ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތަށް ލަންގް ކެންސަރު ޖެހިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

61 އަހަރުގެ އެކްޓަރު މުމްބާއީގެ ލީލާވަތީ ހޮސްޕިޓަލްގައި މިދިޔަ ހޮނިހިރު ދުވަހު ވަނީ އެޑްމިޓް ކޮށްފައެވެ.

ސަންޖޭ ދަތަށް ކެންސަރު ޖެހިފައި ހުރިކަން ކަށަވަރުވި ނަމަވެސް އޭނާގެ ހާލު އަދި ސީރިއަސް ނޫންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސަންޖޭ ދަތު މިއަދު ކުރި ޓްވީޓެއްގައި ވަނީ އޭނާ ފިލްމީ މަސައްކަތުން ބްރޭކެއް ނެގި ކަމަށް ބުނެފައެވެ. ސަންޖޭ ވަނީ ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް ސިއްހީ ހާލަތާއި ގުޅޭ ތަފްސީލެއް ޓްވީޓްގައި ދީފައެއް ނުވެއެވެ.

ސަންޖޭ ހޮސްޕިޓަލްގައި އެޑްމިޓްކުރި އިރު އޭނާގެ އަންހެނުން މަންޔަތާ ދަތާއި ދެ ކުދިން ތިބީ ދުބާއީގަ އެވެ. އެމީހުން ދުބާއީގައި ތިބީ ކޮވިޑް-19 އާއި ގުޅިގެން ގައުމުތައް ފުރަބަންދު ކުރުމުން ދަތުރު ނުކުރެވިގެންނެވެ. މާޗް މަހުން ފެށިގެން ސަންޖޭ ދިރިއުޅެމުން އަންނަނީ އެކަންޏެވެ.

އެންމެ ފަހުން ރިލީސް ކުރި ސަންޖޭގެ ފިލްމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި "ޕާނިޕަތު" އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 28 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިމިއާކުރާ މަހޭޝް ބަޓްގެ "ސަޅަކް 2" އެވެ. އެ ފިލްމުން ސަންޖޭއާ އެކު ޕޫޖާ ބަޓާއި އާލިއާ ބަޓާއި އަދިތިޔާ ރޯއި ކަޕޫރް ވެސް ފެނިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝާނީ

    ދެރަ?

    9
    2
  2. ކޮސް އަލީ

    ސުރުހީ ކިޔާލުމުން ދޭހަވީ "ސަންޖޭ ކިޔާ މީހެއްގެ ދަތަށް ކެންސަރު ޖެހިއްޖެ"

  3. ރިމް

    ސޭޑް!

  4. އެއީ

    الله أكبر