފުޅު ހޮސްޕިޓަލްގައި އޮތުމުން އެކަމާއިވެސް އޭނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައި". މުރުލީދަރަންގެ އާއިލާ މީހަކު ޚަލީޖް ޓައިމްސްއަށް ބުނެފައި ވެއެވެ.

މުރުލީދަރަންގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ އެ ނޫހަށް ބުނެފައިވާގޮތުން، ކޮވިޑް-19 އާ ހެދި އޭނާވެސް އަތް މަތި ދަތިވެގެން އާއިލާ އަނބުރާ ފޮނުވާލީ އެވެ. އަދި ރެމްޔާގެ އާއިލާ ކޮޒިކޮޑޭ ޑިސްޓްރިކްޓުގައި ދިރިއުޅެމުން އަންނާތީ އެތަނުގައި ދަރިންނަށް ރަނގަޅަށް ކިޔާވާދީ ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިގެން އުޅެވޭނެ ކަަމަށް، ބަލާ މުރުލީދަރަން އޭނާގެ އާއިލާ ފޮނުވީ ކަމަށް ވެއެވެ.

"އެންމެ ދެރަވާ ތަންކޮޅަކީ ބޯޓު އެކްސިޑެންޓްވި ދުވަހު ނޫން އަނެއް ދުވަހު އޭނާ މިޔައީ، އާއިލާ ކައިރިއަށް، އެ މީހުންނާއެކު އުޅެން. އެމަކު އޭނާ ކަރަންޓީންގައި ހުންނަން ޖެހުމުން، އަނބިމީހާ އާއި ދަރިފުޅު ޖަނާޒާ ކަންތަކުގައި ބައިވެރިވެވޭނެ ގޮތް ނުވާތީ" އޭނާ ބުނެފައި ވެއެވެ.