އިންޑިއާގައި އަލުވި ރިހަ ކާން ދެކޮޅު ހެދި ފިރިހެން މީހާއަށް އޭނާގެ އަނބިމީހާ އަނިޔާ ކުރި މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ. އެ މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ފިރިހެން މީހާ އެ މައްސަލަ ވާހަކަދައްކައިގެން ހައްލު ކުރަން އުޅުމުންވެސް، އަންހެން މިހާ އެކަމާއި ޒުވާބުކޮށް އޭނާއަށް އަނިޔާ ކުރި މައްސަލަތަކާއި ގުޅިގެންނެވެ.

ގުޖްރާތްއަށް ނިސްބަތްވާ އެ ފިރިހެން މީހާ މިދިޔަ ހޮނިހިރު ދުވަހު އެ މައްސަލަ ފުލުހަށް ހުށަހަޅަމުން ބުނެފައި ވަނީ، ހުކުރު ދުވަަހު އޭނާ އަލުވި ރިހަކާން ދެކޮޅު ހެދުމުން އޭނާއަށް އަނިޔާކޮށްފައިވާ ކަމަށެވެ.

އަދި އޭނާއަކީ ހަކުރު ބުލި ހުންނަ މީހެއް ކަމަށާއި، އޭނާ އަލުވި ނުކާން ޑޮކްޓަރުން އިރުޝާދު ދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އިތުރަށް އެ މައްސަލައިގެ ތަފްސީލް ހާމަ ކުރަމުން އުމުރުން 40 އަހަރުގެ އެ ފިރިހެން މީހާ ފުލުހުންގެ ގާތުގައި ބުނެފައި ވަނީ، އޭނާ އަންހެނުން ތާރާ ކައިރީގައި އެ ދުވަހު ކާން ހުރީ ކޮން އެއްޗެއްތޯ އެހި ކަމަށެވެ.

އަދި ތާރާ އޭނާ ކެއްކީ އަލުވި ރިޖަ ކަމަށާއި، އެއާއެކު ޗައްޕާތީ ޖަހައިގެން ކެވޭނެ ކަަމަށް ތާރާ ބުނު ކަމަށް އެ ފިރިހެން މީހާ ބުނެފައި ވެއެވެ.

"އަހަރެން އެ ކާން ދެކޮޅު ހެދިން، އަދި ބުނިން ކީއްވެހޭ އަލުވި ރިހަ ހެދީ، އެއީ އަހަރެންގެ ސިއްހަތަށް ގެއްލުން ލިބޭ އެއްޗެއްކަން އެނގިހުރެ. އަހަރެން އެގޮތަށް ބުނުމުން އެކަންތައް ރަނގަޅަށް ނުދިޔަ، އޭނާ އަހަރެންނާއި ދިމާލަށް ހަޅޭލަވަން ފެށި"

އަދި ފަހުން ފާހަނައަށް ވަދެ، އެއްޗެހި ދޮންނައިރު ބޭނުން ކުރާ ބެޓު ހިފައިގެން އައިސް އޭނާގެ ގައިގައި ތަޅަން ފެށި ކަމަށް އޭނާ ބުނެފައި ވެއެވެ. އޭނާއަށް އެހީތެރިވެފައި ވަނީ އާއިލާ މީހުންނެވެ. އަދި ފަހުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ފިރިހެން މީހާއަކީ ހަތަރު ކުދިންގެ ބައްޕައެކެވެ.

ކިޔުންތެރިންގެ ހިޔާލު