ބޮލީވުޑް އެކްޓަރު ޝާޚްރުކް ޚާންގެ ކުރިއަށް އޮތް ފިލްމު "ޒީރޯ"ގެ ޝޫޓިންއަށް އޭނާ އެމެރިކާގެ ނިއު ޔޯކަށް ގޮސްފިއެވެ.

އާނަންދު ރައި ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިންގެ ބާކީއޮތް ބައި ޝޫޓް ކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގައެވެ.

"ޒީރޯ"ގައި ޝާޙްރުކް އާއިއެކު ލީޑު ރޯލުން ފެނިގެންދާނީ އެކްޓްރެސް އަނުޝްކާ ޝަރުމާއާއި ކެޓްރީނާ ކައިފްއެވެ.

"މި ފިލްމަށް އަހަރެން ބޭނުންވީ ވަރަށް ކެރޭ ކުޅަދާނަ ފިލްމީ ތަރިއެއް. އަހަރެން ޤަބޫލް ކުރާ ގޮތުގައި ޝާޚްރުކްއަކީ އެފަދަ ޤާބިލް ފަންނާނެއް. މި ފިލްމުން ދޭން ބޭނުންވާ މެސެޖްވެސް ރަނގަޅަށް ޑެލިވާ ކޮށްދެވޭނެ ފަދަ އެކްޓަރެއް އެއީ." ފިލްމުގެ ޑާއިރެކްޓަރު ރައި ޝާޚުރުކް އަށް ތައުރީފްކޮށް ބުނެފައިވެއެވެ.

"އަހަރެން އަނުޝްކާއާއި ކެޓްރީނާ މި ފިލްމުގެ ލީޑް ރޯލަށް ހަމަޖެއްސީ ހަމައެކަނި އެމީހުންގެ ނަމަށް ބަލާފައެއް ނޫން. މިއި އަހަރެން އުފައްދާ އެހެން ފިލްމުތަކަށްވުރެ ތަފާތު ފިލްމެއްވީމަ އެ ތަފާތު އެކްޓިން އިންވެސް ދެއްކޭވަރުގެ ތަރިން ލީޑް ރޯލަށް ނަގާފައ އެ ހުރީ" ރައި އިތުރަށް ބުނެފައިވެއެވެ.

"ޒީރޯ" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގައެވެ.