އަމިއްލައަށް މަރުވި ސުޝަންތް ސިންގ ރާޖްޕުތްގެ މަރާއި ގުޅިގެން ކުރަމުންދާ ތަހުގީގީ މަސައްކަތްތައް ކުރަމުންނެވެ. އެ މައްސަލައިގެ ތެރެއަށް ސެންޓަލް ބިއުރޯ އޮފް އިންވެސްޓިޭޝަން (ސީބީއައި) ވަދެ، އެމައްސަލަ ރަނގަޅަށް ބަ؛ައި ދޭން އާއިލާއިން ދަނީ އެދެމުންނެވެ. އެމައްސަލައިގެ ތެރެއަށް ސީބައި ވަނުމާއި މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.

އެ މަރުގެ ހަގީގަތް ހޯދުމަށް އެތައް ބަޔަކު އާދޭސް ކުރަމުން އަންނައިރު، ސުޝަންތްއާ އަބަދުވެސް އެންމެ ގާތް އެކަކު ކަަމަށްވާ އޭނާގެ ދައްތަ ޝްވޭތާ ސިންގް ކިރްތީވެސް ވަނީ އެ މަރަށް އިންސާފު ބޭނުންވާކަމަށް ބުނެ އަޑު އުފުލަން ފަށާފައެެވެ.

"މިއީ އަހަރުމެނެންނަށް ހަގީގަތް ހޯދައި، އިންސާފު ހޯދަން ވީ ވަގުތު. އަހަރުމެންގެ އާއިލާއަށް އެހީވެ، މުޅި ދުނިޔެއަށް އެ މަރުގެ ހަަގީގަތް ހޯދުމަށް އެހީވެދީ. އެހެން ނޫނީ އަހަރުމެންނަކަށް އަމާން ކަމެއް ނެތް". ސުަޝަންތްގެ ދައްތަ އިންސްޓަގްރަމް ކުރި ވީޑިއޯއެއްގައި އޭޑނާ ބުނެފައި ވެއެވެ.

ސުޝަންތްގެ މަރަށް މިހާރު ދެ މަސް ވެފައިވާއިރު، އޭނާގެ މަރާއި ލޯބިވެރިޔާ ރިއާއާ ދަނީ ގުޅުވަމުންނެވެ. އޭނާ މަރުވީ ރިއާގެ ސަބަބުން ކަމަށް އާއިލާއިން ދަނީ ބުނަމުންނެވެ. ރިއާ މިކަމާއި އެއްޗެއް ނުބުނަނީ މައްސަލަ ކުރިއަށް ދާތީ ކަމަށް އޭނާ ބުނެއެވެ.

https://www.instagram.com/p/CD0LlXtF0_J/?utm_source=ig_embed

ސުޝަންތްގެ އާއިލާއިން ބުނަނީ އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް އެކަމަށް މަޖުބޫރު ކުރުމުންނެވެ. އަދި ސުޝަންތްގެ އެކައުންޓުގައި ހުރި ފައިސާތައް ރިއާ ނަގާފައިވާ ކަމަށްވެސް އާއިލާއިން ތުހުމަތު ކުރެއެވެ.

މިކަމާއި ގުޅިގެން ރިއާ އާއި އަދި ރިއާގެ އާއިލާއާވެސް ތަހުގީގު ޓީމުން ވަނީ ސުވާލުކޮށްފައެވެ. އަދި ރިއާގެ ފޯނާއި ލެޕްޓޮޕްވެސް ވަނީ ގެންގޮސްފައެވެ.