ފަހަކަށް އައިސް ގިނަ ދިވެހިންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ބައިސްކޯފުން ފާހިޝް ވާހަކަތަކަށް ހިތްވަރު ލިބޭހެން، "އެހެނަސް"ގެ ދެވަނަ ބައި ދައްކަން ފަށައިފިއެވެ.

މީޑިއާތަކުގައި އާންމުވެފައިވާ "އެހެނަސް"ގެ ދެވަނަ ބައިގެ ކުޑަ ތަންކޮޅަކުން އަޑު އިވިގެން ދަނީ ފިލްމީ ތަރި ރިޝްމީ ރަމީޒް އާއި އޭގައި އުޅޭ އިތުރު ފިރިހެން އެކްޓަރަކު ފާހިޝް ވާހަކަތަކެއް ދައްކާ އަޑެވެ.

އެ ސީރީޒްގެ ޑައިލޮގެއްގައި ރިޝްމީ ބުނެފައި ވަނީ، އޭނާ ބޭރަށް ނުކުންނަ ވަގުތުތަކުގައި އެހެން މީހުން އޭނާއާ ދިމާލަށް "ދަހިވެތި ގޮތަކަށް ބަލާ" ކަމަށް ބުނެފައެވެ. އަދި ފިރިހެން އެކްޓަރަށް އިޝާރާތްކޮށް ބުނީ "ކަލޭ ގައިމައްޗަށް ރޯ އޮރިޔާމާ އަރާ އޮތަސް ވާ ކަމެއް" ހަރާމް މިހެންނެވެ.

މީގެއިތުރުން ހަޑި ހުތުރު ބަހުން އެހެން ވާހަކަތައް ދައްކާ އަޑު ވެސް އިވެއެވެ. މިވީޑިއޯ މީސްމީޑިއާގައި އާންމުވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައެވެ.

ވީޑިއޯގެ އެ ބައި މީސްމީޑިއާގައި އާންމު ވުމާއި ގުޅިގެން ރިޝްމީ ބުނެފައިވަނީ ފިލްމީ ދާއިރާއާއި އާންމު މީހެއްގެ ހައިސިއްޔަތުން އޭނާ އަބަދުވެސް އިސްކަމެއް ދެނީ އަހުލާގު ހިފެހެއްޓުމަށް ކަމަށާއި އޭނާ ފިލްމަކުން ކުޅޭ މަންޒަރަކާއި އަހުލާގާއި ގުޅުމެއް ނޯންނާނެ ކަމަށެވެ.

ރިޝްމީ ބުނީ، އެހެނަސް އަކީ ސީރީޒްއެއް ކަމަށާއި، 18 އަހަރުން މަތީގެ މީހުންނަށް މި ސީރީސް ހާއްސަވި ނަމަވެސް، މިއީ ފައިސާ ދައްކައިގެން ބެލޭނެ ސީރީޒް އެއް ކަމަށެވެ. އަދި މި ސީރީޒް އަކީ ފިލްމް ލިޔެފައިވާ "އަހުމަދު އިގްބާލް" އަށް ދިމާވެފައިވާ ފުރައްސާރައާއި ގުޅިގެން މުޖުތަމައު ތެރޭގައި މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ކުޅެފައިވާ ސީރީޒް އެއް ކަމަށް އޭނާ ބުންޏެވެ.

"ކޮންމެވެސް ސަބަބެއް އޮވެގެން 18 އަހަރުން މަތި ޖަހާފައި ޓީވީ އިން ނުދައްކައި ބައިސްކޯފުން ދައްކަނީ. އެފަދަ ތަނެއްގައި ހުރި ވީޑީއޯއެއް ނަގައި މީސްމީޑީއާގައި އާންމު ކުރުމުން އުމުރު ނުފުރޭ ކުދިންނަށް އެ މަންޒަރު ފެންނާނެ،" ރިޝްމީ ބުންޏެވެ.

އެފަދަ ކަންކަމަށް ނުވިސްނާ މީސްމީޑީއާގައި ވިޑީއޯ ހިއްސާ ކުރުމުން އާންމު ރައްޔިތެއްގެ ހައިސިއްޔަތުން އެއްވެސް ކަހަލަ އަހުލާގެ އެމީހެއްގެ ނެތް ކަމަށާއި އެކަމުގެ ސަބަބުން ކުށްވެރި ވަނީ ރިޝްމީ މެން ކަހަލަ އެކްޓަރުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބައިސްކޯފުން ގެނެސްދޭ ފިލްމު ތަކަކީ ކޮޕީރައިޓްސް ހުންނަ ފިލްމުތައް ކަމަށާއި އެގޮތަށް ވީޑީއޯތައް ނަގައި އާންމު ކުރުމަކީ އެތަނުގެ ގަވާއިދާއި ހިލާފު ކަމެއް ކަމަށްވެސް ރިޝްމީ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

72 ކޮމެންޓް

  1. މ ޒ

    ދެެން އޮރިޔާން ފިލްމެ ކުޅެފަ 18 އަހަރުން މަތީގެ ވެބް ސައިޓް ތަކަށް ލާންވީނު. ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ

    421
    14
    • މޮކިޅު

      މިއީ އޮރިޔާން ވެބްސައިޓް ހިންގަން އެޅި ބިންގާއެއް

      176
      4
  2. ޑޮން

    އާންމު އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފު ގާނޫނުގެ ދަށުން މިކަން ކުރި ބަޔަކާދޭތެރޭ ފިޔަވަޅު އަޅަންޖެހޭ! މިއީ ފާހިޝް އަމަލުތައް ކުރުމަށް ހިތްވަރުލިބޭގޮތަށް ކުޅެފައިވާ އެޕިސޯޑެއް!

    415
    17
  3. މމމ

    އެންމެ ފަހުން ކުށްވެރިމިވީ އެހެން މީހުން.... އަޚުލާޤެއް ހުރި މީހަކު ފާޙިޝް ވާހަކަ ތަކެއް ދައްކާ ފިލްމެއް ނުވެސްކުޅޭނެ... ފިލްމަކީވެސް ރަނގަޅު ގޮތުގާ ކުޅެވިދާނެ އެއްޗެއް... ތި ކަހަލަ ޢިބްރަތް ލިބޭ ފިލްމު ކުޅެގެން މުޖުތަމަޢު އިސްލާހު ވާނޭ ހީކުރާނީވެސް މޮޔައިން... މަޤްސަދަކީ ހަމަ ފަސާދަ ކުރުން...

    325
    6
  4. ސަމޭ

    މީ ލާދީނީ ސަރުކާރެއް، އެހެންވީމަ މިމީހުން މިކަހަލަ ސީރީޒް ތައް ހަދާފަ އަޅުވަން ފަހެއް ނުޖެހޭނެ، މީގަ ބައިސްކޯފް އެޕް ހިންގާ މީހުން ވެސް ކުއްވެެރިވާނެ، ދިވެހިންގެ ލަދުހަޔާތް މުޅިން ގެއްލި ހަލާކުވެއްޖެ، ހެއްދެޗި ފަރާތުގެ ކޯފާއަކަށް ބިރެއް ނުގަނޭ، .. ހިތާމަހުރި ކަމައެއް

    166
    9
    • ށަވިޔަނި

      ތިޔަފަށަނީވެސް ތި މާގެ ސިނކުޑީގައި ހުރި ހަސަދަވެރިކަ މުގެ ބަސްތަކުން.

      2
      2
  5. ނިޔާ

    ވަޓް އިޒް ދިސް އެމީންހުން އެ ޓްރައި ކުރާނީ މުޖުތަމަޢުގެ ތެރޭގައި އޮތް ކަމެއް މީހުންނަށް އެންމެ ފަސޭހައިން ނަގައި ގަތުމަށް ަަެަަަަެަަަަެަަަަެަަަަެަަަަެަަަަެަަަަެަަަެަަަަެަަަަެަަަަެަަ

    63
    279
    • ސަބު

      މުޖުތަަމައުގައި ޒިނޭވެސް ކުރޭ. ދެންވީ މުޖުތަމައުގައ އެކަން ކުރާތީ އެކަން ދައްކަންތަ.

      309
      10
  6. Anonymous

    ގަނާ ކުރުމާ ހަނގާކުރުން މުޖްތައުން ނައްތާލެވޭނީ ބަރަހަނާ މާލަމެއް އުފައްދައިގެން ފާހިޝް ވާހަކަ ދައްކައިގެނެއް ނޫން ދަރިންނަށް އިސްލާމީ ތަރުބިއްޔަތު ދީގެން އިހްސާންތެރިވާން ދަންނަ ޒުވާނުން އުފައްދައިގެން މައިންބަފައިންނާއި ޓީޗަރުން ޒިންމާދާރު ވެގެން

    184
    7
  7. މަބި

    މި ފިލްމުތައް ކުޅުން ފަރާތްތަކަށް ޙައްޤު އަދަބު ލިބެންޖެހޭ ވަރަށް ހުތުރު.... ﷲ މި ނުބައި މީހުންގެ ކިބައިން މިޤައު ސަލާމަތް ކުރަށްވާށި

    339
    10
  8. ޟމ

    18 އަހަރުން މައްޗަށޭ ކިޔާފަ ފިލްމު ތަކުގަ ހދަނ ވެސް ވީނުން، ތިޔަ ޑައިލޮގަކީ ޢާންމު އިޖުތިމާޢި މިންގަނޑާ ޚިލާފް ޑައިލޮގެއް، ތިޔަ ވަރަށް ތިވާހަކަ ތިލަ ނުކުރިޔަސް މި ދިވެހި ބަހުގަ ތިޔަ ޑައިލޮގްގަ ބުނަން އުޅޭ ވާހަކަ ބުނެވޭނެ ފަދަ ބަސްތަށް ހުންނާނެ

    303
    6
  9. މުޙައްމަދު

    18 އަހަރުން މަތީގެ މީހުންނަށް ބެލުނަސް ފާހިޝްވާހަކަ ވާނީ ފާހިޝްވާހަކަ އަށް. ޕޯން ބަލާ މީހުންވެސް ބަލަނީ ހަރަދުކޮށްގެން. އެހެންވީމަ އެ ހުއްދަވީތަ. ސެންސަރޭ ކިޔާ އެއްޗެއް އޮންނަނީ މީހަކަށް ދިމާވާހާ ކަމެއް ދައްކާ ހުރިހާ ވާހަކައެއް، ދެމަފިރިން ނިދަން ތިބޭއިރު ކުރހާ ކަމެއް ނުދެއްކޭނެތީ. ގޯސް މިވީ އެކަން މީހުންގެ ސަމާލުކަމަށް ގެނައި މީހާ؟؟

    259
    9
  10. މައްސޫރު

    މީ ލާދީނީ ސަރުކާރެއް، އެހެންވީމަ މިމީހުން މިކަހަލަ ސީރީޒް ތައް ހަދާފަ އަޅުވަން ފަހެއް ނުޖެހޭނެ، މީގަ ބައިސްކޯފް އެޕް ހިންގާ މީހުން ވެސް ކުއްވެެރިވާނެ، ދިވެހިންގެ ލަދުހަޔާތް މުޅިން ގެއްލި ހަލާކުވެއްޖެ، ހެއްދެޗި ފަރާތުގެ ކޯފާއަކަށް ބިރެއް ނުގަނޭ، .. ހިތާމަހުރި ކަމައެއް

    178
    13
    • ސަބު

      މީހަކު ފޮޑިއެއް ޖެހިޔަސް ސަރުކާރާ އަޅުވާތި.

      104
      110
  11. އަންމަޑޭ

    ސެންސަރުކުރާށޭ، ޔޫސޭއަށް ހެދިހެން

    108
    4
  12. ނީ

    18 އަހަރުން މައްޗަށް ވިޔަސް މި ދަރަޖައަށް ވެއްޓޭކަށް ނުޖެހޭ..ބަލަ އަހަރުމެންނަކީ މުސްލިމުން..ހޮލީވުޑް ފިލްމު ތަކާ އެއްފެންވަރަށް ވެއްޓޭކަށް ނުޖެހޭ..ތިނޫން ގޮތަކަށް ވެސް ދޭން ބޭނުންވާ މެސެޖު ދެވިދާނެ...

    133
    6
    • އާނަ

      ހޮލީވުޑްވެސް ފަހަތަށް ޖައްސައިފި ދިވެހި ފިލްމް އިންޑަސްޓްރީ.

      58
      1
  13. ައަހުމަދު

    18 ނޫން އެއަށްވުރެމަތިންބެލިޔަސް އަޙްލާޤީމިންގަޑަށް ނުފެތެންޏާވާނީ ނުފެތޭކަމަށް 18އަހަރުން މަތީ ޔޭކިޔާފައި ކޮންމެފަދަ އެއްޗެއްވެސް ދައްކަފާނެނުން ތިހެންވިއްޔާމުން ، ކަމާއިބޭހޭފަރާތުން ތިކަމަށް ފިޔަވަޅުއަޅަން ގޮވައިލަން.

    136
    3
  14. ޓަކި މޫނާ

    ތީ އެއްވެސް އުޅުމެއް އަގެއް ހުރި ބައެއް ނޫނޭ. މާދަމާ އޮރިޔާން ފިލްމު ކުޅެފަ ބުނަންވީ މީ އަޝާރަ އަހަރުން މަތީ މީހުންގެ ފިލްމެކޭ، ޓީވީ އަކުން ނުދައްކާނޭ.

    128
    3
  15. މަސްތަކާގެ ހަސަން ދީދީ

    ހަޑި ދޯ. ގަބޫލުކުރަންވެސް ބޭނުން ނުވޭ ދޯ. މީ މިތަނުގަ ހަމަ ހިނގާ ކަންތައްތައް. ބަޔަކު ތަހައްމަލު ކުރާ ކަންކަން. އެކަމް އެއްވެސް މީހަކު އަޅާނުލާ ކަން ކަން. އަޅާލެވޭއިރު އޮންނަނީ ފަސްވެފަ. ޢެކީއްވެ؟ މީ މިމުޖްތަމައުގަ ދެެއްކުން މަނާ ވާހަކަތައް. ނުވާ ކަމަކަށް ހަދައިގެން ތިބެންވާނީ ތިމާއަށް މިކަހަލަ ފުރައްސާރަ އެއް ނާންނާތި. ފަހިޝް ކަންކަން ނުހިނގާ ސާފު ތަނެއްގަ ތަ ތި ދިރިއުޅެނީ. އަދިވެސް ހަގީގަތް ގަބޫލުކޮށް މިކަން ކަން ހުއްޓުވަކަށް ނޫޅޭނެ. ޢެކަމް އެހން ބަޔަކު އެމަންޒަރު ދެއްކީމާ މާ ހަޑިވެގެން.

    45
    91
  16. ހުސޭނުބޭ

    ތިއީ ހަމަ ދިވެހި ފިލްމު އިންޑަސްޓްރީގެ ހާލުހުރިގޮތް! ހަޑިހުތުރު އެއްޗެއްވިއްޔާ ވަރަށް މޮޅުވާނެ އެޔަށް އެކްޓްކުރަން!

    126
    3
  17. Shyamalަޮn

    ޥާހަކަ.ކޮމްގަވެޝް ވަރަށް ގިނަމީގެވާހަކަ. ބަޔަކުމަނާވެޞްނުކުރެ ދޯ

    73
    4
  18. ޣފ

    ކޮން18 އަހަރެކެ ކިޔަކައް ﷲ ބަވާލެއްވި ފޮތުގައޮތީ ކޮއއޗެއްތޮ ދަސކޮއބަލަ ފުރަތަމަ

    122
    1
  19. ސީ އީ އޯ އޮފް ކޮމެންޓްސް

    ކަލޯ މެން ހެޔޮ ދޯ ދެމަސް ދުވަސް ވަންދެން 365ޑޭސް ނެޓްފލިކްސް އިން ބަލާ ބަލާ ތިއްްބަސް... ހަމަ ކުޑަ ކުދިންނޭ ލާރި ދައްކާގެން ބަލަނީ ... އަމާ މެނަށް ނޭންގޭ ވާނުވާ ވެސް... އެހެންވީމާ މާ ދީނޭ ދީނޭ ނުކިޔާ ތިބޭ ... މިހާރުވެސް ދީނަށް ލޯބި ކުރާވަރު ފެނޭ ގޫގްލް އިން އެންމެ ގިނަ ދިވެހިން ވަންނަނީ ކޮން ސައިޓް ތަކެއްތޯ ބަލާލާއިރު...

    48
    57
    • #ކެނަރީގޭވާންޗޯ

      ދިވެހިން އެކަނިތަ އިންޓަނެޓް ބޭނުންކުރަނީ ރާއްޖޭގައި

      46
      10
  20. ޙިލާފު

    ކަލޭމެން މޮޔަވެެބަލަ. މުޖްތަމައު ހޭލުންތެރި ކުރުވަން ހަދާފައި ވާ ސީރީސް އަކައް ތިކަހަލަ އިލްޒާމް އެޅުވިގެން ނުވާނެ

    18
    140
  21. ވިޝްކާ

    މަހުދީ މެން ރަވީމެން އެއްޗަކަށް އަތް ބާނައިފިއްޔާ މިހެން ވާނެ. މީ އިގްބާލް ވަރަށް ޗާލުކޮށް ގެނެސްދިން ސީރީޒެއް ސީޒަން އެކެއް. ދޭން މިއޮތީ ޓީމު ވިޝްކާ ވަދެ ހަލާކު ކޮށްފަ.

    90
    3
  22. ހާމިދު ޝާހިދު

    މިއީ މިހާރު ބޮޑު ވަބާއަކަށް ވެފައިވާކަމެއް. ކުރިންވިއްޔާ "ބުޗާ ސައީދު" ވަރަށް ރަނގަޅަށް ސެންސަރު ކުރައްވާ. އަވައްޓެރި ޕާކިސްތާނުގެ ސީރީސް ތަކުގައި އެހުންނަ މިންގަނޑަށް ހެދުން އެޅުމާއި، ގައިގޯޅި ވުމާއި، ބަހުރުވަ ބޭނުން ކުރުން އޮންނަންވާނީ. އަވަށްޓެރި އިންޑިއާގެ ޓެލެ ޑްރާމާތަކަށް ބެއްޔަސް އެތަކެއްޗަށްވުރެއްވެސް މާ ނުބައި ލެވަލް އަކަށް ރާއްޖޭގައި މިކަން ކުރަނީ، އަދި ބައެއްފަހަރު، ބައިސްކޯފުން ދައްކާ ނިމުމުން، ޕީއެސްއެމްގެ ޓީވީ ތަކަށް ވެސް އެ ސީރީސްތައް ދީގެން އެބަ ދައްކާ. މިއީ ދެން ބޮޑުވަރު، ސަރުކާރުން މިކަން ކޮންޓްރޯލު ކުރަން ނުކުންނަންވީނުން.

    59
    2
  23. ވިޝްކާަ

    އެ ސީރީޒް އިން ދައްކުވައިދެނީ ހަމަ އަހަރެމެންގެ މުޖުތަމައު. ގަނާ ކުރުމާ ފުރައްސާރަކުރުން މިއީ މުޖުތަމައުގަ ނޯމަލައިޒްޑް ކުރެވިފަ ހުރި ކަންކަން. ލަދުގަންނަން ޖެހޭނީ އެ ސީރީޒް ހެދި މީހުންނެއް ނޫން މުޖުތަމައުގަ އުޅޭ މުޑުދާރު މީހުން. އެ ސީރީޒްގަ އެ ފިރިހެން ކުއްޖާއާ ރިޝްމީ އަކީ ދެމަފިރިން. ދެމަފިރިން އެކަހަލަ ވާހަކަ ދެއްކިޔަސް އެއީ ފާހިޝު އަމަލެއްތަ؟

    18
    95
    • މީ

      މޮޔަވެބަލަ، ކިޔޭ ނުކިޔޭއެއް އެބަ އިނގޭތަ؟

      71
      7
    • ޖޯން

      ދެމަފިރިންވީމާ މަޖީމަގުމެދުގައި ރަތްޔިތުން އެއްކޮށްގެން އެނދުދާން ކުރަންވީނު. އޭރުންވެސް އޯކޭވާނެ ދޮއްތޯ.

      67
      5
    • ޙ

      ދެމަފިރިން އެއއއީ އެ ސީރީޒްގަ. ހަގީގަތުގަ ހިލޭ ބަޔެއް. ވަރަށް ކަޑަ އެހެން ވީމަ. އެބަސްތަށް ބޭނުނއ ނުކޮށް ވެސް އެހެން ކިޔުނީސް.

      59
      2
  24. ބޮއިކޮޓް ކުރޭ

    ތިއީ އުތެމާ ކަހަލަ ޖަމިއްޔާތަކުން ފަންޑުކޮއްގެން ސޮސައިޓީ ފަސާދަކޮއް ހަލާކު ކުރަން ނެރޭ ފިލްމުތައް. ދިވެހިން އަވަހަށް ހޭލާ. މިއީ ރާވައިގެން ކުރާ ކަންކަން. ސަރުކާރުން މިފިލްމް މަނާކޮއްދެއްވާ.

    91
    3
  25. ޒާ

    މީ ކޮން އަޚްލާގެއް ކޮންއަގެއް ހުރިބައެއްތަ؟ ފާހިޝް ކަންކަން އިސްތިހާރުކޮށް ހަޑިހުތުރު ގޮތްގޮތަށް މިބައިމީހުން އުޅެނީ ތިމާމެންވަރު ބަޔަކު ނެތިގެން. ފިލްމީ ސްޓާރުންނޯ. ލަދުން ބޯހަލާކު.

    63
    3
  26. އެޑްމުންޑޯ

    ލަދުކުޑަކަމުން އަދި ދިފާއުގައި ވާހަކަ އެބަދައްކައެއްނު

    68
    5
  27. އާދޭސް

    އަޑުއަހާ ޢިބްރަތްތެރި ލިބިގަނޭ.
    ކުޑަޔަސް ބޮޑަސް އެންމެ ޢަމަލެއްވެސް ފަތުގައި ނުލިޔެވި ނުދާނެ. އޭނާގެ ފަތަށް އޭނާ ބޭނުންވާ އެއްޗެއް އިތުރު ކުރުމަށް މިއޮތީ މިދުނިޔެ. ހިސާބު ބެލެވޭ ދުވަހު ފިލުމުކުޅޭ މީހެއް ނޫނީ އެހެން މީހަކަށް ވެސް ބޭއިންސާފެއް ނެތި ޖަޒާ ލިބޭނެ. ރިޝްމީ އުޚްތާ އައުރަވެސް ނިވާކޮށްލާ ދީނީ އިމުގެތެރެއިން މީހުން ހޭލުންތެރި ކުރަން މަސައްކަތްކުރަމާ

    65
    1
  28. ރިށުމީ

    ނެޓްފްލިކްސް އަށްވަދެގެން ދެން އެންމެން ތިބަލަނީ ދީނީ ނަސޭހަތްތަ؟

    32
    35
  29. ހަރާމްޒާދާ

    އެއްގޮތަކައްވެސް ނެއި އުމުރު ނުފުރޭ ކުދންނައް ފެންނާނެ އެއްޗެއް އިންޓަނެޓުގައެއް

    14
    17
  30. ޕިސްޕިސް

    އަދިވެސް މި ގޮތްކުޑަ އަންހެނާ ދައްކާނެވާހަކަ އެބަހުރިދޯ. ބަލަ މިހިރަ ގޮތެއްނެއް އަންހެނާ އަށް ކުޑަކޮށްވެސް ރޭކާނުލަނީތަ ރޯ އައުގުރާނަކަމެއް ތިމާއަށް ކިއިފައި މި ހުރީ. އަހުލާގަކީ ކޯޗެއްކަންވެސް މި ހަޔާތްކުޑަ އަންހެނާއަށް ނޭނގޭކަން އަދިކިރިޔާ މި އެނގުނީ

    44
    2
  31. ބޮޑުހުސޭނު

    100% ޕަސަންޓް އިސްލާމީ ޤައުމެއްގައި ކުރެވިގެންވާނެ ކަންތަކެއް ނޫން މިހުންނަނީ. މިވަރުން ދަންޏާ 18 އަހަރުން މައްޗަށޭ ކިޔާފަ އޮރިޔާން ފިލްމު ކުޅުމުގެ ހުއްދަ، ސެންސަރު ބޯރޑުން ދޫކުރާތަން ވެސް ފެންނާނެ.

    53
    2
  32. Anonymous

    މިއީ ލާދީނީ ސަރުކާރުން ހުއްދަ ދީގެން ކުރުވާ ކަމެއް

    35
    4
  33. އިސްލާމް

    ފާހިޝްކަންތަކަށް ހިތްވަރު ލިބޭ ޑަ އިލޮގްތަކާ އި ދެ ޖިންސުގެ މީހުން މަސްހުނިވެ އުޅޭ ޒިނޭގެ މަންޒަރުތަކާ އި ޝަ އިޠާނީ މިޔުޒިކަލް ލަވަތަކާ އި ލިރިކްސްތަ އް ހިމެނޭ ފިލްމުތަ އް ޕްރޮމޯޓްކޮށް ބެލުމަކީ ހަރާމްކަމެ އް. އެހެނީ އޭގަ އި ވަނީ ﷲ ގެ އެންގެވުންތަކާ އި ޚިލާފް މަންޒަރުތަކާ އި އަޑުތަ އް. އިސްލާމީ އަޚުލާޤާ އި ފުށޫ އަރާ އިސްލާމްދީނުން މީހުން ދުރުކޮށްދޭ ﷲ ހަނދުމަކުރުމުން މީހުން އެއ އްކިބާ ކޮށްދޭ މުޖުތަމަޢު ފަސާދަކޮށް އިސްލާމީ އަޤީދާ ބަލިކަށިކޮ އްދޭ ކަންތަ އް. އެހެންކަމުން ރަނގަޅަށް ދަސްކޮ އްލަ އްވާ އިނގޭތޯ....ﷲ ރުހިވޮޑިނުގަންނަވާ ފިލްމުތަ އް ޕްރޮމޯޓްކޮ އްގެން ހާހުން ލަ އިކް ލިބި ފަ އިސާ އިތުރު ވި ނަމަވެސް މާދަމާ ޢަމަލުތަ އް މީޒާނުން ކިރަ އި ޢަދުލަށް ހިސާބު ކުރެވޭ ދުވަހު ބަރުވެެގެން ދާނީ ތިމަ ތިމާމެން ކުރި ފާފަ އިގެ ކޮޅަށް. އެހެންކަމާ އި އެކު މި ދީނަށް ނަސްރުދީ ތިމާމެންނަށް ހަޤީޤީ ފަ އިދާ އިތުރުކުރަން ބޭނުންނަމަ އިސްލާމްދީނާ އި މީހުން ކަ އިރިކޮ އްދޭ ދީނީ މަޢުލޫމާތާ އި ޢިބުރަތްތަ އް ލިބޭ ސީރީސްތަ އް ތިމާމެން ގެނެސްދޭންވީ އެެވެ. ޢައ އިރު މުސްލިމުން ޖަހާހާ ބެރަށް ނަށަމުން އެ މީހުންގެ ފިޔަވަޅުތަކަށް ތަބާވަމުން ގޮސް އެ މީހުންގެ ހޮރަށް ވަންްނަންވީކީ ނޫނެވެ. އިސްލާމްގަ އި ދިވެހި ވަ އްތަރު ޖަ އްސަންވީ އެއއއ އް ނޫނެވެ. ދިވެހިންގެ ގަ އިގަ އި ޖަ އްސުވާން މަސަ އްކަތްކޮށް ޖަ އްސުވަންވީ އިސްލާމްކަމެވެ.
    އއއއއއއއއއއއއއއއއ

    50
  34. ހޫ

    ދިވެހިންވީމަ ގޯސް. ބޭރު މީހުން ވީމަ އޯކޭ ކިތަންމެ ބަރަހަނާއެއް ވިޔަސް ފާހިޝްވާހަކަ ދެއްކިޔަސް ބަލަން އޮންނާނެ.

    6
    57
    • ޙ

      އަހަންނެއް ނުބަލަން

      29
      1
  35. ހަސީ

    ރިޝްމީ އެބުނަނީ ބުލޫ ފިލްމުވެސް ކުޅޭނަމޭ އެކަމަކު މަގުމަތީގަ ރިޝްމީ އަޚުލާގު ވަރައް ރަަނގަޅުވާނެޔޭ ސަޅި ނުން ހެހެހެ ބަލަ މޮޔަޔާ ކަލޭތީ މުސްލިމެއްގެ ނަމުގަ ހުރިމީހެކާ ހުރިހާ ތާކައް ވެސް ވީޑި ލާންވީ ބޭޒާރު ކުރަން ވީ

    25
  36. ދަރަނި ދަންތުރަ

    ރިސްމީޔަކީ ފިލްމުކުޅޭ މީހެއްވީމަ ބަރަހަނާވެ ޒިނޭކޮށްފައިވެސް ބުނަންވީ ތިމައްނަކުޅުނީ ފިލްމުގެ މަންޒަރެކޭ ، މަންޒަރު ބެލިމީހުއްނޭ ކުއްވެރިވެ ހަޔާތްކުޑައީ ސާބަސް ރިސްމީ މަންޖެޔަށް..

    60
    1
  37. ދަރަނި ދަންތުރަ

    ރާއްޖޭގައި ޕޯން އިންޑަސްޓުރީ އެއް އުފެދެނީ ސަރުކާރުން އަޅައެއްނުޅާނެ ލާދީނީ

    46
    3
  38. ީޖަސި

    އިސްލާމީ މިންގަނޑު ބޭރުނުވެ މުޖުތަމައު ހޭލުންތެރި ކުރަންވީ.

    25
    1
  39. ދިވެހި މީހާ

    ދިވެހި ރާއްޖޭގަ ދިވެހި ފަސްގަޑުގަ ދިވެހިން ކުރާކަމެއްގަ ދެކެވެން ޖެހޭނީ ދިވެހިން ގެ ވާހަކަތާ....މިހާރު ދިވެހިރާއްޖެ އަކީ އަނެއްދިވެހިރާއްޖެ އޭ...އެހެން ވީމަ ވާންވީ ހައެތި ވެފަ ތިއޮތީ...ދެން ރައްޔިތު މީހާއާއި ފިލްމު ކުޅޭ މީހާއާއި ސަރުކާރާއި އެކެއްގެ ކުށް އަނެކެއްގެ ބޮލުގަ އަޅުވާފަ ތަޅާފޮޅެންތިބީމަ އެނީމުނީ އެކަންތައްވެސް...ހަހަހަހަހާ...ދެން އަތް ޖަހާ...އަތްޖަހަ ބާރައް އަތްޖަހާ...??????????????

    13
    4
  40. ކުއްކީ

    ސީރީސް ގަ ކީ ޑައިލޮގް މި ހަބަރު ގަ ގެނައީ ދެން ކީއްވެޔޯ؟؟؟ ދިވެހިންނަކީ އަޖައިބެއް ކަހަލަ ބައެއް... ވަކި ބަޔަކު ކޮށްފިއްޔާ ގޯސް ވަނީ... ދެން ވަރަށް ވާހަކަ!!!! ??
    ކަންތައްތައް ވަކި ގޮތަކަށް ވަނީ، ވަކި ސަރުކާރެއް އޮވެގެނެއް ނޫން!!!
    ސީރީސް ލައިކް ނުވާއިރު ކީއްކުރަންނޯ ބަލަނީ؟؟އަބަދުވެސް އެ ކުޅޭ ބައެއް ދޯ ގޯސް ވަނީ؟؟
    ސީރީސް ނެރުނު ފަހުން ތޯ މުސްލި މުން ފާފަތަކަށް އަރަންފެށީ؟؟ ތިހާ މީހުން ކުށްވެރި ކުރާ ހިތް ވަންޔާ މުން ބޮޑެތި ކުށްތަށް ކޮށްފަ ތިބި މީހުންނަށް ޙައްގު އަދަބު ދީބަލަ؟!!!!! 365 ޑޭސް ބެލުން މައްސަލައެއް ނޫން?"އެހެނަސް"ބެލުން މައްސަލަ އެއް؟؟ މީ ދެން އަޖާބެއް ކަހަލަ ކަ މެއް!!!!!! ??☹️???

    9
    21
  41. އައްޑޫ

    ރަންވަޅު ވާހަކައެއް. ކުޅޭ ފިލްމަކާ އަހުލާގަކާ ގުޅުމެއް ނެތް. އެހެންވީއިރު ހަގީގީ ހާދިސާއިން އާއްމުން ހޭލުންތެރި ކުރުމަށް ރިޝްމީ އޮރިޔާން ފިލްމް ކުޅެންވީނު. އެކަމަށް ވެސް އާއްމުން ހޭލުންތެރި ވާނެ. އިސްލާމީ ތަރަހައިން ބޭރުން ގައުމިއްޔަތު ފުނޑާލާފާ މަންޒަރު ކުޅެފަ ބުނަންވީ މަށަކީ ހަމަ އަލިފެކޭ.

    21
  42. އއ

    އަމިއްލައަށް ޕޯރން ބަލާފަ އެހެން މީހަކު ބެލިކަން އިނގިގެން ބެވުން ކަހަލަ ކަމެއް ކޮމެންޓޭމެން މި ކުރަނީ

    12
    6
  43. ރތފރ

    ގިނަ ދިވެހިންނަކީ ސޯޝަލް މީޑީޔާގަ "ޝެއިހުން.."
    ސޯޝަލް މީޑިޔާލައިފާ އަސްލު ލައިފާ ދިމާ އިދިކޮޅު. ދޮގެއްތަ؟
    އެއްޗެހި ގޮވާފަވެސް މީތި ބަލާނެ ކަލޭމެން

    10
    17
  44. މަރީ

    ލޫދިފާގަވެސް އެކަހަލަ ޑައިލޮގް ހުރި އެކަމަކު ފިލްމު ދެއްކިއިރު އެތަންކޮޅު މިއުޓް ކޮށްފަ ދެއްކީ. ހޭލުންތެރިކަން އިތުރު ކުރަން ހެދިޔަސް މިނޫން ގޮތަކަށް މިކަން ކުރެވެން ވާނެ.

    20
    1
  45. -_-

    ކުރީ ދުވަހު ޒެލް ޕްރޮމޯޓު ކޮށްލާފަ އޮތްވަރު ނިކަން ދެކިބަލަ ފާހިޝް ވާހަކަތައް މާތަފްސީލީކޮށް އަކުރުން އަކުރަށް ލިޔެފައި ހުރޭ އޭނަގެ މޮޅުކަން ދައްކާއިރު. ސީރީޒެއްގައި ބުނި އެންމެ ޖުމްލައަކުން އެމީހުން އެކަނިމި ކުއްވެރިވީ.

    12
    2
  46. މަރީ

    މުޅި ދުނިޔޭ ބޮޑު ބަލާވެރިކަމަކާއި މުޞީބާތްތަކާ ކުރިމަތިވެ އަނގަޔާ އަތާ ދިމާނުވެގެން އުޅޭއިރުވެސް މި ސްޓާރުންނޭ ކިޔާ ބައެއް ގަމާރުން އަދިވެސް އުޅެނީ ފާޙިޝް ވާހަކަތައް ދައްކައި މާތްﷲ ޙަރާމްކުރެއްވި ކަންކަން ޢާއްމުކުރެވޭތޯއެވެ. ކުރާނީ ހީއްހެއްޔެވެ. މިމީހުންނާ ދިމާއަށް ޙަޤީޤަތަށް އެއްޗެއް ބުންޏަސް އަންނަނީ ރުޅިއެވެ. ޔާﷲ މިޤައުމުގެ މުސްލިމުންގެ ހިތްތަކުގައި އީމާންކަން ވަރުގަދަ ކުރައްވާށއެވެ. އަދި ދީނަށް ފުރައްސާރަކޮށް އުޅޭ މީހުންނަށް ދަތި ޙަޔާތެއް ދުނިޔޭގައިވެސް މިންވަރު ކުރައްވާންދޭވެ.

    16
    1
  47. އަބްދުއް ރަހްމާން ބަބުރު

    ދެންވެސް ކިޔަންވީ އިސްލާމުންތޯ؟
    ބަދު އަޚްލާޤުން ހޯދާ ޝުހުރަތު ލަދުތަދު ފިސް ކޮށް ނައްތާ ޢީރަތު
    މަދު އެތި ކޮޅަ ކަށް ވިއް ކާ އިސްމަތު ދެންވެސް ކިޔަނީ އިސްލާމުންނޭ
    ނިވަލެއް ނެތި ތިބެ ދޭދޭ ޖިންސުން ނިވަނީ ހިތުގެ އެދުންތަށް މީހުންް
    ދުވަނީ މި ކަމާ މެދު ތެޅިފޮޅެމުން ދެންވެސް ކިޔަނީ އިސްލާމުންނޭ
    ބޭރުން މީހުން ގުޅެނީ ދީނާ ފޭވާން މިއުރެން އުޅެނީ ދީނާ
    ހޭގާ ތިބެ ފޮށެނީ މާތް ދީނާ ދެންވެސް ކިޔަނީ އިސްލާމުންނޭ
    ދެންވެސް ކިޔަންވީ އިސްލާމުންތޯއެވެ؟

    16
    1
  48. މީ

    މާތްﷲ ބަލި ހިތްތަކަށް ހިދާޔަތްދައްކަވާ ޝިފާ ދެއްވަވާށި އާމީން

    19
  49. ޒިޔާ

    ފިރިމީހާ އެބަހުރޭނު ޑައިރެކްޓް ކޮއްލަ ކޮއްލާ..ހަޑި ހާވާ ދޯ..

    13
  50. އާރު

    އާން ދެންހަމަ ރިޝްމި ބުނަންވީނު އަހަރެން މަގުމަތީ އޮރިޔާމަކުން ނޫޅެމެ އެއީ ކުޅެލި ފިލްމެއްގެ މަންޒަރެކޭ.
    ޢޮރިޔާން ފިލްމެއްވީމަ މާގިނަ ލަރިވެސް ލިބިދާނެ ނޫންތަ. ކުޅެލަންވީނު. އަހަރެންވެސް ތި މަންާރު ވައިބަރއިން ދުށިން. ޢެކަމަކު ހިޔެއް ނުކުރަން ޑްރަަމާއެއް ކަމަކަށް. ޢެއީ މަންޒަރަށް ލާފައިން ފޭކު އަދެއްކަމަހ.

  51. ޞސދ

    ވެބް ސީރީޒް އެއް. ރިޝްމީގެ ދަރި ބޮޑުވެގެން ތިޔަ ވެބް ސީރީސް ނުބަލާނެބާ؟ ނޫނީ މިހާރުވެސް ކޮންމެސް ގޮތަކުން ނުފެނިވެސް ނުހުންނާނެބާ؟ ގައިމު އަހަރެންގެ ދަރިޔަކަށް ތިކަހަލަ ހަޑި ހުތުރު ވާހަކަ އަހަރެން ދައްކަނިކޮށް އަޑު އިވިދާނެތީ އަހަރެން ލަދުގަނޭ. އެއީ އަހަރެން ކިބައިގަ އަހުލާގު އޭ ކިޔާ އެއްޗެއް ނެތީމަތަ؟

    14
  52. ކުއްކީ

    ފިލްމެއް ބެލިޔަސް، ނުބެލިޔަސް ފާޙިޝް ކަ ންތައްތަކަށް އަރާ މީހު ން ހަމަ އަރާ ނެ... އެހެ ންވީމަ ކޮ ންމެ ކަމެއް ކުރިޔަސް ތިމާ ގެ އީމާ ންތެރި ކަމާއި ޢަޤީދާ ވަރުގަދަ ކުރެވެއްޖިއްޔާ އި ންޝާﷲ ހުރިހާ ކަމެއް ވެސް ރަ ނގަޅު ވާ ނެ... ޢީމާ ންތެރި ކަމާއި ނުލާ އިސްލާމް ދީ ން ފުރިހަމަ ނުވާ ކަމަށް ބު ނަ ނީ އެހެ ންވެ.... ތިމާ އަށް އަބަދުވެސް ރަ ނގަޅު ގޮތް މި ންވަރު ކޮށްދެއްވާތޯ ދުޢާ ދަ ން ނަވާ.. ފިލްމެއް ގައި ދައްކަ ނީ ނުވަތަ އަޑު އިވެ ނީ ބަލަ ން ޙަރާމް ނޫ ނީ އަޑުއަހަ ން ހުއްދަ ނޫނ ން އިއްޗިހި ކަމުގައި ވަ ނީ ނަމަ އެ މަ ންޒަރު ތަކު ން ދުރުހެލިވޭ...އެއީ ތިމާ ގެ ފައިތިލަ ހެޔޮ މަގުގައި ސާބިތުކުރެވޭ ނީ ތިމާއަށް ކަމުގައި ވާތީއެވެ... ?❤️

    12
  53. ބޮޑުބެ

    ޜިސްމީ އިނގޭތޯ އިސްލާމް ދީނުގަ ހަރާމް ކަންތައް ތިޔަކުރަނީ 18 އަހަރޭ ތިކިޔަނީ

    19
  54. ޭއާވިމް

    ކޮބާ ބްރޯޑްކާސްޓް ކޮމިޝަން؟

    11
  55. މަލް

    18 އޭ ބުނީމަ މަންޖެއަށް ހީވަނީ އެއީ ވަރަށް ބޮޑު އުމުރެ ކޭތަ؟ ޢެއީ އަދި ވަރަށް ޅަ އުމުރެއް.. މަންޖެމެންނަށް އޮތީ ތައުބާ ނުވެ ތިބެ މަރުވެއްޖެ ނަަމަ ނަރަކައިގެ އަޒާބު.. ކޮން އަހްލާގެއް.. އައުރަ ނިވާ ނު ކޮށް؟

    14
  56. ޢިޔާބު

    ލާދީނީ ސަރުކާރެއް އޮތުމަކީ ނުރައްކަލެއްކަން އެގޭނީ ހަމައެކަނި މުސްލިމުންނަށް.

    10
  57. ވަގުތޫ!

    ވަގުތު ނޫހުގެ މި ލިޔުމުގައި ވެސް، ކީއްކުރަން އެ ޙަޔާތްކުޑަ ރިޝްމީ ދައްކާފަ ހުރި ވާހަކަތަކުން ބައެއް ގެނެސްދިނީ؟

    14
    2
  58. މީނަ

    މި ރިޝްމީއާއި ރަވީގެ ވިޝްކާ ބެލި ބަޔަކު އެބަ ތިބިތަ؟ މަ ހިތަށް އަރާ އޭތީގެ ވާހަކަ މީހަކު ނުދައްކަނީ ކީއްވެބާއޭ

  59. އިބްރާހިމް

    ޤިޔާ މަތް މަޙްޝަރު ދުވަހު ފާޙިޝްކަންތަށްކުރީ ސީރީޒެއްގައި. މުޖުތަ މައު ހޭލުންތެރިކުރާށޭ ބުނީ މާ ސަލާ މަތްވާނެތޯ؟

  60. އަށާރަ

    ނިއުމާއަކަށް ހަޑިއެއް ނުވާނެދޯ. ޢޭނައަކީ ސީޒަން އާއެކު ފިލްމެއް ކުޅެފަ އެފިލުމު ޕްރިމިއަރ ކުރީ ޖަސްޓިސް ބިލްޑިންގ ކުރިމަތީގަ. ޙައްހައްހާ

  61. ޏަށިރު

    މުޖުތަމައު ވަރައް ހޭލުންތެރި ވެއްޖެކަން އިނގިގެން ގޮއްސި ، ލަދެއްހަޔާތެއް ނެތީމަ މިކަހަލަ ސީންތައް ކުޅެން ކެރޭނީވެސް

  62. ދޫނި

    ޔޫރަޕުގެ ސިނަ މާތަކުގައި ދައްކާ ބުލޫ ފިލް މުވެސް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއަށާރަ އަހަރުން މަތި ޖަހާފަ ދައްކަންވީނު. ޢެވެސް ފައިސާ ދީގެންވިޔާ ބެލޭނީ..އެ މީހެއްގެ ސިނކުޑިން ނެރޭނީ އެ މީހެއްގެ ކިބައިގައި ހުރި އެއްޗެއް.