ބޮލީވުޑްގައި އެންމެ ގުޅޭ ޖޯޑެެއްގެ ގޮތުގައު ކަރިނާ ކަޕޫރް އާއި ސައިފް އަލީ ޚާން ހިމެނެއެވެ. އަދި އެ މީހުންގެ ދަރިފުޅު ޓައިމޫރް އަލީ ޚާންއަކީވެސް މިހާރު ތަރިއެކެވެ. އޭނާ ފިލްމީ ދާއިރާގައި އަދި ހަރަކާތްތެރިނުވި ކަމުގައި ވިޔަސް، އޭނާ ވެފައި ވަނީ އިންޑިއާގައި ވިދަމުން އަންނަ ސްޓާރ ކިޑް އަކަށެވެ. ތައިމޫރްގެ ވާހަކަތައް އެއް ފަރާތްކޮށްލުމަށްފަހު މިފަހަރު ދެން އެންމެ ބޮޑަށް މި ދެމަފިރިންނާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތައް ޖެހިލަމާ ހިނގާށެވެ.

ދެމަފިރިން ދެވަނަ ދަރިއަކު ހޯދަން އުޅޭކަމުގެ އަޑުތައް މިހާރު މި ވަނީ ގަދަވެފައެެވެ. އަދި މި އަޑުތައް އިވެމުން ދަނީ ތުންތުން މަތިންނެވެ. ސައިފް އާއި ކަރީނާ އަދި މިކަމާއި އެއްޗެއް ނުކިޔައެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެ އަޑުތައް ގަދަވުމާއެކު ދެމަފިރިންނަށްވެސް މަރުހަބާގެ މެސެޖްތައް ދަނީ ފޮނުވަމުންނެވެ. އަދި ކަރީނާ ބަނޑުބޮޑުކަން އަދި އާއްމުކޮށް، އިއުލާނު ނުކުރިޔަސް، އޭނާއާ ގާތް ބޮލީވުޑްގެ ތަރިންނަށް އެ މައުލޫމާތު މިހާރު ހިއްސާ ކޮށްފައިވާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ޗެޓް ޝޯވއެއްގައި ވާހަކަދައްކަމުން ކަރީނާ ވަނީ އާއިލާއަށް އިތުރު މެންބަރުން އިތުރުކުރުމުގެ ވިސްނުން ހުރިކަން ފާހަގަކޮށްފައެވެ. އަދި ދެ އަހަރެއްހާ ދުވަސް ފަހުން އޭނާ އާއި ސައިފް ދަރިއަކު ހޯދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ކަރީނާ ތައިމޫރްއަށް ބަނޑުބޮޑު އިރުގައި ފިލްމްތައް ކުޅުމުގައި ނޫޅުނު ނަމަވެސް، މަސައްކަތުގައި އުޅެފައި ވެއެވެ. އެގޮތުން އޭނާ ވަނީ ބަނޑުބޮޑު އިރު ބައެއް އެވޯޑް ހަފްލާތަކުން ފެނިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސަނު

    މަވެސް ބަނޑުބޮޑު.

    28
    1
  2. އިމްރާން

    އޯ މޭން.. ލޮކްޑައުން ގޮޓް ޓެލެންޓް

    14
  3. ކަމަނަ

    އޭނަ ބުނެފި އޭނަ ބަނޑުބޮޑޭ