މިހާރު މީސް މީޑިއާގެ ސަމާލުކަަމަށް އައިސްގެން އުޅޭ ވީޑިއޯއެކެވެ. އެ ވީީޑިއޯއިން ފެންނަނީ މީހަކު ޕީޕީއީ ލައިގެން ސައިކަލެއްގައި އިތުރު މީހަކަކާއެކު ދާ މަންޒަރެވެ. އެ ވީޑިއޯގެ ހަގީގަތް ބަލާލަމާ ހިނގާށެވެ.

އެ ވީޑިއޯއަކީ މިދިޔަ ހޯމަ ދުވަހު ވެސްޓް ބެންގަލްގެ ޖަރްގްރާމް ޑިސްޓްރިކްޓުގައި ހޮސްޕިޓަލަށް ނުދެވިފައި ހުރި މީހަކަށް އެހީތެރިވި މަންޒަރު ފެންނަ ވީޑިއޯއެކެވެ.

އެ ވީޑިއޯއިން ފެންނަ ފަހަތުގައި އިން މީހާއަކީ އުމުރުން 43 އަހަރުގެ އަމަލް ބަރިކް އެވެ. އޭނާއަކީ އަމިއްލަ ވަޒަން ދޫކޮށް، އެހެން ތަނެއްގައި މަސައްކަތުގައި އުޅުމަށްފަހު އެނބުރި އައި މީހެކެވެ. ފާއިތުވި ދުވަސްތަކުގައި އޭނާ އުޅުނީ ވަރަށް ބަލިިވެއެވެ. އޭނާ ކޮވިޑް-19 ޖެހިފައިވާ ކަމުގެ ބިރު އޮތްކަމަށް އޭނާ ބުނެއެވެ. އެހެން ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސްއެއް ނުލިބު ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

އެ ވާހަކަތައް އަޑު އިވުނީ ސަތިޔަކަމް ޕަޓްނައިކްއަށެވެ. އޭނާ ވަނީ ވަގުތުން ބޭސްފިހާރައަށް ގޮސް ޕީޕީއީ ސުއިޓެއް ގަނެވެ. އަދި މީހެއްގެ އަތުން ސައިކަލެއް ހޯދުމަށް ބަރިކްގެ ގެއަށް ދިޔައެވެ.

އަދި ބަރިކްގެ އަންހެނުންނާއި އަދި އޭނާގެ ދެ ދަރިންނާއި ވާހަކަދެއްކުމަށްފަހު، އޭނާ ވަނީ ބަރިކް ގޮވައިގެން ހޮސްޕިޓަލަށް ގޮސްފައެވެ. ބައެއް ނޫސްތައް ބުނާގޮތުގައި، ބަރިކް ގޮވައިގެން އޭނާ ހޮސްޕިޓަލަށް ގޮސް ބަރިކް ނިމެން ދެން އޭނާ ހޮސްޕިޓަލްގައި މަޑު ކުރިއެވެ.

ހޮސްޕިޓަރުން ބަރިކް ކޮވިޑް-19 އަށް ޓެސްޓު ކުރިއިރު، ނަތީޖާ ލިބެން ދޭން ގޭގައި ތިބުމަށް އެދެމުން އެމީހުން އަނބުރާ ދިޔައީ ގެެއަށެވެ.

ބަރިކް އަނބުރާ ގެއަށް ގެންދިއުމަށްވެސް އެހީވީ ސަތިޔަކަމް އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯގޯސް

    ދެން މަގު މަތީގައި ހިގައިބިގައިވެ އުޅޭ އެހެނިހެން މީހުނޯ ؟⁦??‍♀️⁩⁦??‍♀️⁩?