އިންޑިއާގެ އުއްތަރް ޕްރަދޭޝްއަަށް ނިސްބަތްވާ 28 އަހަރުގެ މީހަކ،ު އޭނާގެ ބައްޕަ ނިޔާފައި އޮންނަ ގަޑީ މާ ބާރަށް ގުގުރި ދަމާ ކަމަށް ބުނެ މަރާލާއިފިއެވެ.

ނަވީން ނަަމަށް ކިޔާ އެ ފިރިހެން މީހާއަކީ ރަމް ސްވަރަޕް ނަމަކަށް ކިޔާ ފިރިހެން މިހާގެ އެންމެ ބޮޑު ދަރިފުޅެވެ. ނަވީން ވަނީ އޭނާގެ ބައްޕަ ނިދާފައި އޮން ގަޑީގައި މާ ބަރަށް ގުގުރި ދަމާ ކަމަށް ބުނެ ބައްޕަގެ ބޮލުގައި އެއްޗަކުން ޖަހާފައެވެ.

އުމުރުން 65 އަހަރުގެ ސްވަރަޕް ވަގުތުން ޕުރަންޕޫރްގައި ހުންނަ ކޮމިއުނިޓީ ހެލްތް ސެންޓަރަށް ގެންދިޔައެވެ. ނަމަވެސް، އެ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާ މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާގެ ހަަށިގަނޑު ވަނީ ޕޯސްޓް މޯޓަމް ހެދުމަށް ފޮނުވާލާފައެވެ.

އެ މައްސަލާގައި ނަވީން ހައްޔަރުކޮށްފައި ވަނީ، އޭނާ އާ އެއްބަނޑު އެހެން މީހެއްކަމަށްވާ މަނޯޖް އެ މައްސަލަ ފުލުހަށް ހުށަހެޅުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިކަން ހިނގާފައި ވަނީ މިިދިޔަ އަންގާރަ ދުވަހުގެ ރޭ ސޮންދާ ވިލޭޖުގައެވެ. އަދި އެ ރެއަކީ މަނޯޖް އާއި އޭނާގެ މަންމަ އެހެން ގެއެއްގައި ތިބި ރެއް ކަމަށް ވެއެވެ.

ފުލުހުން ބުނެފައި ވަނީ، ނަވީން މީގެ ކުރިންވެސް ބައްޕަ އެގޮތަށް ގުގުރި ދަމާތީ އަނިޔާކޮށް ހަދާކަން އެނގިފައި ވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު